ސަމްސަންގެ ނުފޫޒާމެދު ގޫގުލްއިން ކަންބޮޑުވޭ

9 މާރިޗު 2013 0

އެންޑޮރޮއިޑް ފޯނުތަކާއެކު މާކެޓްގައި ސަމްސަންގެ ބާރާއި ނުފޫޒު އޮތް މިންވަރާމެދު ގޫގުލް އިން އިންތިހާއަށް ކަންބޮޑުވާކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފި އެވެ. ގޫގުލް އެންޑްރޮއިޑް ޑިވިޜަންގެ ހެޑް އެންޑީ ރުބިން ސަމްސަން ހޯދާފައިވާ ކާމިޔާބީއަށް މަރުހަބާ ކިޔާފައިވާއިރު އަނެއްކޮޅުން ސަމްސަންއާމެދު ގޫގުލް ފަރުވާވެއޮތުމަށް ވަނީ އިންޒާރުކޮންފަ އެވެ.

ސްމާޓްފޯނު މާކެޓްގެ އަންދާސީ 98 އިންސައްތަ އެޕަލް އާއި ސަމްސަން އިން ކޮންޓްރޯލްކުރާއިރު ވާދަވެރިންނަށް އޮތީ އެންމެ 2 އިންސައްތަ އެވެ. ފާއިތުވި އަހަރު ސްމާޓްފޯން މާކެޓްގައި 40 އިންސައްތަ ސަމްސަން އަތްދަށުލާފައިވާއިރު އެންޑުރޮއިޑާއެކު އެހެންކުފުނިތަކަށް އެއާގާތަށް ހިޔާލުކޮންލެވިފައިވެސް ނުވެ އެވެ. ލިބުނު ކާމިޔާބީއާއެކު އެހެންކުންފުނިތަކަށް ވާދަނުކުރެވޭހޭ ފެއަށް ސަމްސަން ޖެހިފައިވުމުން ގޫގުލް ނުރައްކާތެރި ފައްތަރަކަށް އައުމުގެ ފުރުޞަތު ބޮޑެވެ. ސަމްސަންއިން ހޯދާފައިވާ ކާމިޔާބީގައި ވާދަވެރިންނަށް ފުރުޞަތު ހަނިވެފައިވުމާއި އެންޑުރޮއިޑަކީ ގޫގުލްއިން ހިލޭބަހާ ސޮފްޓްވެއަރއަކަށްވުމުން މޯބައިލް އެޑްސްއިން ލިބޭ މަންފާ މުޅިންހެން ސަމްސަން އަށް ބަރޯސާވެފައިވުމާއެކު ގޫގުލް ކަންބޮޑުވަނީ ސަމްސަންގެ ހިޔާލު އެނބުރިދާނެ ގޮތެއް ނޭނގޭތީ އެވެ.

މާކެޓްގައި ސްމާޓްފޯން އޯއެސްތަށް އިތުރުވަމުން އަންނަ އިރު ސަމްސަންގެ މިސްރާބު އަނބުރާލާފިނަމަ ގޫގުލްގެ ފައިދަށުން ބިންގަނޑު ދެމިގަތުންފަދަކަމަކަށްވާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ. ނުވަތަ އެމޭޒަން ހިނގިގޮތަށް އެންޑޮރޮއިޑްގެ މަޞްދަރުގައި އަމިއްލަ އިސްދާރެއް އުފައްދާފިނަމަ ސަމްސަންގެ އާލާތްތަކުގައި ގޫގުލްގެ އަސަރުކެޑި ގޫގުލް މޯބައިލް އެޑްސްއަށް ޖާގަ ގެއްލި ގޫގުލްއަށް ލިބޭ އާމްދަނީ އިންތިހާއަށް ކުޑަވެދާނެ އެވެ.

މި ފަދަކަމެއްގެ ދިފާޢަކަށް ގޫގުލްއަށް އޮތީ 12.5 ބިލިއަން ޑޮލަރުށް ގަނެފައިވާ މޮޓަރަލާ އެވެ. އެންޑުރޮއިޑުގެ މައްޗަށް ސަމްސަންއަށް އޮތް ނުފޫޒު ހުއްޓުވެން ގޫގުލްއަށް އޮތް ފުރުޞަތަކީ މޮޓަރަލާ ގެ ކުރިމަގު ބައްޓަންކުރުމުވެ. މޮޓަރަލާއާއެކު ގޫގުލްއަށް ކާމިޔާބެއް ލިބިފައިނުވާކަން ހުދް ގޫގުލްވެސް ޤަބޫލްކުރާއިރު ކަސްޓަމަރުން ސަމްސަންގެ ދަގަތްފާނީ ބާރުގެ ތެރެއިން ނެރެވެން އޮތީ ގޫގުލްގެ ނެކްސަސް ފޯނުތަކަށްވުރެން މަތީ ފެންވަރެއްގައި އީޖާދީ އުފެއްދުންތަކެއް ފުޅާ ދާއިރާއެއްގައި ނެރެވިގެންނެވެ. ތުންތުން މަތިން އިވޭ ގޮތުގައި ގޫގުލް އަންނަނީ މި އުއްމީދުގައި ސަމްސަންއާ ވާދަކޮން އިދަޖައްސާލުމަށް "އެކްސް ފޯން" ތައްޔާރުކުރަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ