ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެއްވަނީ — Ihavandhoo.com

ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެއްވަނީ

19 ނޮވެމްބަރު 2015 0

ހއ. އަތޮޅު ހޮސްޕިޓަލް. ފޮޓޯ: ގޫގުލްމެޕް

ސަރުކާރުން އިސްނަގައިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑްއިން ހިންގާ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ގެނައުމުގެ ޕްރޮގްރާމްގެ ދަށުން، މިމަހުގެ 23 އަދި 24 ގައި ހއ. އަތޮޅު ހޮސްޕިޓަލުގައި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ޙިދުމަތް ދެއްވާނެ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން މިއަދު އިޢުލާނުކޮށްފައިވާ ގޮތުގައި 2 ދުވަހުގެ މި ކޭމްޕުގައި 3 ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓުން ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލޮލުގެ ބަލިތައް، ނާރުގެ ބަލިތައް އަދި ކަރުން މަތީގެ ބަލިތަކެވެ.

ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ޑަކުޓަރަކުވެސް ދުވާލަކު 60 ބަލި މީހުން ބެއްލެވުމަށް ހަމަޖެހިފައިވާއިރު، ޑޮކްޓަރުންގެ އެޕޮއިންޓުމަންޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ރައްޔިތުންނަށް ދުވާލަކަށް 20، އަދި ރަށުން ބޭރު ބޭފުޅުންނަށް ދުވާލަކަށް 40 އެޕޮއިންޓްމަންޓެވެ.

ހަމަ އެކަނި ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖެހިފައިވާ މިކޭމްޕުގައި 23 ވަނަ ދުވަހުގެ އެޕޮއިންޓްމަންޓަށް 21 ވަނަ ދުވަހު މެންދުރުފަހު 2:00 ން 6:00 އަށް އަދި 24 ވަނަ ދުވަހުގެ އެޕޮއިންޓްމަންޓް، 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ން 6:00 އަށް ހެއްދޭނެ ކަމަށް ހޮސްޕިޓަލުން ހާމަ ކުރެއެވެ.

އެޕޮއިންޓްމަންޓް ހެއްދުމަށް ހޮސްޕިޓަލުގެ 6500053، 9550053 ނުވަތަ 99880053 އަށް ގުޅުއްވުމަށް ހޮސްޕިޓަލުން އެދިލައްވައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ