ސަމްސޮންގުން އެސް 4 ގެ 10 މިލިޔަން ފޯނު ވިއްކައިފި — Ihavandhoo.com

ސަމްސޮންގުން އެސް 4 ގެ 10 މިލިޔަން ފޯނު ވިއްކައިފި

ސަމްސޮންގު ގެލެކުސީ އެސް 4 ފޯނެއް: ފޮޓޯ؛ޖީއެސްއެމްއެރީނާ

މޯބައިލް ފޯނު އުފެއްދުމުގައި ނަންމަޝްހޫރު ސަމްސޮންގް ކުންފުނީގެ، ގެލެކުސީ އެސް އާއިލާގެ އެންމެ ފަހުގެ ފޯނުގެ 10 މިލިޔަން ފޯން ވިކިއްޖެ ކަމަށް ސަމްސޮންގުން ބުނެފިއެވެ. ސަމްސޮންގް ކުންފުނިން އަބަދުވެސް އެމީހުންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށްފަހުގައި، އެމޮޑެލްގެ ފޯން ވަކިމުއްދަދެއްތެ ތެރޭގައި ވިކޭނެކަމަށް ލަފާކުރާ އަދަދު އާއްމުކުރެއެވެ. އަދި އެއަދަދަށް ފޯން ވިކުމުން އެކަން އިއުލާނުކުރެއެވެ.

ސަމްސޮންގް ކުންފުނިން ހާމަކޮށްފައިވާ ގޯލަކީ، ސަމްސޮންގް ގެލެކްސީ އެސް 4 ބާޒާރަށް ނިކުންނަތާ 1 މަސްތެރޭ 10 މިލިޔަން ފޯނު ވިއްކުމެވެ. ސަމްސޮންގްގެ އުއްމީދު ފުރިހަމަވީ ހީކުރިވަރަށްވުރެވެސް އަވަހަށެވެ. ފޯނު ބާޒާރަށް ނެރުނުތާ 20 ދުވަސްތެރޭގައި އެމީހުންގެ ގޯލް ވަނީ ކާމިޔާބުކުރެވިފައެވެ.

ސަމްސޮންގުން ހާމަކޮށްފައިވާ ގޮތުގައި، އެކުންފުންޏަށް އެސް 3 ގެ 10 މިލިޔަން ޔުނިޓް ވިއްކުނީ 2 މަސް ދުވަހު ތެރޭގައެވެ. އަދި އެސް 2 ގެ 10 މިލިޔަން ޔުނިޓް 5 މަސްތެރޭގަ ވިއްކުނުއިރު އެސް 1 ގެ ފޯންގެ 10 މިލިޔަން ޔުނިޓް ވިއްކުނީ 7 މަސް ދުވަސްތެރޭގައެވެ.

މިކާމިޔާބީއާއި އެކުގައި، އަދިވެސް އިތުރަށް އެސް4ގެ ވިޔަފާރި ވަރުގަދަ ކުރުމުގެ ގޮތުން ސަމްސޮންގުންވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެމީހުންގެ އެފޯނު އިޝްތިހާރުކުރެވޭ މިންވަރު އިތުރުކުރުމާއި، އެފޯނުގެ އިތުރު ކުލަތައް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރުން ހިމެނެއެވެ. އެގޮތުން، ކުރިއަށްއޮތް ރަބީޢު މޫސުމުގައި އެސް4 ގެ އިތުރު 4 ކުލައެއް ބާޒާރަށް ނެރެވޭނެކަމަށް ސަމްސޮންގުން ހާމަކުރެއެވެ. އެއީ، ނޫ، ރަތް، ދަނބު އަދި މުށި ކުލައެވެ. މިވަގުތު ބާޒާރުގައި ލިބެން ހުރީ ސަމްސޮންގް ގެލެކުސީ އެސް 4ގެ ހުދުކުލައާއި ކަޅު ކުލައިގެ ފޯނުތައް އެކަންޏެވެ.

ސަމްސޮންގް އަކީ، މިހާރު ފޯނުގެ ވިޔަފާރީގައި އެންމެ ފުންނާބުއުސް ކުންފުންޏެވެ. އެގޮތުން ސަމްސޮންގްވަނީ ފޯނުގެ ވިޔަފާރީގެ 76 އިންސަންތަ ފަތަހަކޮށްފައެވެ. މިދިޔައަހަރު ނިމުނުއިރު މިނިސްބަތްހުރީ 74 އިންސައްތާގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ