އެކްޓިވިޓީ ގުރައުންޑްގެ ވަށާފާރު ރާނާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކޮށްފި — Ihavandhoo.com

އެކްޓިވިޓީ ގުރައުންޑްގެ ވަށާފާރު ރާނާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކޮށްފި

27 އޮގަސްޓު 2019 0

އިހަވަންދޫ ސުކޫލުގެ ޕީޓީއޭ އިން އެކްޓިވިޓީ ގުރައުންޑު ސާފު ކުރަނީ. ފައިލްފޮޓޯ: 2016

އިހަވަންދޫ ސްކޫލުގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރާނާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި އިހަވަންދޫ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިނުވާތީ އެ ޢިލާން ބާޠިލްކުރުމަށްފަހު މިމަސައްކަތް ކުރުމަށް ދެވަނަ ވަނަ ފަހަރަށް އިޢުލާން ކުރާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަ ކަމަށެވެ. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ އަންމަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ. އަދި ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 17 ވާ އަންގާރަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ