ރޮހިންޖާގެ 73000 މުސްލިމުން ބަނގުލަދޭޝް އަށް އެތެރެވެއްޖެ

3 ސެޕްޓެމްބަރު 2017 0

ބުޑިސްޓުންގެ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްވުމަށް ބަނގުލަދޭޝް އަށް އެތެރެވި ރޮހިންޖާގެ ބައެއް މުސްލިމުން ރެފެއިޖީ ކޭމްޕުތައް ކައިރީ ޢީދު ނަމާދު ކުރަނީ. ފޮޓޯ: އޭ.އެފް.ޕީ

މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި އެޤައުމުގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންޖާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް 73000 މުސްލިމުން އެތެރެވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ބޯރޑަރު ހުރަސްކޮށް ބަނގުލަދޭޝް އަށް އެތެރެވަމުންދާ ރެފިއުޖީންނާއި އެކު ރިލީފު ކޭމްޕުތައް ފުރިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ޔޫއެން ހައިކޮމިޝަންގެ ރެފިއުޖީންގެ ތަރުޖަމާން ވިވިއަން ޓެން ހާމަކޮށްފައިވަނީ 25 އޯގަސްޓުން ފެށިގެން މިހާތަނަށް 73000 މީހުން ބޯރޑަރު ހުރަސްކޮށް ބަނގުލަދޭޝައަށް އެތެރެވެފައިވާ ކަމަށެވެ. އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި ވަޒަން އަރައިގެން ޒަހަމުތަކާއި އެކު އެތެރެވި މިޔަންމާއިން ބަނގުލަދޭޝް އަށް އެތެރެވި 50 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ދާކަމަށެވެ.

މިޔަންމާއިން ބަނގުލަދޭޝް އަށް އެތެރެވި ބައެއް މުސްލިމުން ބުނެފައިވަނީ މިޔަންމާގައި ރޮހިންޖާގެ މުސްލިމުން އުޅެމުންދާ ރާކިން ސުޓޭޓުގެ ގެތަށް އަންދާ މުސްލިމުން ދިރިހުއްޓާ އަންދަމުންދާ ކަމަށެވެ.

2012 ވަނަ އަހަރުން ފެށިގެން ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ބުޑިސްޓުން އަންނަނީ އެތަކެއް ލާއިންސާނީ ޢަމަލުތަކެއް ހިންގަމުންނެވެ.

މިއަންމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ