ރިސޯޓު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާއި އެއްގޮތަކަށް ނޫން: ހޯރަފުށީ ކައުންސިލް

14 ސެޕްޓެމްބަރު 2020 0

ޖޭއޭ މަނަފަރު ރިސޯޓުން ވަކިކުރި ހޯރަފުށީ ފަރާތްތަކުގެ ހައްގުތައް ހޯދާދިނުމަށް ގޮވާލާ ހޯރަފުށީގައި ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޒުގެ ތެރެއިން. ފޮޓޯ: ހޯރަޑެއިލީ

ޖޭއޭ މަނަފަރު ރިސޯޓުގައި ވާޒީފާ އަދާކުރަމުންދާ ހޯރަފުށީގެ ގިނަ އަދަދެއްގެ ފަރާތްތަކެއް ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކަން ބަލައި ނުގަންނަ ކަމަށް ބުނެ ހޯރަފުށީ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރިސޯޓުގައި ވަޒީފާއަދާކުރަމުންދާ ހޯރަފުށީގެ ގިނަ އަދަދެއްގެ ފަރާތްތައް ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާއި އެއްގޮތަށް ކަމަށް އެ ކައުންސިލަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެފަރާތްތައް ވަޒީފާއިން ވަކިކުރި ކުރުން އެ ކައުންސިލުން ބަލައި ނުގަންނަ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ލިބިފައިވާ ނުތަނަވަސް ކާމާއި މާޔޫސްކަމުގައި އެ ކައުންސިލުން ބައިވެރި ވާކަމަށް އެ ބަޔާނުގައި ވެއެވެ.

ކައުންސިލްގެ މިބަޔާނުގައި މަނަފަރު ރިސޯޓުން ވަޒީފާއިން ވަކިކުރި ހޯރަފުށީގެ އެންމެހާ ފަރާތްތަކާއި އެ ފަރާތަތަކުގެ އާއިލާތަކާމެދު ރަޙުމާއި ހަމްދަރުދީގެ ވިސްނުމަކުން ވިސްނަވާ އެ ފަރާތްތަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ގޮވާލައިފައެވެ. އަދި ހޯރަފުށްޓަކީ ޖޭއޭ މަނަފަރު ރިސޯޓް ރިސޯޓަކަށް ހެދުމަށް އެންމެ ބޮޑު ޤުރުބާނީއެއް ވެފައިވާ އެއްރަށް ކަން ފާހަގަކޮށް، ހޯރަފުށްޓަށް ނިސްބަތްވާ އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީގެ ދޮޅަހަކަށް ޢާއިލާއަށާއި، އެ ރަށުގެ ރައްޔިތުންނަށް ލިބުނު ނުހަނު ބޮޑު ގެއްލުމެއް ކަމުގައި ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރި ހޯރަފުށީގެ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމުގައި އެ ދާއިރާގެ މެމްބަރު އޮނަރަބަލް އަޙްމަދު ސަލީމް ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތް އުފަލާއެކު ބަލައިގަނެ ޝުކުރު އަދާކުރާކަމަށްވެސް މިބަޔާނުގައި ވެއެވެ.

މީގެ ކުރިން މެމްބަރު ސަލީމް އާއި ހޯރަފުށީ ކައުންސިލުން ވަނީ ވަޒީފާއިން ވަކިކުރި އެރަށަށް ނިސްބަތްވާ ފަރާތްތަކާއި ބައްދަލު ކުރައްވާފައެވެ.

 
ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ