ސެޓްލިންކު އެންޓަނާ އަރިއަޅާލުމާގުޅިގެން އެ އެންޓަނާ ތިރިކޮށްފި

2 ޑިސެމްބަރު 2017 0

ރޭ އަރިއަޅާލި އެންޓަނާ ތިރިކޮށްފައި.

އިހަވަންދޫގައި ސެޓުލިންކުން ކޭބަލް ޓީވީ އަދި ވައިފައި އިންޓަރނެޓު ދިނުމަށް ނަގާފައި ހުރި 80 ފޫޓުގެ އެންޓަނާ، މިހާރު ކުރަމުންމިދާ ވިއްސާރާގައި އަރިއަޅާލުމާއި ގުޅިގެން އެ އެއެންޓަނާ ތިރިކޮށްފިއެވެ.

އިހަވަންދޫ ކައުނސިލް މެމްބަރު ރިލްވާން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީގެ ސެޓުލިންކް އޮފީހުގައި ނަގާފައި ނަގާފައި ހުރި އެންޓަނާ އަރި އަޅާލާފައި ހުރިކަމުގެ މައުލޫމާތު އާއްމު ފަރާތަކުން ރޭ 9:30 ހާއިރު ދިނުމާއި ގުޅިގެން، އެ އެންޓަނާ ގެޔަކާއި ދިމާލަށް އަރިއަޅާލާފައިވާތީ، އެގެޔަށް ގެއްލުން ވެދާނެކަމަށްޓަކައި ރައްޔިތުންނާއި ފުލުހުން އަދި އެމްޑަބުލިއު އެސް ސީގެ އެހީތެރިކަމާއެކު އެ އެންޓަނާ ތިރިކޮށްފައިވާ ކަމަށެވެ.

ގަދަ ވައިގެ ސަބަބުން ރޭ އިހަވަންދޫގައި ނަގާފައި ހުރި އެންޓަނާއެއް އަޅާލާފައި ވާއިރު، މީހުން ދިރި ނޫޅޭ ދެ ގެއެއްގެ ފުރާޅުގެ ޓިނުތައް ވަޔަށް ނެއްޓިފައި ވާކަމަށާއި ގެއެއްގެ އިންފާރު ވެއްޓުމާއި ގެއެއްގެ ބަދިގޭ ދުންހޮޅީގެ ޓިނުތައް ވަޔަށް ނެއްޓި ފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ރިލްވާން ވިދާޅުވިއެވެ. 

ރާއްޖެ އަށް މިހާރު ކުރަމުން މިދާ ވިއްސާރާގެ ސަބަބުން މެޓު އޮފީހުން ކުރިން އުތުރުގެ އަތޮޅުތަކަށް ނެރެފައިވާ ޔެލޯ އެލާރޓު މިހާރު ވަނީ ވައިޓު އެލާރޓަށް ދަށްކޮށްފައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ