ސުންގަޑި ހަމަވިއިރު 457 ފަރާތަކުން ގޯއްޗަށް އެދި ހުށައަޅައިފި — Ihavandhoo.com

ސުންގަޑި ހަމަވިއިރު 457 ފަރާތަކުން ގޯއްޗަށް އެދި ހުށައަޅައިފި

15 އޮކްޓޫބަރު 2019 3

ހއ. އިހަވަންދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 14 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުސަތު ރޭގެ 10:00 އަށް ހަމަވިއިރު ޖުމުލަ 457 ފަރާތަކުން ގޯއްޗަށް އެދި ހުށައަޅައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ސުންގަޑި ހަމަވިއިރު 457 ފޯމު ގޯއްޗަށް އެދި ކައުންސިލަށް ހުށައަޅާފައިވާކަމަށާ ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ލިސްޓު ކައުންސިލުން ވަރަށް އަވަހަށް އިޢުލާނު ކޮށް، ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ޝަކުވާ ހުށައެޅުމަށް ދޭ މުހުލަތުގެ ތެރޭގައި ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މަސައްކަތް ގެވަޅު ކޮމެޓީން ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ފަހުން ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުމަށް އެދި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުށައަޅާނެ ކަމަށާއި، މައުލޫމާތު ސާފުވަމުން އަންނަ މިންވަރަކުން، ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓު އުނި، އިތުރު ކުރުމުގެ މަސައްކަތް އާއްމު ކުރެވިފައިވާ އުސޫލުގެ ތެރެއިން ގެވަޅު ކޮމެޓީން ކުރިއަށް ގެންދާނެ ކަމަށެވެ.

އިހަވަންދޫއިން ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން  1600 އަކަފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިހަފްތަްގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން ފެނޭ․ ގިނަ ބަޔަކަށް ފޯމް ނުލެވޭކަމަށް މައުލޫމާތު ލިބޭ․ ކުރިޔަށް އޮތް ދެދުވަހަށް ފުރުސަރު ދީ․․․އިތުރުފުރުސަތުދީ

– 15 އޮކްޓޫބަރު 2019 0

Gina bayaku form hushahalhan eba beynunvey.... kihineh hadhaanee. Furusathakee abadhuves ohnah vaane ehcheh...

– 15 އޮކްޓޫބަރު 2019 0

Maaniu <br>Mudhathu ithuru kohdheee <br>

– 15 އޮކްޓޫބަރު 2019 0