ރަށުކައުންސިލަށް ޒުވާނުންނަށް ފުރުޞަތުދޭންޖެހެއެވެ. — Ihavandhoo.com

ރަށުކައުންސިލަށް ޒުވާނުންނަށް ފުރުޞަތުދޭންޖެހެއެވެ.


ޒުވާނުންތަކެއް ހުރަވީ ދަނޑުގައި ހިނގާފައިދަނީ

ދިވެހި ޒުވާނުންނަކީ އުފެއްދުންތެރި ބައެކެވެ. ކުރެހުމާއި މިއުޒިކު އުފެއްދުމުން ފެށިގެން ޓެކްނޮލޮޖީގެ ދާއިރާގައި ވެސް ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ފެންނަމުންދެ އެވެ. ބޭނުން ވަނީ ފުރުސަތުތަކެކެވެ. ޒުވާނުންގެ ހުނަރުވެރިކަމާއި ގާބިލްކަން ތަމްސީލްކުރާނެ ޕްލެޓްފޯމެކެވެ. ރަށާއި ގައުމަށް ޚިދުމަތް ކުރާނެ ފުރުޞަތުތަކެކެވެ. 

ރައީސުލްޖުމުހޫރިއްޔާ އޮނަރަބުލް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ މައިގަނޑު ޝިޔާރަކަށް އިޚްތިޔާރުކޮށްފައިވަނީ ވެސް ޒުވާނުންނާ ގުޅުންހުރި ސްލޯގަން އެކެވެ. :އިކޮނޮމީ-ޔޫތް" ނުވަތަ އިޤްތިޞާދާއި ޒުވާނުން މިޝިޔާރެވެ. 

ގައުމުގެ މުޅި އާބާދީގެ ނިސްބަތުން ޒުވާނުންގެ އުމުރުފުރާގައި (18 އަހަރާއި 35 އަހަރާއި ދެމެދު) ތިންބައިކުޅަ އެއްބައި (1/3) ހިމެނޭއިރު، ގައުމަށް ދިމާވެފައިވާ ބޮޑެތި އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ މައްސަލަތައް ގުޅިލާމެހިފައިވަނީ ޒުވާނުންނާ އެވެ. މިމައްސަލަތަކުގެ ހައްލުވެސް ގުޅިފައިވަނީ ޒުވާނުންނާ ކަމަށް ގިނަބަޔަކު ގަބޫލުކުރާއިރު ، ކުރިއަށް އޮތް ކައުންސިލް އިންތިޙާބުގައި ކަންކުރަންޖެހޭނީ ޒުވާނުންނަށް ފުރުޞަތުތައް ލިބޭގޮތަށެވެ. 

ޕީޕީއެމް، ޖޭޕީ އިހަވަންދޫ - ގުޅިފައިވާ ކޯލިޝަނުގެ ފަރާތުން ފާއިތުވި ހަފްތާގައި ، ޕީޕީއެމްގެ ހަރުގެއިން ، މިކޯލިޝަންގެ މެންބަރުންނާއި ކޯލިޝަނަަށް ހެޔޮއެދޭ ފަރާތްތަކަށް ދައުވަތުގެ ދެއްވައިގެން ، ޕީޕީއެމްގެ ހަރުގޭގައި ކުރިއަށް އޮތް ރަށުކައުންސިލް އިންތިޙާބުގައި ކޯލިޝަނުން ކަންކުރާނެގޮތް ނިންމުމަށް ބޭއްވި ބައްދަލުވުމަށް ދިޔަ އަޅުގަނޑުގެ ރައްޓެއްސަކު ވަރަށް މާޔޫސްވެފައި ބުންޏެވެ. އަޅުގަނޑުމެންފަދަ ނިކަމެތި ޒުވާނުންނަކަށް ފުރުޞަތެއް ނެތެވެ. ފުރުޞަތު އޮތީ ބޮޑުންނަށެވެ. މުއްސަނދި ވިޔަފާރިވެރިންނަށެވެ. ރަށުގެ ބޮޑެތި މަގާމުތައް ފުރާފައިވާ ގަދަރުވެރިންނަށެވެ.

މިޒުވާނާ މިހާބޮޑަށް މާޔޫސްވެފައި ހުރުމުން، މިބައްދަލުވުމުގެ ސެހެރީންފެށިގެން ކަމާކެމި ހޯދާލީމެވެ. ބައްދަލުވުމުގައި ވާހަކަ ދެއްކީ ކުރިއަށްއޮތް އިންތިޙާބުގައި މިކޯލިޝަނުން ރަށު ކައުންސިލް އިންތިޙާބު ކާމިޔާބުކުރާނެ ގޮތަކާމެދުއެވެ. އެހެންކަމުން ޖޭޕީން 3 މީހުންނަށް ފުރުޞަތު ދިނުމާއި އެކު ޕީޕީއެމް އަށް 2 ފުރުޞަތު ދޭ ގޮތަށެވެ. މިފުރުޞަތުތައް ކުރިމަތިލުމަށް ދެޕާޓީން އެއްކޮށް ޕްރައިމަރީއެއް ބާއްވާގޮތަކަށް ފާހެއް ނުވިއެވެ. ނަން ހުށަހަޅާގެން 11 މީހުންގެ ކޮމިޓީއަކުން ފާސްކުރާގޮތަށް ނިންމީ އެވެ. 

އިތުރަށް މައުލޫމާތު ސާފުކޮށްލުމުން، ޖޭޕީން ހުށަހަޅާ 3 މީހުންވަނީ، ޕްރައިމަރީ ބޭއްވުމަށް އިޢުލާންކުރިނަމަވެސް، ޕަރައިމަރީއަކާނުލާ އެ3 ޖާގަ ، 3 މީހަކަށް ކަށަވަރުކޮށްދީފައެވެ. ނަންނުޖެހުމަށް ޝަރުޠުކޮށް ޒުވާނަކުބުނީ ޖޭޕީން ޕްރައިމަރީއަކަށް އިޢުލާންކުރިނަމަވެސް 3 މީހުންނަށްވުރެން އިތުރަށް ކުރިމަތިވެސް ނުލާނެކަމަށެވެ. 

ޕީޕީއެމުން ، ކަންކުރަންޖެހޭގޮތް އެޕާޓީން ނުނިންމަނީސް، ޕީޕީއެމުން އިހަވަންދޫގައި އެޕާޓީއަށް އޮތީ 2 ޖާގަކަމަށް އެރޭގެ ޖަލްސާއިން ނިންމާފައިވާތީ އެޕާޓީގެ ގިނަ އަދަދެއްގެ ޒުވާނުންގެ ހިތުގައި މިހާރުވަނީ ޝައްކު އުފެދިފައެވެ. 

ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީނާއި އެމަނިކުފާނުގެ ނައިބް ޑރ. މުހައްމަދު ޖަމީލު އަޙުމަދު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، ޒުވާނުންނަށް ޔަގީން ފުރުޞަތުތަކެއް ތަނަވަސްކުރެއްވުމުގެ ވަޢުދުފުޅާއެކުގައެވެ. އެއީ ވަޒީފާގެ ފުރުޞަތާއި ހުނަރު ދަސްކުރުމުގެ ފުރުޞަތުއެވެ. ތަޢުލީމީ އަދި މަތީ ތައުލީމީ ފުރުޞަތެވެ. ކުޅިވަރާއި މިޔުޒިކް އަދި ފަންނުވެރިކަމުގެ ފުރުޞަތެވެ. އުފާވެރި އާއިލީ ދިރިއުޅުމާއި އަމިއްލަ ފައިމައްޗަށް ތެދުވެހުރެ ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތެވެ. ގައުމު ބިނާކުރުމުގެ ހިއްޞާދާރަކަށްވުމުގެ ފުރުޞަތެވެ. ހުރިހާގޮތަކުންވެސް ކުރިއަށް ދިއުމުގެ ފުރުޞަތެވެ.
އެހެންކަމުން، ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޙާބުގައި ޒުވާނުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދޭންޖެހެއެވެ. ޒުވާނުންނަށް ފުރުޞަތުތައް ތަނަވަސްވެގެންމެނުވީ ގައުމު ހަމަމަގަށް ރުޖޫޢައެއް ނުކުރެވޭނެއެވެ. ޒުވާނުން ބާރުވެރިކުރުވައިގެން ނޫން ގޮތަކުން މަސްލަޙަތު ގާއިމެއް ނުކުރެވޭނެ އެވެ. ޒުވާނުންގެ އަޑުއަހައިގެން ނޫނީ ގައުމީ މައްސަލަތަކަށް ހައްލެނުލިބޭނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކައުންސިލް ކަމަށް ކުރިމތިލާންވީމަޒުވާނުން. ކަމެއްގޯސްކޮށް ދަންޔާ ހަރުމީހުން ނުވަތަ ބޮޑުން. ޕާޓީތައް ޕާތީތަކެއްގެ ގޮތުގައި ކުރިންސުރެ ފެށިގެން މަސައްކަތްކުރުމުގައި ޒުވާނުންގެ އެހީތެރިކަމެއް ނުލިބޭ. ގަދަކަމުން ކަމެއްކުރަންވެސް ޖެހެނީ ރަށުގެ ވެރިކަމާމާ ހަވާލުވަން ހިތުނިޔަތް ގަތުމުގެ ކުރިން ތިމާމީހާގެ އަމިއްލަ ނަފުސަށް ރަށަށް ކޮށްދެވުނީ ކޮންކަމެއްތޯ ވިސްނާލުން ކީއްތޯވާނީ. ފުރަތަމަ ތިމާގެ އަހުލާގު. ދެންތައުލީމް.

– 1 ޑިސެމްބަރު 2013 2

ކައުންސިލް ކަމަށް ކުރިމތިލާންވީ އިސްލާމްދީނަށް ލޯބިކުރާ، ތަޢުލީމީ ޒުވާނުން. ތެދުވެރިކަމާއެކު އެހެން މީހުންގެ ވާހަކަތައް އަޑުއަހާ އޯގާތެރި މީހެކެވެ. - މީހުންނާއި ފަސޭހައިން ގުޅޭ ރަހުމަތްތެރި މީހެކެވެ. -ރ ދެކެ ވެސް ލޯބިވާ އެކަމަކު އަމިއްލަ ޚާއްސީ ގުޅުން އެކެއް ދެމީހަކާ ބާއްވާ މީހެކެވެ. - މީހުންނާއި އޮންނަ ގުޅުމުން ހިތްވަރު ލިބިގަންނަ މީހެކެވެ. އިސްނެގުމަށް ލޯބިކުރާ ވާދަވެރި މީހެކެވެ. - ޤަރާރު (ޑިސިޝަން) ނެގުމުގައި އެއްވެސް ކަހަލަ ޖެހިލުމެއް ނުވާ އަވަސް މީހެކެވެ. - ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކޮންމެ ގޮންޖެހުމަކާއި ކޮންމެފަދަ އުނދަގުލަކާއި ވެސް ކުރިމަތިލާނޭ ހިތްވަރުގަދަ މީހެކެވެ. - އަމިއްލަ ވިސްނުންތަކާއި ދެކޭ ގޮތް ސާފުކޮށް ސަރީހަކޮށް ހާމަކުރާ މީހެކެވެ. ވަކިޕާޓީއަކަށް ނުބަލާ،ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ މީހެކެވެ،،،

– 1 ޑިސެމްބަރު 2013 2

އަބުދުއްސަމަދު ބުނެބަލަ. ތިބުނާ ޖުވާނުންގެ ހާލަތު.

– 3 ޑިސެމްބަރު 2013 1

ކިތައް ސުކޫލު ދަރިވަރުންބާ މިހާރު ސިގިރޭޓް ބޮނީ.. މި ކަލޭމެންގެ ބެލުމުގެ ދަސުން ހިންގާ ސުކޫލުގެ ހާލަތު

– 3 ޑިސެމްބަރު 2013 0