ސިހުރުހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

25 އޭޕުރީލު 2016 6

ސިހުރުހަދާކަމުގެ ތުހުމަތުގައި އިހަވަންދޫގެ ގެއެއް ބަލައި ފާސްކުރުމަށްފަހު 55 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޕޮލިސް މީޑިޔާ އޮފިޝަލް ވިދާޅުވީ ސިހުރުހަދާކަމުގު ތުހުމަތުގައި މިއަދު ހަވީރު 4:15 އިން 19:15 އަށް އިހަވަންދޫގެ ގެއެއް ބަލައި ފާސްކުރުމަށްފަހު ހައްޔަރުކުރި މީހާއާއެކު އެ މައްސަލައާ ގުޅުންހުރި ތަކެތި (އެ ގެއިން) ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާއި "ހައްޔަރުކުރި މީހާ" ވަޒީފާއަދާކުރާ އިހަވަންދޫ ޞިއްޙީމަރުކަޒުގައި އެމީހާ މަސައްކަތްކުރާ ތަން ފުލުހުން މިރޭ ބަލައި ފާސްކޮށް  އެތަނުން މައްސަލައާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުންދާއިރު، ސިހުރުހަދާކަމުގެ ތުހުމަތުގައި މިއަހަރުގެ ޖަނަވަރީ 21 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 11 ވަނަ ދުވަހާ ހަމައަށް އިހަވަންދޫގެ ދެޒުވާނުން ފުލުހުންގެ ބެލުމުގައި ދަށުގައި ތިއްބިކަން ފާހަގަކޮށްލެވެއެވެ.

ސިހުރު ހެދުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ގަބޫލެއް ނުކުރެވެ․ އޭނާއަކީ ވަރަށް ނަމާދުކޮށްއުޅޭ ދީނީ ދީލަތި މީހެއް

– 26 އޭޕުރީލު 2016 2

އަސްލު މީހާ އަދި ތި އުފުރާ ލެވުނީ․․․․ ލަސްކަރު ނިދާފަބާ؟

– 26 އޭޕުރީލު 2016 0

ކޮން ނަމާދެއް އޭނާ ކުރީ․ އުމުރުން 55 އަހަރު ވީއިރު ކުރީ ކިތަށް ހުކުރުތޯ ބަލާބަލަ․ ސިހުރު ވެރިއްއްގެ ހުރިހާ ސިފަ ތަކެއް އެބަހުރި․

– 26 އޭޕުރީލު 2016 0

ސިއްޙީމަރުކަޒުގަ ކުރިން އުޅުނު 2 ޑޮކަޓަރުން ( ދެމަފިރިން ) ދުރުކުރުވަން އެތަނުގައި އުޅޭ ތުބުނޅިލައިފަ ހުންނަ މީހަކު ސިހުރު ހެދިކަމަށް އެޑަކްޓަރުން މިރަށުގެ ބައެއް މީހުން ކައިރި ބުނެފަ އެބަހުރިކަމަށް ވޭ․․․ މީ އެބުނާ މީހަކީ؟؟؟؟؟؟؟؟؟؟؟؟؟

– 26 އޭޕުރީލު 2016 1

އޭނާ ބުނާގޮތުންނަމަ، މައުމޫނު ވެރިކަމުން ވައްޓާލީ އޭނާ، ނަޝީދު ވެރިކަމުން ވައްޓާލީ އޭނާ، އަދި އޭނާ ބުނާ ގޮތުން ޔާމިން އަށް ވަރަށް ގިނައިން އިންޒާރުގެ ސިޓީތައް ފޮނުވާފަ ވާނެ․ މިފަދަ މީހަކު ސިވިލް ސަރވިސް ވަޒީފާގަ އަދި ސިއްހީ ހިދުމަތް ދޭ ތަނެއްގެ ވެރިއަކަށް ލާފަ․ ބޯ ހަލާކު․ އަބަދުވެސް ދައްކާނީ ތަވީދެއްގެ ވާހަކައާ މާސްގެ ލަސްކަރެއްގެ ވާހަކަ

– 26 އޭޕުރީލު 2016 0

ލަޝްކަރުގެ ފަހުލަވާނުންނަށް ކާން ނުލިބުމުގެ ސަބަބުން ވަރަށް ބޮޑަށް ބަލިކަށިވެފަ ތިއްބާ ދަނޑިވަޅު ބަލާފަ ފުލުހުން ގޮސް ހައްޔަރު ކުރީ․ އެހެން ނޫންނަމަ ފުލުހުންނަށް ކާރިވެސް ނުވެވޭނެ․

– 27 އޭޕުރީލު 2016 0