އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެއަގު އަނެއްކާވެސް ބޮޑުކޮށްފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

29 ދުވަސް

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެއަގު އަނެއްކާވެސް ބޮޑުކޮށްފި

2 އޮކްޓޫބަރު 2017 0

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ. އެގޮތުން މިފަހަރު ޕެޓްރޯލް ލީޓަރަކުން 57ލ އަދި ޑީސަލް ލީޓަރަކުން 53ލ ވަނީ ބޮޑު ކޮށްފައެވެ. މި ބަދަލާއިއެކު ކުރިން 8.95ރ ރުފިޔާއަށް ވިއްކަމުންދިޔަ  ޕެޓިރޯލް ލީޓަރެއް ދެން ލިބޭނީ 9.52ރ އަށެވެ. އަދި ކުރިން 8.64ރ އަށް ވިއްކި ޑީސަލް ލީޓަރެއް ދެން ގަންނަންލިބޭނީ 9.17ރ އަށެވެ.

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މިދިޔަ ސެޕްޓެމްބަރ މަހުވެސް ބޮޑު ކުރި އެވެ. އެގޮތުން އެސްޓީއޯގެދަށުން ހިންގަމުން އަންނަ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް އިން ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ވަނީ ބޮޑުކޮށްފަ އެވެ.

ތެލުގެ އަގަށް މިއައި ބަލަދަލާއިއެކު ކަރަންޓްގެ އަގަށްވެސް ބަދަލު އަންނާނެކަމަށް ބެލެވެއެވެ. އެއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަރަންޓްގެ އަގަށް ބަދަލުގެނެސްފައިވާ ގޮތުން ފެނަކައަށް ޑީސަލް ލިޓަރެއް ގަންނަން ލިބޭއަގު 8ރ އަށް ވުރެ ބޮޑު ވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ދީފައިވާތީއެވެ. މާލެއާ އަޅާބަލާއިރު އަތޮޅު ތެރޭގައި ކަރަންޓްގެ ޚިދުމަތް ދޭ އަގު ބޮޑުވެފައިވާ މައްސަލާގައި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފިޝަލުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރަންރޭ އެ ކޮމެޓީން ވަނީ ނިންމައިފައެވެ.

އެސްޓީއޯ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ