ރަމްޟާންމަސް އިހުޔާކުރުމުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި — Ihavandhoo.com

ރަމްޟާންމަސް އިހުޔާކުރުމުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

26 މެއި 2019 0

މުބާރާތުގެ އެކި އުމުރުފުރާތަކުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ޢަބްދުއްޞަމަދު.

ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކުގައި ދަރިވަރުން ޤުރްއާން ކިޔެވުމަށް ބާރުއަޅައި އެފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި މިމަހުގެ 21 ން 23 ށް، އިހަވަންދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ ރަމަޟާންމަސް އިޙްޔާކުރުމުގެ ކުރުމުގެ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މުބާރާތުގެ ނަތީޖާ ފަޅުކުރުމަށް މިއަދު ހެނދުނު އިހަވަންދޫ ސްކޫލު ހޯލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިހަވަންދޫ ސްކޫލް ޕީޓީއޭގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު އެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެކި އުމުރުފުރާތަކުން ޖުމްލަ 65 ދަރިވަރުންގެ ކިޔެވުން އަޑުއިވިގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު 5 ދަރިވަރުންނަށް ހޮވިފައިވަނީ ހއ. އިހަވަންދޫ ބުލްމުލާގެ ފާޠިމަތު ނަދުވާ، ހއ. އިހަވަންދޫ ފިނިރޯޅި އާމިނަތު ނަސްރަތު، ލ. ގަން ތުނޑި ހުދުވިލާގެ ޢަޒާ އިބްރާހީމް އަސްލަމް އަދި ހއ. އިހަވަންދޫ އާހިޔާ މައިޝާން އަޙްމަދު ރަޝީދުގެ އިތުރުން ހއ. އިހަވަންދޫ އާހިޔާ މަޢީޝާ އަޙްމަދު ރަޝީދު އެވެ.


މުޅި މުބާރާތުން އެންމެ މޮޅު 5 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން ޕީޓީއޭގެ ނައިބު ރައީސް މުޙައްމަދު ސިރާޖު.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ