ރަސޫލުކަމުގެ ދަލީލު / ދަލާއިލުއް ތައުޙީދި - 8 — Ihavandhoo.com

ރަސޫލުކަމުގެ ދަލީލު / ދަލާއިލުއް ތައުޙީދި - 8

12- މުޙައްމަދު ޞައްލަﷲ ޢަލައިހި އަކީ ﷲގެރަސޫލާ ކަމުގެ ދަލީލަކީ ކޮބާ؟

ޖަވާބު: އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ. “وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَى أَعْقَابِكُمْ وَمَنْ يَنْقَلِبْ عَلَى عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا وَسَيَجْزِي اللَّهُ الشَّاكِرِينَ” آل عمران: ١٤٤  މާނަ: އަދި (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަކީ ރަސޫލަކު ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުބޭކަލުން އިސްވެގޮސްފައިވެއެވެ. ދެންފަހެ އެކަލޭގެފާނު އަވަހާރަވުމުން ނުވަތަ ޤަތުލުވުމުން ތިޔަބައިމީހުން ތިޔަބައިމީހުންގެ ފުންނާބުތަކުގެ މައްޗަށް ފުރޮޅިގަންނަންވީ ހެއްޔެވެ؟ (އިސްލާމްދީން ދޫކޮށް މުރުތައްދު ވާންވީ ހެއްޔެވެ؟) އަދި އެމީހަކު އެމީހަކުގެ ދެ ފުންނާބު މައްޗަށް ފުރޮޅިގަންނަ މީހާ (ދީން ދޫކޮށް މުރުތައްދުވާ މީހާ) ދަންނާށެވެ! ފަހެ އެފަދަ މީހާގެ ފަރާތުން ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. އަދި ޝުކުރު ކުރާ މީހުންނަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވާ ހުއްޓެވެ.”

އަދި އެހެން ދަލީލެއްގައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. “مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا” الفتح: ٢٩  މާނަ: ﷲ ގެ ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ކާފިރުންގެ މައްޗަށް ގަދަފަދަކަން ބޮޑެވެ. އެބޭކަލުންގެ މެދުގައި ރަޙްމާއި އޯގާވެރިކަން ބޮޑުވެގެންވާ ބޭކަލުން ކަމުގައިވިއެވެ. ކަލޭގެފާނު އެބޭކަލުން ދެކެވަޑައިގަންނަވާނީ ގިނަގިނައި ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބޭކަލުންތަކެއް ކަމުގައެވެ.”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

 

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ