މާގިނައިން ސެލްފީނެގުމީ ނަފުސާނީ ބައްޔެއް - އެމެރިކަން ފިޒިއެތެރަޓިކް އެސޯސިއޭޝަން — Ihavandhoo.com

މާގިނައިން ސެލްފީނެގުމީ ނަފުސާނީ ބައްޔެއް - އެމެރިކަން ފިޒިއެތެރަޓިކް އެސޯސިއޭޝަން

4 އޭޕުރީލު 2014 0

މާގިނައިން އަމިއްލައަށް ފޮޓޯނަގަނީ ނުވަތަ "ސެލްފީ" ނަގަނީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހުން ކަމަށް އެމެރިކާގެ ފިޒިއެތެރަޓިކް އެސޯސިއޭޝަން (އޭޕީއޭ)ގެ ސައިންސްވެރިން ބުނެފިއެވެ. އެގޮތުން އެއެސޯޝިއޭޝަނުން ބުނާގޮތުގައި ދުވާލަކު ތިން ސެލްފީއަށްވުރެ ގިނައިން ސެލްފީނުގުމަކީ ނަފްސާނީ ބައްޔެއްގެ އަލާމާތެކެވެ.

އޭޕީއޭގެ އަހަރީ ބައްދަލުވުމަށް ފަހު ނެރުނު އެޖަމާއަތުގެ ރިޕޯޓްގައި ގިނައިން ސެލްފީ ނަގާމީހުން ސައިންސްވެރިން ވަނީ ތިން ގިންތިއަކަށް ބަހާފައެވެ.

މީގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނެނީ ދުވާލަކު މަދުވެގެން ތިން ސެލްފީ ނެގުމަށް ފަހު އެއިން އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ނުކުރާ މީހުންނެވެ.

ދެވަނަ ގިންތީގައި ހިމެނޭ މީހުންނަކީ ދުވާލަކު މަދުވެގެން ތިން ސެލްފީ ނެގުމަށްފަހު އެހުރިހާ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުކުރާ މީހުންނެވެ.

ތިންވަނަ ގިންތީގައި ހިމެނޭ މީހުންނަކީ ސެލްފީ ނަގާ އަދަދުވެސް ނޭންގޭހާ ގިނައިން ސެލްފީ ނެގުމަށް ފަހު ދުވާލަކު މަދުވެގެން ހަފޮޓޯއަށް ވުރެ ގިނައިން ސޯޝަލް މީޑިއާގައި އާންމުކުރާ މީހުންނެވެ. އޭޕީއޭގެ ސައިންސްވެރިން ބުނާގޮތުގައި މިތިން ގިންތީގައި ހިމެނޭ މީހުންނަކީ ވެސް ކައުންސިލިންއާއި ހާއްސަ ފަރުވާ  ބޭނުންވާ މީހުންނެވެ.

ސައިކޮލަގިސްޓެއް ކަމަށްވާ ޕަމެލާ އެނިސްޓަން އައިބީޓައިމްސްގައި ބުނެފައިވާ ގޮތުގައި މާގިނައިން ސެލްފީ ނެގުމަކީ މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާލާކަމެކެވެ.

އޮކުސްފޯރޑް ޑިކްޝަނަރީއިން ހޮވި 2013 ވަނައަރުގެ އަހަރުގެ ބަހަށް ހޮވިފައިވަނީ ސެލްފީއެވެ.

ރާއްޖޭގައިވެސް ސެލްފީ ނެގުން މިހާރުވަނީ ވަރަސް އާއްމުކަމަކަށް ވެފައެވެ. އެގޮތުން "ސެލްފީ"ގެ ދިވެހި ގޮތްކަމަށްބުނެ "ނަފްސީ" ވެސްދަނީ ވަރަށްގިނަބަޔަކު ބޭނުންކުރަމުންނެވެ. ސެލްފީ ނެގުމަށް ހާއްސަ ކެމެރާއެއް ކަމަށްވާ ގޯ ޕޮރޯގެ މަގުބޫލުކަންވެސް ދިވެހިންގެ މެދުގައިދަނީ ބޮޑުވަމުންނެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ