ސްވައިން ފުލޫ ޖެހުނު މީހުންގެ އަދަދު 200 އިން މައްޗަށް

29 މާރިޗު 2017 0

އިތުރު 23 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވެ، މިހާތަނަށް އެ ރޯގާ ޖެހުނު މީހުންގެ އަދަދު 222 އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 222 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މިހާތަނަށް ޓެސްޓު ކުރި 619 މީހުންގެ ތެރެއިންނެވެ.

ސްވައިން ފްލޫއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކަށް މިހާރުވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ފާއިތުވި 48 ގަޑިއިރުތެރޭގައި، ފަރުވާއަށްފަހު އެޑްމިޓްކުރި 10 މީހަކު ދޫކޮށްލާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސްވައިން ފްލޫ ޖެހިގެން މިހާތަނަށް ރާއްޖެއިން ވަނީ ހަ މީހަކު ނިޔާވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ