ސެލީނާ ގޮމެޒް — Ihavandhoo.com

ސެލީނާ ގޮމެޒް

30 ނޮވެމްބަރު 2013 0

ހޮލީވުޑު މަޝްޙޫރު އެކްޓާރ އަދި މަޝްޙޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ސެލީނާ މޭރިއާ ގޮމެޒް އުފަންވެފައިވަނީ މީލާދީ ތާރީޚުން 1992 ވަނަ އަހަރުގެ ޖުލައިމަހުގެ 22 ވަނަ ދުވަހުއެވެ. ޓެކުސަސްގެ ގުރާންޑު ޕެރިއާރގެ ދެމަފިރިއެއް ކަމަށްވާ، ރިކާރޑޯ ގޮމެޒް އަދި އަމަންދާ ކޯރނެއްޓް އަށް މިދަރިފުޅު ލިބުނުއިރު ސެލީނާ ގޮމެޒްގެ މަންމައަށް އުމުރުންވީ އެއްމެ 16 އަހަރެވެ.

ސެލީނާ، އޭނާގެ ކެރިއާރ ފަށެފައިވަނީ 2001 ވަނަ އަހަރު، އޭނާ ހަރަކާތްތެރިވެފައިވާ ކުޑަކުދިންގެ މަޝްޙޫރު ޝޯއެއް ކަމަށްވާ “ބާރނޭ އެންޑް ފުރެންޑްސް” މިޝޯއިންނެވެ. އެއީ އެޝޯގައި އޭނާ އަދާކުރި ޖިއެންނާގެ ރޯލުންނެވެ. އެޝޯއިން ސެލީނާގެ ރީތިކަމާ ޗާލުކަން އަދި އެކުޓްގެ މޮޅުކަން ބައެއް ޑައިރެކްޓަރުންނާއި ބެލުންތެރިންގެ ހިތްތަކުން ޖާގަހޯދިއެވެ. ނަމަވެސް 2 އަހަރުފަހުން ސެލީނާ އެޝޯއިން ވަކިވަން ޖެހުނީ މާބޮޑު ކާމިޔާބީއެއް ނުލިބިއެވެ. ނަމަވެސް، އޭގެ 2 އަހަރުފަހުން 2003 ވަނަ އަހަރުގައި މަޝްޙޫރު ޓީވީ ޝޯއިން ވަކިވުމަށްފަހު ސެލީނާއަށް ލިބެމުންދިޔަ އެހެން ހުށައެޅުންތަކާ ދިމާލަށް ސެލީނާ އެނބުރުމެވެ.

ސެލީނާގެ ކެރިއާރގެ ފެށުން، ފެށިގެން އައިސް ހޮލީވުޑުގެ މަޝްޙޫރު ފިލްމެއް ކަމުގައި “ސުޕައި ކިޑްސް 3 ޑީ – ގޭމް އޯވާރ” އިން ކުޑަކުޑަ ރޯލެއް އަދާކުރުމުގެ ފުރުޞަތު ލިބި، ސެލީނާ އެފުރުޞަތުގެ ބޭނުން ހިފިއެވެ. އަދި ހަމަ އެއަހަރު ފިލްމު ‘ވޯލްކާރ’ އިން ފުރުޞަތުލިބި ޖުލީކިޔާ އަންހެން ކުއްޖެއްގެ ރޯލް އަދާކުރިއެވެ. އަދި 2005 ވަނަ އަހަރު ޓެކުސަސް ރޭންޗާރ: ޓުރިއަލް ބައި ފަޔާރ އިން ފުރުޞަތު ލިބުނު އިރު 2006 ވަނަ އަހަރުގައި ޓީވީ ޝޯއަކުން އަނެއްކައިވެސް ފުރުޞަތު ލިބުނެވެ. އަދި މިޓީވީ ޝޯ ކަމުގައިވާ “ބުރެއިން ޒެޕްޑް” އަށް ރިކޯރޑް ކުރަން ޖެހުނު ލަވައެއްވެސް ސެލީނާ ރެކޯޑް ކުރިއެވެ.

2006 ވަނަ އަހަރު ވެގެން ދިޔައީ ސެލީނާ ގޯމެޒް އަށް ނަސީބުވެރި ދުވަސްތަށް ފެށުނު އަހަރެއް ކަމުގައެވެ. އެގޮތުން ސެލީނާއަށް އޭނާގެ ކުޅަދާނަކަން ބެލުންތެރިންނަށް ދައްކާލުމަށް ބޮޑު ރޯލެއް އަދާކުރުމަށް ފުރުޞަތު ލިބުނީ އެއަހަރުގައެވެ. އެއީ ޑިސްނީ ޗެނަލްގެ “ދަ ސުއިޓް ލައިފު އޮފް ޒެކް އެންޑް ކޮޑްޔޯން” އިން ލިބުނު ރޯލެކެވެ. އަދި ހަމަ އެހެންމެ މަޝްޙޫރު “ހަންނާ މޮންޓަނާ” އިން “މިކެއިލާ”ގެ ރޯލު އަދާކުރުމަށްވެސް ޑިސްނީ ޗެނަލް އިން ސެލީނާއަށް ފުރުޞަތު ދިނެވެ.

ސެލީނާއަށް އެންމެ ފުރަތަމަ މައިގަނޑު ބޮޑު ރޯލެއް އަދާކުރުމަށް ފުރުޞަތު ދީފައިވަނީ ވެސް ހަމަ ޑިސްނީ ޗެނަލްގެ ސިލްސިލާ އަކުންނެވެ. އެއީ ވަރަށް ބޮޑަށް ބެލުންތެރިގެން ތަރުޚީބުލިބުނު މަޝްޙޫރު ޓީވީ ސީރީޒް “ވިޒާރޑުސް އޮފް ވަވެރލާ ޕްލޭޒް” އިން ނެވެ. އެއީ 2007 ވަނަ އަހަރުއެވެ.

2008 ވަނަ އަހަރު ސެލީނާ އޭނާގެ އެންމެ ފުރަތަމަ އެނިމޭޓެޑް ފިލްމުން ރޯލެއް ލިބުނެވެ. އެއީ މަޝްޙޫރު އިނގިރޭސި އެނިމޭޓެޑް ފިލްމެއް ކަމުގައިވާ “ހޯރޓަން ހިއާރޒް އަ ހޫ” މިފިލްމުންނެވެ. އަދި ހަމަ އެއަހަރުގައި މަޝްޙޫރު ޑިސްނީ ތަރިއެއް ކަމުގައިވާ އެންޑްރޫ ސީލޭ އާ އެކުގައި “އަނަދާރ ސިންދުރެއްލާ ސްޓޯރީ” އިން ފުރުޞަތު ލިބުނެވެ. ސެލީނާ ވަނީ ޑިސްނީގެ 2 ފިލްމު ގައިވެސް މައިގަނޑު ރޯލެއް ކުޅެފައެވެ. އެއީ 2009 ވަނަ އަހަރުގައި ނެރުނު ” ދަ ޕްރިންސް ޕްރޮޓެކްޝަން ޕްރޮގުރާމް” މިފިލްމުން އަދާކޮށްފައިވާ ރޯލާއި، އެއަހަރުގެ ފަހުކޮޅުގައި ކުޅެފައިވާ ޑިސްނީގެ ފިލްމު “ވިޒާރޑް އޮފް ވޭރވާރލީ ޕްލޭޒް: ދަ މޫވީ ލޭޓާރ” އެވެ.

ސެލީނާ ވަނީ އޭނާގެ މިއުޒިކު ކެރިއާރވެސް ފުޅާކޮށް ކުރިއަރުވަން މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2008 ވަނަ އަހަރު އޭނާގެ ފުރަތަމަ ލަވަ ރެކޯޑް ކޮށްފައިވަނީ “ޑެސްނީ މޭނިއާ 6″ އަށެވެ. އެއީ މަޝްޙޫރު ލަވަ “ކުރުލް ޑެ ވިލް” އެވެ. ސެލީނާ ވަނީ އޭނާ ކުޅެފައިވާ، ހޮލީވުޑުގައި ކާމިޔާބީ ތަކެއް ހޯދި ފިލްމެއް ކަމަށްވާ ” އަނަދާރ ސިންދުރެއްލާ ސްޓޯރީ” ގެ ސައުންޑް ޓެރެކަށް ތިންލަވަ ރެކޯޑް ކޮށްދީފައެވެ. އޭނާގެ މަޝްޙޫރު އެނިމޭޓެޑް ފިލްމެއް ކަމަށްވާ “ޓިންކާރ ބެލް” އަށްވެސް ލަވައެއް ރެކޯޑް ކޮށްފައި ވެއެވެ. މީގެ އިތުރުން “ވިޒާރޑް އޮފް ވޭރވާރލީ ޕްލޭޒް: ދަ މޫވީ ލޭޓާރ” އަށް ސެލީނާވަނީ ހަތަރު ލަވަ ރެކޯޑް ކޮށްފައެވެ. 2009 ވަނަ އަހަރު ސެލީނާ ވަނީ އޭނާގެ ޑިބަޓް އަލްބަމެއް ނެރެފައެވެ. އެއީ “ކިޒް އެންޑް ޓެލް” އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ