ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި ޕޯލްސްޓާރ ސެމީއަށް — Ihavandhoo.com

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި ޕޯލްސްޓާރ ސެމީއަށް

15 އޭޕުރީލު 2016 0

ކުޅުދުއްފުށީގައި ކުރިޔަށްދާ، ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު މުބާރާތުގައި އިހަވަންދޫ ކްލަބު ޕޯލްސްޓަރ ކުޅުނު ތިން މެޗުވެސް ފަސޭހަކަމާއިއެކު ސީދާ ޓިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ އެއް މިހާތަނަށް ކަށަވަރު ކޮށްފައިވާ ދެވަނަ ޓީމަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އެވެ.

ޕޯލްސްޓަރ ސެމީއަށް ދަތުރުކޮށްފައި ވަނީ މިއަދު ހަވީރު ނޮޅިވަރަމް ކްލަބް ހުވާސް، އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މިއަދު ކުޅުނު މި މެޗު ޕޯލްސްޓަރ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް 25-09، 25-07 އަދި 25-06 އިން ކާމިޔާބުކުރި އިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިހަވަންދޫ ޕޯލްސްޓާގެ ފާތިމަތު ޝަނީޒާ އެވެ.

މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެއްވަނައިގައި އޮންނަ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީ ފައިނަލުގައި ދެވަނަ ޓީމާއި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަށެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މާލޭގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނެ އެވެ.

 

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2016, ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު)

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ