މަޖިލިސް އިންތިޚާބު 2019: ސުންގަޑި ހަމަވިއިރު ހާޝިމް އަދި ޝާފިއު ފޯމު ހުށަނާޅުއްވާ — Ihavandhoo.com

މަޖިލިސް އިންތިޚާބު 2019: ސުންގަޑި ހަމަވިއިރު ހާޝިމް އަދި ޝާފިއު ފޯމު ހުށަނާޅުއްވާ

21 ފެބުރުއަރީ 2019 2

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައިވާ ހާޟިމް މުޙައްމަދު އަދި މުޙައްމަދު ޝާފިޢު، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު ފޯމު ހުށަނާޅާ ކަމަށް އެދެބޭފުޅުން ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފިކުރު އެބަހުރި ކަމަށް އިޢުލާނު ކުރައްވާފައިވާ ހާޝިމް މުޙައްމަދު. ހަވީރީގެ / ހއ. އިހަވަންދޫ، ވިދާޅުވީ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައަޅާފައި ނުވާނެ ކަމަށެވެ. މަޖިލީހަށް ވާދަ ނުކުރެއްވި ސަބަބެއް ހާޝިމް ވިދާޅެއް ނުވެއެވެ.

މަޖިލިސް އިންތިޚާބު 2019 ގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އެބޭފުޅާގެ ނަން އޮންނާނެ ކަމަށް އިޢުލާނު ކުރައްވާފައިވާ ޤާނޫނީ ވަކީލު، އަލްއުސްތާޛު އަޙުމަދު ޝާފިޢު. އުދަރެސް / ހއ. އިހަވަންދޫ، ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމުގެ މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް މިވަގުތު މަޖިލީހަށް ކުރިމަތިލާގެން ކުރިޔަށް ނުދިއުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމެވި ސަބަބެއް ކަމަށް ޝާފިޢު ވިދާޅުވީ މިވަގުތު ސިޔާސީ ގޮތުން މަޖިލީހަށް ކުރިމަތިލާފައި ތިއްބެވި ބޭފުޅުންނާއި، ސިޔާސީ އޮއިވަރަށްބަލާއިރު އެބޭފުޅާ ކުރިމަތިލައްވައިގެން ގިނަ ވޯޓުތަކެއް ލިބިދާނެކަމުގެ ޔަޤީންކަން އޮތް ނަމަވެސް، ޔަޤީން ކަމާއި އެކު ގޮނޑި ނެގޭނެ ކަމުގެ ޔަގީންކަން މިވަގުތަށް ނެތުމުން ކަމަށެވެ.

 ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮންނަ ގާނޫނީ މާއްދާ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އެބައޮތްކަން ފާހަގަ ކުރައްވާ، އެމައްސަލައިގެ ހުކުމް ކުރާގޮތަކުން، މިހާރު މިއޮތް ސިޔާސީ އޮއިވަރަށް އަންނަ ބަދަލާއި އެކު، މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ހުޅުވިގެން ގޮސްފިނަމަ، މިވަގުތު ނިންމާފައިވާ ގޮތް ބަދަލުކުރަން ޖެހިދާނެ ކަމަށް ޝާފިޢު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހަވީރު 4:00 ގައި ހަމަވިއިރު، އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ 3 ފަރާތަކުންނެވެ. އެއީ ޕީޕީއެމްގެ ޓިކެޓްގައި އަހްމަދު ނަސީރު އާއި އެމްޑިޕީގެ ޓިކެޓްގައި ވާދަކުރާ މުހައްމަދު ޝިފާއުގެ އިތުރުން ޖޭޕީގެ ޓިކެޓްގައި ވާދަކުރާ އާދަމް މޫސާއެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހެހެ․ ކުރިމަތިލާކަށް ނޫޅޭ․ އެއީ އެރުވި އަޑެއް․ ތި ދެމީހުންވެސް އުޅުނީ ފައިސާކޮޅެއް ލިބޭނެ ގޮތެއް ވޭތޯ․ އެކަން ނުވީމަ މިހާރު އެކިޔަނީ ސިޔާސީ އޮއިވަރޭ ․․․

– 22 ފެބުރުއަރީ 2019 1

ސިޔާސީ އޮއިވަރޯ․ ހެހެ

– 24 ފެބުރުއަރީ 2019 0