ރަތްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާއަށް 4 ބޭފުޅަކު ވާދަކުރަނީ — Ihavandhoo.com

ރަތްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާއަށް 4 ބޭފުޅަކު ވާދަކުރަނީ

12 ފެބުރުއަރީ 2014 10

އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް، ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ކުރިމަތިލާފައިވަނީ ހަތަރު ފަރާތަކުންކަމަށް އިލެކްޝަންކުމިޝަނުގެ މީޑިއާ އޮފިޝަލް މިނޫހަށް މައުލޫމާތުދީފިއެވެ. އެއީ އެމްޑީޕީ ގެ ޓިކެޓުގައި ކުރިމަތިލެއްވި މިހާރުވެސް މިދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޢިއްޒަތްތެރި މެމްބަރ ހއ. ތަކަންދޫ، އޯޝެން ވޭވް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި ސަރުކާރު ކޯލިޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ހއ. އިހަވަންދޫ، އުދަރެސް އަލްއުސްތާޛް އަޙްމަދު ޝާފިޢު އާއި ހއ. އިހަވަންދޫ، އެރޯމާ އަލްފާޟިލް މުޙައްމަދު މަތީން އެވެ.

މިފަހަރު ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަޙްމަދު ޢަބްދުﷲ އާއި މުޙައްމަދު ޢަބްދުﷲ ވަނީ 2009 އަހަރޮ އޮތް މަޖްލިސް އިންތިހާބުގައިވެސް ވާދަކޮށްފައެވެ. އެފަހަރު އަޙްމަދު ޢަބްދުﷲ 824 ވޯޓާއި އެކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، މުޙައްމަދު ޢަބްދުﷲ 695 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.

މިފަހަރު އަލަށް މަޖްލިސް އިންތިހާބުގައި ވާދަކުރާ މުޙައްމަދު މަތީން އަކީ މީގެކުރިން މިފްކޯގެ ބޯޑް މެމްބަރ އަދި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި މޯލްޑިވެސް ޓޫރިސަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރާފައިވާ ބޭފުޅެކެވެ.

ޝަރީޔާ އެންޑް ލޯ އިން ޑިގްރީ ނަންގަވައިގެން ހުންނެވި އަޙްމަދު ޝާފިޢު މަސައްކަތްކުރައްވާފައިވަނީ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި މިއަހަރުގެ މަޖްލިސް އިންތިހާބުގައި ޖުމްލަ 316 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރެއިން 125 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. ކެންޑިޑޭޓުންގެ މެދުގައި ކެންޑިޑޭޓް ނަންބަރު ގުރުލުން، މާދަމާ ބޭއްވޭތޯ އިލެކްޝަނުންދަނީ މަސައްކަތް ކުރަމުންނެވެ.

މަޖިލިސް އިންތިޚާބު 2014, އެމްޑީޕީ އިހަވަންދޫ, ޕީޕީއެމް ކޯލީޝަން, ޕީޕީއެމް އިހަވަންދޫ, ޖޭޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަގޭ ވޯޓް އަޙްމަދު ޢަބްދުﷲ އަށް!

– 12 ފެބުރުއަރީ 2014 1

ކޮބާ ނަސީރު؟ ކޮބާ މުހައްމަދު އަލީ؟ ކޮބާ މާނިއު؟

– 12 ފެބުރުއަރީ 2014 2

މަވެސް ކުރިމަތިލާގެން މިހުރީ

– 12 ފެބުރުއަރީ 2014 1

މަގޭ ވޯޓް އަޙްމަދު ޢަބްދުﷲ އަށް!

– 12 ފެބުރުއަރީ 2014 0

މަގޭ ވޯޓު ވޯޓް ފޮއްޓައް:ޕ

– 12 ފެބުރުއަރީ 2014 0

މަގޭ ވޯޓް ސަރުކާރު ކޯލިސަނުގެ ކެނޑިޑޭޓަށް " ވޯޓް ފޯ މުހައްމާ

– 12 ފެބުރުއަރީ 2014 1

އަޅުގަނޑަށް ފެނޭ މި ސައިޓުގަ ހަރުދަނާ ގޮތެއްގެ މަތިން އެ ހަތަރު ބޭފުޅުންގެ ތެރެއިން، ސައިޓު އަށް ވަންނަ ފަރާތްތަކުން އެންމެ ތާޢީދު އޮތީ ކޮން ބޭފުޅަކަށްކަން އަންގައިދޭ ފަދަ ވޯޓެއް ހިމެނުން.. ޝުކުރިއްޔާ..

– 12 ފެބުރުއަރީ 2014 0

އެންމެ ގާބިލު ކަމަށް ފެނަނީ އަޙްމަދު ޢަބުދުﷲ. މަގޭ ވޯތް އަޙްމަދަށް...

– 12 ފެބުރުއަރީ 2014 0

މަގޭ ވޯޓް ރަށު ދަރިޔަކަށް. ރަށު ދާއިރާގެ ގޮޑި ރަށު ދަރިއަކަށް.. ދޯ މާނިޔޫ

– 13 ފެބުރުއަރީ 2014 0

މަގޭ ވޯޓު އަހުމަދު އަބުދުﷲ އަށް.

– 13 ފެބުރުއަރީ 2014 0