ސްވައިން ފްލޫ ޖޭހޭ މީހުންގެ އަދަދު އިތުރުވެ 100 އިން މައްޗަށް

16 މާރިޗު 2017 0

ހަލުވި ކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހުނު މީހުންގެ އަދަދު 105 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ކުޑައިރުކޮޅެއް ކުރިން އާއްމު ކުރި މިމަހުގެ 15 ވަނަ ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ގޮތުން 105 މީހަކު ޕޮޒިޓިވް ވެފައިވަނީ ޖެނުއަރީ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޓެސްޓު ކުރި 335 މީހުންގެ ތެރެއިންނެވެ. އެއީ އެޗް ވަން އެން ވަންއަށް ޓެސްޓު ހެދި މީހުންގެ 33 އިންސައްތައެވެ. 

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް އެޗް ވަން އެން ވަން ޖެހިގެން ދެ މީހަކު މަރުވެފައިވެއެވެ.  އަދި ރޯގާ ޖެހިގެން އެންމެ ގިނަ އަދަދަކަށް އިއްޔެ ޑޮކްޓަރަށް ދައްކާފައި ވަނީ ހދ. އަތޮޅުގެ ރަށްތަކުންނެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ