ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީ ވެވޭވަރުގެ ކައުންސިލެއް ބޭނުމެވެ. — Ihavandhoo.com

ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީ ވެވޭވަރުގެ ކައުންސިލެއް ބޭނުމެވެ.

25 މާރިޗު 2015 15

(މި ލިޔުމަކީ މި ލިޔުން ލިޔުއްވި ބޭފުޅާގެ ޚިޔާލެވެ. މި ލިޔުމާމެދު ޒިންމާވާނީ ލިޔުން ލިޔުއްވި ފަރާތުންނެވެ.)

އިހަވަންދޫގެ އާބާދީ 3000 މީހުން ހަމަވުމުން ކައުންސިލަރުންގެ ޢަދަދު 5 ން 7 ށް އިތުރުވެ ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައް ބާރު މިނެއްގައި ދާނެކަމަށް އުއްމީދުކުރެވުނަސް އެ ފެންވަރާއި ބުންވަރު މިހާރު އިހަވަންދޫ ކައުންސިލް ގައި ތިއްބެވި ގިނަ ކައުންސިލަރުންގެ ކިބައިގައި ނެތުން އެއީ ދެން އަންނަ އިންތިހާބެއްގައި އެބޭފުޅުންނަށް ރައްޔިތުން ވޯޓު ދިނުމުގެ ކުރިން ވިސްނާނެ ކަމެކެވެ. ރަށުގެ ޢާންމު ހާލަތާއި އިޖްތިމާޢީ ފޭރާމާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަންޖެހޭ ކައުންސިލްގައި ތިއްބަވާ މެމްބަރުން "ދުން ބުރުވައި" ސެލްފީ ނެގުމުން މައްސަލަ ނިމުނީ ކަމަކަށް ބަލައިގެން ނުވާނެއެވެ. އެހެނީ ލާމަރުކަޒީ ޤާނޫނުން އެބޭފުޅުންނަށް މަތި ކުރުވާފައިވާ ޒިންމާތައް އެހާމެ ބޮޑެވެ. އަދި އެކަމުގައި މުޅި ރައްޔިތުންގެ މަސްލަހަތު ހިމެނިގެން ވެއެވެ. އަޅުގަނޑާއި ތިބޭފުޅުންގެ ވެސް މަސްލަހަތެވެ.

ލާމަރުކަޒީ ޤާނޫނަށް އަމަލުކުރަންފެށިފަހުން އަހަރުތަކެއް ފާއިތުވެގެން ދިޔަ އިރު، މި ޤާނުނަށް ރައްޔިތުންނާއި ރައްޔިތުން އިންތިހާބު ކުރައްވާފައި ތިއްބެވި ކައުންސިލަރުން އަހުލުވެރި ވުމަށް ދުވަސްތަކެއް ލިބުނު ކަމަށް ބެލެވެއެވެ. (މި ޕެރެގްރާފްގެ ފަހުބައި ވަނީ އެޑިޓޯރިއަލް ޕޮލިސީއާ ޚިލާފްވާތީ އުނިކުރެވިފައެވެ.)

ބަރާބަރު 10 މަސްފަހުން އިހަވަންދޫ ކައުންސިލަށް ލެވުނު ސިޓީއެއްގެ ޖަވާބު ލިބުނެވެ. ކަމާ ގުޅޭގޮތުން ފުލުފުލުން ފޯނު ކޯލުތައް ކުރަން ޖެހުނެވެ. ޖަވާބުދާރީވުމުގެ ގޮތުން، ކައުންސިލްގެ ރައީސް ވާހަކަ ފުޅު ދެއްކެވީ ހަމަ އެބުނާ "ނިދީ" ގެ ރާގެއް ގައެވެ. އިންސާފާއި ހަމަހަމަކަން ނެތެމުންދާ މިދިވެހިރާއްޖޭގައި، އިހަވަންދޫ ކައުންސިލުންވެސް މި އިންސާފާއި ހަމަހަމަކަން ނަގާލުމުށް މަސައްކަތްތަކެއް ކޮށްފައިވާކަން ސާބިތު ހެއްކާ އެކު ބޭނުންނަމަ ހާމަ ކޮށްލެވިދާނެއެވެ. ކައުންސިލަރަކަށް އީމެއިލް ކުރަން ނޭގުނނުކަން އަޅުގަނޑު ދެނެހުރީމެވެ. އަދި އެއީ މައްސަލައެއްވެސް ނޫނެވެ. ކުރަންނޭގޭ މަސައްކަތްތައް ކުރަން ދަސްކޮށްގެން ނަމަވެސް، އަޅުގަނޑުމެން ރައްޔިތުން ޖީ.އެސް.ޓީ ގެ ގޮތުގައި ދައްކާ ފައިސާއިން މުސާރަ ނަންގަވާގެން، ރައްޔިތުންނަށް ބާރު ސްޕީޑެއްގައި ޙިދުމަތް ދޭންވީއެވެ. ޒުވާނުން ސިޔާސީގޮތުން ބާރުވެރި ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ޢަމަލީ ކޮށް ކުރެވުނު މީހެއްގެ ހައިޝިއްޔަތުން ބުނެލަން ބޭނުންވަނީ، ޒުވާނުނުން އިހަވަންދޫ ސިޔާސީ ވެށީގައި ހަރަކާތްތެރިވުމުން ރައްޔިތުންނަށް ލިބެން ޖެހޭ އުފާވެރިކަން ނުލިބޭ ކަމެވެ.

މަޤާމާއި ، ބާރާއި ނުފޫޒަކީވެސް ދުނިޔެމަތީގައި އިންސާނާ އިމްތިހާނު ކުރުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަމެއް ކަމަށް ޤަބޫލުކުރަންޖެހެއެވެ. ތާއަބަދު މި ކަމުގައި ދެމިތިބުމަށް މަސައްކަތްކުރުނީ އިންސާނާ މަގު އޮޅުވާލާނެ ކަމެކެވެ. ގަދަ ބަސް ބުނުމާއި، ގޮތްދޫނުކުރުމާއި، ހުރިހާ ނިންމުންތަކެއް ސިޔާސީ ގޮތުން ނިންމުމުގެ ޙިޔާލު ދޫކޮށްލައި "ހުދު ވަލު" ގައި ކައުންސިލަރުން ހިފަންޖެހެއެވެ. މިއީ ރައްޔިތުން ތިބޭފުޅުންނަށް އެއްލާލައިފައިވާ "ހުދު ވަލެ" ކެވެ. އިހަވަންދޫގެ ޒުވާނުން ސިޔާސީ ގޮތުން ތަޞައްރަފު ފުދޭ ދުވަސް ކައިރި މާޒީގައި ފެންނާނެއެވެ. އަޅުގަނޑުމެން އެންމެންވެސް ދަސްކުރަނީ ކުރިން ހެދުނު ގޯސްތަކުން ނެވެ.

އިހަވަންދޫ ކައުންސިލް, ކައުންސިލްގެ ރައީސް, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކިހާ ދެރަކަމެއް ހަމަމިހާރު މިލިޔުން ނަގާ ނޫނީ ވަރަށް ސަކަރާތްވާނެ

– 25 މާރިޗު 2015 0

އެމްޑީޕީ މީހުންގެ ސިޔާސީ ޕްރޮޕެގެންޑާ ފަތުރާ ވަސީލަތަކަށް މިނޫސްވެއްްޖެ․ އިހަވަންދޫ ކައުންސިލުން ކަލޭމެނަށް ހުއްދަ ދީފަ އޮންނާނީ ހަމަހަމަ ކަމާއެކު ރަށާއި ރައްޔިތުންގެ އަގުނުވެއްޓޭގޮތަށް ހަބަރު ފަތުރަން․ މިކަމަށް ވިސްނާލުމަށް ފުރުސަތުދިނިން․

– 25 މާރިޗު 2015 1

އަދި ކިރިޔާ މަށަށް މިއިގުނީ އިހަވަންދޫ ކައުންސިލަރުންގެ ފެންވަރު․ އާސިފު ހުންނަނީ އަބަދު ދެޖީބަށް އަތް ޖަހައިގެންނޯ؟ ދެން ކީކޭ ބުނާނީ ދޯ؟

– 25 މާރިޗު 2015 1

މި ލިޔުން ހަމަ ރަގަޅު․ ހިޔާލު ފާޅުކުރެވެން ޖެހޭނެ․

– 25 މާރިޗު 2015 0

ޔާމީނު ބުނާހެން މައްސަލައެއް އޮތީއްޔާމުން ކަމާބެހޭ އިދާރާތަކަށް ހުށައަޅުއްވާ․

– 25 މާރިޗު 2015 0

ފިރާޟް ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށް․ ކައުންސިލް ރައީސް އާސިފު ރޭގަނޑު ބާބެކިޔު ހަދާފައި ދުވާލު ނިދަނީ ތަ؟ ހަހަހަ

– 25 މާރިޗު 2015 0

ބަޅެއްގެ ނަގޫ ސަންފާއޮނަކަށް ލިޔަސް ތެދުނުވާނެކަން ކަށަވަރު އަހަރެން ބުނަންއޮތީ ކޮންމެމީހަކު ބުންޏަސް ތެދެއްވާނި ހަމަ ތެދަކައް ރައީސް ރޭގަނދު ބާބަކިޔޫ ހަދައިފަ ދުވާލުނިދަނި ސެލްފީ ސޮެއިކޮށްލާފަ ގޮސް ތެޔޮ ވިއްކަނީ މި ކަން ކަން ހައްލުކުރަން ތިބީ ހަމަ އިހަވަންދޫ ރައްޔިތުން

– 25 މާރިޗު 2015 1

ކުރިން އިން ގޮތަށް ލިޔުން ބެއިންދުމަށް ގޮވާލަން․

– 25 މާރިޗު 2015 0

މަސްތުވާތަކެތީގެ މައްސަލަ ތަކުގައި އާއި މާރާމާރީގެ މައްސަލަ ތަކުގައި ހައްޔަރު ކުރެވިފައިވާ ކަމަށް ބެލެވޭ ބައެއް ވެރިން މިހާރު އިހަވަންދޫ އިން ފެނޭ

– 25 މާރިޗު 2015 0

ލިޔުން އެއްބައި އުނިކޮށްފަޖެހުން ކިހާ ދެރަކަމެއް

– 25 މާރިޗު 2015 0

އުނިކޮށްފައިވާ ފެރެގްރާފު ކިޔާލަން ވަރަށް ބޭނުން

– 25 މާރިޗު 2015 0

އުނިކޮށްފައިވާ ފެރެގްރާފު ކިޔާލަން ވަރަށް ބޭނުން <br> ސެލްފީ ނެގުމުން މައްސަލަ ނިމުނީ ކަމަކަށް ބަލައިގެން ނުވާނެއެވެ. <br>ގެވަޅު ދޫކުރުން ލަސްވެގެންދަނީ ސެލްފީ ކައުންސިލަރު ދެކުދިން ހޯދަށްވެގެން․․․․․․․․․․․․․․․․

– 25 މާރިޗު 2015 0

އަގު ވެއްޓޭ ގޮތަށް ކަން ކުރަންޏާ އަގުވެއްޓޭކަހަލަ ވާހަކަ ލިޔާނެ․․․․

– 26 މާރިޗު 2015 0

އާދޭސް ދަންނަވަން․ އުނިކޮށްފަާ ބައި ހިމަނާ

– 26 މާރިޗު 2015 0

ކައުންސިލަރުންނައް ވާކަމެއް ނެތް...ނުވަންޔާ އިސްތިއުފާ ދީބަލަ.

– 26 މާރިޗު 2015 0