ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް ހޯރަފުށީގައި ފަރުވާ ދެއްވަނީ

29 އޮގަސްޓު 2015 0

ހއ. ހޯރަފުށި. ފޮޓޯ: އިހަވަންދޫޑޮޓްކޮމް

ސަރުކާރުން އިސްނަގައިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑްއިން ހިންގާ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ގެނައުމުގެ ޕްރޮގްރާމްގެ ދަށުން، މިމަހުގެ 31 އަދި ސެޕްޓެމްބަރ މަހުގެ 1 ގައި ހއ. އަތޮޅު ހޯރަފުށީ ސިއްޙީމަރުކަޒުގައި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ޙިދުމަތް ދެއްވާނެ ކަމަށް އާސަންދަ އިން ހާމަކޮށްފިއެވެ.

އާސަންދަ އޮފީހުން ހާމަކޮށްފައި ވާގޮތުގައި އޯގަސްޓް 31 އިން 2 ދުވަހަށް ސުޕަރ ސްޕެޝަލިސްޓް އަދި ސްޕެޝަލިސްޓް ޑޮކްޓަރުން ގެ ޙިދުމަތް ހއ. ހޯރަފުށީގައި ދެއްވަނީ، ރާއްޖޭގައި މިހާރު ލިބެންނެތް ސްޕެޝަލިސްޓުންގެ ޙިދުމަތްތަކާއި، އަދި ލިބެންހުރި ބައެއް ސްޕަރ ސްޕަރ ސްޕަރޝަލިޓީގެ ޙިދުމަތްތައް، ހުސްނުވާ އާސަންދައިގެ ދަށުން އެކޮންޕެނީއާއި އެންޕެނަލްވެފައިވާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުގެ އެހީއާއި އެކު ކަމަށެވެ. 2 ދުވަހުގެ މި ކޭމްޕުގައި 3 ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓުން ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ އަދި  އަދި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ އެވެ.

 

އެޕޮއިންޓްމަންޓް ހެއްދެވުމަށާއި އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ހޯރަފުށީ ސިއްޚީމަރުކަޒުގެ ފޯނު ނަންބަރު 6500064 އަށް ގުޅުއްވުމަށް އާސަންދަ އޮފީހުން އެދިލައްވައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ