ސަމްސޮންގްގެ ފައިދާ ފުރަތަމަ ހަތަރު މަހު 7.7 ބިލިޔަން ޑޮލަރާ ގާތަށް — Ihavandhoo.com

ސަމްސޮންގްގެ ފައިދާ ފުރަތަމަ ހަތަރު މަހު 7.7 ބިލިޔަން ޑޮލަރާ ގާތަށް

6 އޭޕުރީލު 2013 0

 

ދުނިޔޭގައި މިވަގުތު އެންމެ ސާބިތު ކަމާއި އެކުގައި މޯބައިލް ފޯނުގެ ވިޔަފާރީގައި ފައިހަމަކޮށްގެން އޮތް އެންމެ ވަރުގަދަ ކުންފުންޏަކީ ދެކުނު ކޮރެއާގެ ސަމްސޮންގް ކުންފުންޏޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަމްސޮންގުން ނެރެފައިވާ 2013 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހަށް ލަފާކުރާ ފައިދާގެ ރިޕޯރޓަށް ބަލައިލުމުން މިކަމަށް ލިބޭ ހެކި އިތުރަށް ވަރުގަދަވެގެން ދެއެވެ.

މިވަގުތު 220 ބިލިޔަން ޑޮލަރުގެ ރައުސުލް މާލަކާއެކުގައި މިވިޔަފާރީގައި ސާބިތުވެ އޮތް ކުންފުނީގެ މިފަހަރުގެ ރިޕޯރޓުގައި ބުނާގޮތުން، އެކުންފުނީގެ މި ހަތަރު މަސްދުވަހުގެ ވިޔަފާރި 51 އާއި 53 ޓްރިލިއަން ވޮން އާ ގާތްކުރާނެއެވެ. އެއީ ގާތްގަނޑަކަށް 45.39 އާއި 47.17 ބިލިޔަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ. އަދި ޚަރަދުތަކަށް ކެނޑުމަށްފަހު 8.7 ޓްރިލިއަން ވޮން އާ ގާތްކުރާނެއެވެ. އެއީ ގާތްގަނޑަކަށް 7.7 ބިލިޔަން ޑޮލަރެވެ.

ސަމްސޮންގް ކުންފުނީގެ ވިޔަފާރި ފުޅާވެ މިހާބާރަށް ކުރިއަރަން ފެށި ސަބަބަކީ، އެމީހުންގެ ގެލެކުސީ އެސް އާއިލާގެ ފޯނުތަކާއި ގެލެކުސީ ނޯޓް އާއިލާގެ ސަބަބުންނެވެ. މިމަހު ނިކުންނަ އެމީހުންގެ ގެލެކުސީ އެސް 4 އާއި އެކު އެކުންފުނީގެ ވިޔަފާރި ފެންނަނީ ވަރަށް އުޖާލާކޮންނެވެ. – ޖީއެސްއެމްއެރީނާ -

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ