ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިޔަށްއެބަދޭ – އަތޮޅު ކައުންސިލް

18 ޖެނުއަރީ 2015 0

އެލްޖީއޭއިން ހއ.އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތްކުރަނީ ފޮޓޯ:ހއ.އަތޮޅުކައުންސިލް

ހއ. އަތޮޅުގެ ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިޔަށްދާކަމަށް އަތޮޅުކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އެބޭފުޅާ ވިދާޅުވީ މާރަންދުއާއި އިހަވަންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަދި މިމަހުގެތެރޭ 4 ރަށެއްގެ ކައުންސިލް، މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމޭތޯ މަސައްކަތްކުރަމުން އަންނަ ކަމުގައެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތަކީ ލާމަރުކަޒީ ޤާނޫނުގެ އަށްވަނަ މާއްދާގެ ނޫނާއި ޒަވިޔަނީގެ ދަށުން އަތޮޅު ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. އަތޮޅު ކައުންސިލްތައް މޮނިޓަރ ކުރަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީއިންނެވެ.

އަތޮޅު ކައުންސިލްތައް އެ އަތޮޅެއްގެ ރަށު ކައުންސިލްތައް މޮނީޓާ ކުރުމަށް، އަތޮޅު ކައުންސިލްތައް ތަމްރީނު ކުރުމުގެ ގޮތުން،15 ސެޕްޓެމްބަރ 2014 ގައި ފެށި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމަކީ ފުރިހަމަ މާނައިގައި ހިނގަމުންދާ އަދި އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމެއް ކަން ރައްޔިތުންނަށް އަންގައިދޭން ޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމާ ދޭތެރޭ ވަރަށް ގިނަ މީހުން އެކި ގޮތްގޮތަށް ވާހަކަތައް ދައްކާ ކަމަށާއި އެހެންވެ، ރައްޔިތުން ކައުންސިލްތަކަށް އިތުބާރު އުފެއްދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އަތޮޅުތަކާއި ރަށު ކައުންސިލްތަކާ ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ