ރީ ރަޖިސްޓްރީވާން އަނެއްކާވެސް ހުޅުވައިލާފި

28 މާރިޗު 2017 0

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ރީ ރަޖިސްޓްރީވާން ހުޅުވައިލާފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން މިކަމާގުޅިގެން ކޮށްފައިވާ އިއުލާނުގައިވަނީ މެއި 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2017 މާރިޗު 28 ވާ އަންގާރަ ދުވަހުން ފެށިގެން 2017 އޭޕްރީލް 01 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފި ކަމުގައެވެ. އަދި އެއިއުލާނުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

މި އަހަރުގެ ލޯކަލް އިންތިޚާބު ފުރަތަމަ ބާއްވަން ނިންމީ ޖެނުއަރީ 14ގަ އެވެ. ދެން އޭޕްރީލް އަށެއް އަދި އޭޕްރީލް 15 ގަ އެވެ. އަދި މިހާރު އެއިންތިހާބު ބާއްވަން ނިންމާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލް އިންތިހާބު, އިލެކްޝަން ކޮމިޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ