ސާހިބާ ދޯނި އދ. މަންދޫ ފަރަށް އަރައިފި — Ihavandhoo.com

ސާހިބާ ދޯނި އދ. މަންދޫ ފަރަށް އަރައިފި

9 މެއި 2016 0

2014 ސެޕްޓެމްބަރު 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުން ސާހިބާ ދޯނި އިހަވަންދޫން ރަސްދޫއަށް ގެންދަނީ. ފޮޓޯ: އިހަވަންދޫޑޮޓްކޮމްފައިލް

ހއ. އިހަވަންދޫ އެންދެރިމާގޭ ސަކީނާ ހަސަން ގެ "ސާހިބާ" ދޯނި އދ. މަންދޫ ފަރަށް އަރައިފި އެވެ.

މިދޯނި އއ. މަންދޫ ފަރަށް އަރާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މަންދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދިވެސް ދޯނި ފުން ނުވާކަމަށާ ވިއްސާރާގެ ސަބަބުން ދޯނި ފުންކުރުމުގެ މަސައްކަތް ނުކުރެވޭ ކަމަށް މަންދޫ ކައުންސިލުން ބުނެއެވެ. ސާހިބާ ދޯނީގައި ތިބި މީހުން ރޭގެ ވަގުތެއްގައި މަންދޫއަށް ގެންގޮސްފައި ވާއިރު، ފުލުހުންނާއި އެމް އެން ޑީ އެފް މިހާރު ދޯނި އޮތް ސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

"ސާހިބާ" ދޯންޏަކީ އއ ރަސްދޫ މީހަކަށް ވިއްކާލާފައިވާ ކަންނެލިދޯންޏެކެވެ. ނަމަވެސް ދޯނި ގަތް ފަރާތުން ވިއްކިފަރާތާއި އެކު ވެފައިވާ އެގްރީމެންޓާއި އެއްގޮތަށް ފައިސާ ނުދައްކާ ކަމަށްބުނެ، ދޯނި ވިއްކިފަރާތުން 2014 ވަނަ އަހަރު ދޯނި އިހަވަންދޫއަށް ގެނެސްފައި  ވެއެވެ.  އަދި އެ އެގްރިމެންޓްގެ މައްސަލަ ބަލާނިމެންދެން، ދޯނި ވިއްކި ފަރާތުގެ އަތުގައި ދޯނިބޭއްވުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އެއަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އަމުރުކޮށްފައިވަނީ މައްސަލަ ބަލާނިމެންދެން ދޯނި އޮންނަންޖެހޭނީ ދޯނި ގަތްފަރާތުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ކޯޓުގެ އެ އަމުރާއި އެކު 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޯނި އޮތީ ދޯނިގަތް ފަރާތް ކަމަށް ވާ އއ ރަސްދޫ މުހައްމަދު ހަނީފް ގެ ބެލުމުގެ ދަށުގައެވެ.

މިދޯނި ފަރަށް އަރާފައި މިވަނީ ދޯނީގެ މައްސަލަ އަދިވެސް ނުނިމި ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.  

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ