ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކަށް ކެނޑިޑޭޓުން ވައުދުވަނީ މަޖިލިސް މެމްބަރުންގެ ދައުރު ނޭގޭތީ - އާދަމް މޫސާ — Ihavandhoo.com

ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކަށް ކެނޑިޑޭޓުން ވައުދުވަނީ މަޖިލިސް މެމްބަރުންގެ ދައުރު ނޭގޭތީ - އާދަމް މޫސާ

12 މާރިޗު 2019 3

ސަރުކާރުން ރަތްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކަށް، މަޖިލީހަށް ކުރިމަތިލައިފައިވާ ބައެއް ކެނޑިޑޭޓުން ވައުދުވަނީ އެބޭފުޅުންނަށް އެބޭފުޅުންގެ ދައުރު ނޭގޭތީ ކަމަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް މޫސާ ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ ޓީވީއެމްއިން ގެނެސްދިން އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އާދެ! އަޅުގަނޑަށް މިތަނުންވެސް އަޑުއިވެމުން މިދަނީ ފެނާއި ނަރުދަމާގެ ވާހަކަޔާއި އަދިވެސް އެހެނިހެން ވަސީލަތްތައް ޤާއިމްކޮށްދޭނެ ކަމުގެވާހަކަ. މަޖިލިސްގެ ދައުރަކީ އެއީއެއް ނޫން. ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކުގެ ވައުދުތައް، މަޖިލިސް މެމްބަރުން ގޮތަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހަމަކުރަމުން އެގެންދަވަނީ އެބޭފުޅުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތުތައް، އެބޭފުޅުންގެ ޒިންމާތައް ހަޤީގަތުގައި ނޭގޭތީވެ." އާދަމް މޫސާ ވިދާޅުވިއެވެ. އާދަމް މޫސާ ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންގެ ހަޤީގީ މަސްއޫލިއްޔަތަކީ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމާއި، މިނިވަން މުއައްސަސާތަކަށް ފާރަވެރިވުމާއި، ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމާއި ބަޖެޓް ފާސްކުރުން ކަމުގައެވެ. ބައެއް ކެނޑިޑޭޓުން އެފަދަވައުދުތައް ވަނީ މަޖިލިސް މެމްބަރުންގެ ހަޤީގީ މަސްއޫލިއްޔަތުތައް އެނގިވަޑައި ނުގަންނަވާތީކަމަށް ވިދާޅުވެ އާދަމް މޫސާވަނީ އެބޭފުޅާ އެއްވެސް ބޭފުޅަކަށް އެފަދަ ވައުދެއް ވެފައި ނޯންނާނެކަމަށް ވިދާޅުވެފައެވެ.

އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް އާދަމް މޫސާގެ އިތުރުން ވާދަކުރަނީ، އަހުމަދު ނަސީރުއާއި، މުހައްމަދު ޝިފާއުގެ އިތުރުން މަޖިލީހުގައި އިހަވަންދޫ ދާއިރާ މިހާރުވެސް ތަމްސީލްކުރައްވަމުން ގެންދަވާ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲއެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ނޭގޭތީއެއް ނޫން․ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް އެއީ․ މަޖިލީހަށް ބޭނުންވަނީ ތިޔަފަދަ ނަޒާހަތްތެރިއެއް․ <br>މަސްތުވާތަކެތީގެ ވަބާއާގުޅޭގޮތުން ބަހުސްގަ ކުރި ސުވާލަށް އާދަމް މޫސާގެ ޖަވާބަކީ މައްސަލަ ފެށިގެން އައި ގޮތް ބަލަން ޖެހޭ ކަމަށް․ ތަރުބިއްޔަތުގެ މައްސަލައެއް އުޅޭ ކަމަށް․ ދީނީ އަގީދާ ވަރުގަދަ ކުރަން ޖެހޭ ކަމަށް․ ދެން ތިއްބެވި 3 ކެންޑިޑޭޓުން ވެސް ޖުމުލަ ގޮތެއްގައި ވިދާޅުވީ އެކަން ހުއްޓުވޭނީ ކުޅިވަރު ކުޅެގެން ކަމަށް․ މަޖިލީހަށް ބޭނުން ވަނީ އާދަމް މޫސާ ފަދަ ދީނީ ޝިޔާރުތައް ދިރުވާ އާލާކުރާ ދީންވެރި ބޭފުޅެއް․

– 12 މާރިޗު 2019 1

އާދަމް މޫސާ ފަދަ ފަސްބާ ސާފު ބޭފުޅަކު ޖޭޕީގެ ފަރާތުން މަޖިލީހަށް ނުކުތުން ނުގުޅޭ․ ޖޭޕީ އަކީ ކިލަނބު ވެފައިވާ ޕާޓީއެއް․

– 12 މާރިޗު 2019 4

ކާމިޔާބީއަށް އެދެން․

– 12 މާރިޗު 2019 1