އިހަވަންދޫގެ ތަޢާވުން މިސްކިތާމެދު ސުވާލުތަކެއް؟ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

އިހަވަންދޫގެ ތަޢާވުން މިސްކިތާމެދު ސުވާލުތަކެއް؟

17 ޖޫން 2016 54

ތަޢާވުން މިސްކިތް ފޮޓޯ:އިހަވަންދޫ.ކޮމް

(ނޯޓް: މި ލިޔުމުގައި ހިމެނިފައިވާ އެންމެހައި މަޢުލޫމާތާއި ޚިޔާލުތަކާމެދު ޒިންމާ ވާނީ މި ލިޔުން ލިޔުނު ފަރާތުންނެވެ. އަދި މި ލިޔުމުގައި ހިމެނޭ މަޢުލޫމާތަކީ ތެދު ކަށަވަރު މަޢުލޫމާތު ކަމުގެ މައްޗަށް މި ނޫހުން ޔަޤީންކަމެއް ނުދެއެވެ.)

މިސްކިތަކީ އިސްލާމީ އުއްމަތުގެ ހައިބަތާއި ކަރާމާތް ހިފަހަށްޓާ އިސްލާމްކަމުގެ ގޮތުން ކުރެވޭ ބޭރުފުށުގެ ޢަމަލުތަކަށް ހިތްވަރުދެވޭ މަތިވެރި ގެކޮޅެވެ. މިގޮތުން ހއ. އިހަވަންދޫ އަކީ ޒަމާނީ ފެންވަރަށް މިސްކިތްތައް ބިނާކުރެވި، ދީނީ ކަންކަމަށް ފަރުވާ ބަހަށްޓާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމާމެދު ޝައްކުކުރާކަށް ނެތީމެވެ. ނަމަވެސް، މި ލިޔުމުގައި އަޅުގަނޑުގެ މި ނިކަމެތި ޚިޔާލު އަމާޒު ވަނީ އަޅުގަނޑަށް ވިސްނޭ ގޮތުގައި، އިހަވަންދޫގެ މުޖުތަމަޢުގައި އުފުދިފައިވާ މުހިއްމު މައްސަލައަކާމެދުއެވެ.

އިހަވަންދޫގެ ތަޢާވުން މިސްކިތުގެ ތާރީޚަށް ބަލާލުމުން އެނގެން އޮތް ހެތްކަކީ، އެ މިސްކިތް އެޅިފައި ވަނީ ޤަބުރުސްތާނެއްގައި ކަމެވެ. އަދި އެ މިސްކިތް އެޅި ޒީނަތްތެރި ކުރެވުނީ އަވަށު ވާދައިގެ ތެރެއިން ކަމެވެ. ތުންތުން މަތިން އަޑު އިވިފައިވާ ގޮތުގައި ސަރުކާރާއި ރައްޔިތުންނާއި ކުރިމަތިލައި ، މިސްކިތް އެ ތަނުގައި އެޅުމަށް ގަދަ ހިފުމަކަށް ދިޔައެވެ. ބައެއް ފަރާތްތައް ޖަލަށް ލެވި ހުކުމް ކުރެވި، ގޭގައި ބަންދުކުރެވުނެވެ. އަވަށު ވާދައިގައި ކަށިން ހިތްވަރު ނެރެގެން އެތަކެއް ޢާއިލާތަކެއް ގުރުބާން ކޮށްގެން އެ މިސްކިތް އެޅުމަށް މަސައްކަތްތަކެއް ކުރެވުނުކަން އަޅުގަނޑުވެސް ހަނދާނަށް އެބަ އާދެއެވެ. މިސްކިތެއް ރަށެއްގައި ބިނާކުރުމަށް އެ އިރު އޮތް ސަރުކާރުން ދެކޮޅު ހެދީ މައްސަލަތަކެއް ހުރީމަކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރަން އުދަނގޫ ވަނީތޯއެވެ؟ ނޫނީ ޤަބޫލުކުރަން ބޭނުން ނުވަނީ ތޯއެވެ؟

އެތަކެއް ވޭނާއި ހިތްދަތިކަމެއްގައި ތިބި، ގޮތްދޫ ނުކުރާނެ ރައްޔިތެއް ތިބުމުން، ރަށުގެ މަސްލަޙަތަށް ބަލައި، ޤަބުރުސްތާނު ކޮނެގެން ސާފުކޮށްގެން މިސްކިތް އެޅުމުގެ ހުއްދަ ސަރުކާރުން ދިން ކަމަށް ބެލެވެއެވެ. ބިން އޮތް ރަށެއްގައި، ޤަބުރުކޮނެ ނަގައި، ސާފުކޮށްގެން މިސްކިތް އަޅަންޖެހޭ ސަބަބެއް ނެތެވެ. ދުވަސްވީ މީހުން ބުނާގޮތުގައި، ތަޢާވުން މިސްކިތް އެޅިފައި އެ ހުރީ ބޮޑު ޤަބުރުސްތާނެއްގެ މަތީގައެވެ. މިސްކިތް އެޅުމަށް ތަން ސާފުކުރުމަށް ކޮނި ކޮނުމުން، އެކަށީގެންވާ މިންވަރަށް މިނިކަށި ފެނިފައިވެއެވެ. ބައެއް ދުވަސްވީ ފަރާތްތަކުން ބުނާ ގޮތުގައި މިސްކިތުގެ ފެންޑާގައި އަދި މިސްކިތާއި އިންވެގެން އޮތް ބޮޑު މަގުގައި ވެސް މަރުވެފައިވާ މީހުން ވަޅުލެވިފައި ވާނެއެވެ. ދެއްކުންތެރިކަމުގެ ގޮތުންނަމަވެސް ކުރިވިފައިވާ، މިފަދަ ދީނީ މައްސަލައެއްގައި މިއަދު ގޮތެއް ނިންމަން އުނދަގޫ ވަނީ ހާލަތު ބަދަލުވެފައިވާތީއެވެ.

ކުރިން ތަޢާވުން މިސްކިތުގައި ނަމާދުކުރަން އިންކާރުކުރި އެތަކެއް އިމާމުންނާއި ވެރިންނެއް މިއަދު އެ މިސްކިތުގައި ޚުތުބާ ހިއްޕަވައިގެން ހުކުރު ދުވަހު އަރާތީއެވެ. ރައްޔިތުންނަށް އެތަކެއް ސުވާލުތަކެއް ވިސްނުމަށް ދޫކޮށްލުމަށް ފަހުއެވެ. ޤާބޫލުކުރެވޭ ގޮތުގައި އިހަވަންދޫގެ ގިނަ އިމާމުންނާއި އަދި ރައްޔިތުންވެސް، ތަޢާވުން މިސްކިތުގައި ނަމާދުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލެއް ނުކުރެއެވެ. އަދި ބައެއް ފަރާތްތަކުން ތަޢާވުން މިސްކިތާއި އިންވެގެން ވާ ބޮޑު މަގުން ހިނގުމަށް ދެކޮޅު ހަދަނީ ޤަބުރުސްތާނެއްގެ މަތީގައި ހިނގުން އެއީ ރަނގަޅު ކަމެއްކަމުގައި ނުވާތީއެވެ. ތަޢާވުނު މިސްކިތަށް ގުގުރި ޖަހާ ވާހަކައާއި، ތަށި މުށި ހަރު ނުލައި ދުވާ ވާހަކައާއި، މިސްކިތުގެ އަޑުތަކާއި، އަދި ހިނގާ އަލިފާނުގެ ހާދިސާތަކުގެ ވާހަކަތައް ރަށުގެ ކަންކަން މަތީ ދައްކާ ވާހަކަ އަޅުގަނޑު އަޑުއެހީމެވެ.

އިންސާނާ ހެޔޮ ޢަމަލުތައް ކުރަނީ ދެއްކުންތެރިކަމުގެ ގޮތުންނެއް ނޫނެއެވެ. ރުއްސެވުމާއި ދިންނެވުން މާތް ﷲގެ ހަޟްރަތުގައި އެދިގެންނެވެ. ވުމާއެކު، ހިތް ނުތަނަވަސްކަމާއި، ޝައްކާއި ވަހުމު ތަކާއެކު އިންސާނާގެ މުޅި އުމުރު މިފަދަ މާހައުލެއްގައި ތަޢާވުން މިސްކިތުގައި އަޅުކަން ކުރުމުގައި ދުއްވާލަންވީ ފަހެ ކީއްވެތޯއެވެ؟ މިޚިޔާލުތަކާއި، ޝައްކުތަކަށް އަޅުގަނޑުމެންގެ މައުސޫމު ޖީލުތައް ވައްދަންވީ ފަހެ ކީއްވެތޯއެވެ؟

އިހަވަންދޫއަށް އުފަން ދެ ޝެއިޚުން މިއަދު އުދެފިފައިވާއިރު، އެ ދެ ބޭފުޅުންގެ ޚިޔާލު އަދި ރައުޔު މިކަމުގައި ހޯއްދަވައި އަވަސް ހައްލެއް ބޭނުމެވެ. ރީތި މިސްކިތްތައް ބިނާ ކުރާނެ ބޮޑެތި ބިން ތަކާއި، ވަގުތާއި އަދި ވަޞީލާތްތައް މާތް ﷲ އިރާދަފުޅާއި އެކު އަޅުގަނޑުމެންނަށް މެދުވެރި ކުރައްވާނެއެވެ.  ބުއްދިވެރީންގެ ގޮތަކީ އަބަދުވެސް، ހެޔޮބަސް އަހައި، ހެޔޮބަސް ޤަބޫލުކޮށް ހެޔޮކަންކަމުގެ މަތީގައި ދެމިތިބުމެވެ. މި މައްސަލައަށް އަލިއަޅުއްވާ ލައްވައި ބަސްކޮޅެއް ވިދާޅުވުމަށް ޝެއިޚު ޝާފިއު އަދި ޝެއިޚު ޤާދިރ ގެ އަރިހުން އިޚްލާޞްތެރިކާއެމު އެދެމެވެ.

(އަހުރެން މި ލިޔުން ލިޔުމުގެ މަޤުޞަދަކީ ތަޢާވުން މިސްކިތާމެދު ރަށުތެރޭގައި ފެތުރިފައިވާ ވާހަކަތަކާއި އެ މިސްކިތަށް ނަމާދަށް އެރުމާމެދު އުފެދިފައިވާ ފަސާދައަށް ވީ އެންމެ އަވަހަށް ހައްލެއް ހޯދުމަށް ބާރު އެޅުމެވެ.)

މަސްޖިދުއްތަޢާވުން, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުޙައްމަދު ފިރާޟްއަށް އެނގޭބާ މިކަމުގެ ހުކުމް

– 18 ޖޫން 2016 1

ޝުކުރިއްޔާ ޝެއިހް މުހައްމަދު ފިރާޒް․․․ތިފަދަ އިލްމީ ގާބިލް ޝެއިހަކު ބަސް ބުނުމުން ދެން ކީކުރާ އެހެން ޝޭހުންނެއްތޯ․․․ މިސްކިތުން އަލިފާން ފެނުން ․․․ތަށިމުށި ދުވުން․․․ އަޅުގަނޑު ގަބޫލުކުރީ ފިރާޒް ތީ ވ އިލްމީ ބޭފުޅެއް ކަމަށް ․․․․އިލްމީ ގޮތުން ކިހާ ވަރަކަށް ވިސްނާފަތޯ މި ލިޔުން ލިޔުނީ․․ ތަޢަވުން މިސްކިތުގެ މުށި ބަދަލްކުރީ އަދި އެއްފަހަރު ․․․ ބަދަލުކުރީ މިސްކިތުގެ ފަސްގަނޑު ގެބުމުގެ ސަބަބުން މުށި ހަލާކުވެގެން․․․ ފަސްގަނޑު ގެބެން މެދުވެރިވި ސަބަބަކަށް ބެލެވެނި ޝެއިހް ބުނިގޮތަށް މިސްކިތް ކޮނެ ފަސް ބަދަލް ކޮށްފައިވުން․․․ ނަމާދަށް އެރޭލެއް ޝެއިހްމެނަށް ގިނައީ ތި އަލިފާން ފެންނަނި․․․ ﷲ ގެ ގެކޮޅާމެދު ތިގޮތަށް ފިތުނަ އުފެއްދުން ހެޔޮނުވާނެ․․․․․

– 18 ޖޫން 2016 3

ރަގަޅު ވާހަކަ އެެއް

– 18 ޖޫން 2016 0

މި މައްސަލައަށް އަވަސް ހައްލެން ބޭނުން

– 18 ޖޫން 2016 0

Neygey vaahaka nufhahkaa mikiyhuge fendaa aku gabutenuhunaane thy bayaku fathuraa propagendaa eh

– 18 ޖޫން 2016 0

ދީނީ ގޮތުން ކަންއޮންނަ ގޮތް މިކަމުގައި ބަލައި މި ހިތްނުތަނަވަސްކަން ނިމުމަކަށް ގެންނަން ފެނޭ. މި މައްސަލައަށް އަލިއަލުވާ ލެއްވީތީ ޝުކުރިއްޔާ

– 18 ޖޫން 2016 0

މިރަށުގައި ނަމާދު ކުރުން އެންމެ ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަ މިސްކިތަކީ ތީ․․ އެއީ ތިޔަ މިސްކިތަކީ މި ރަށުގައި ހުރި މިސްކިތްތަކުގެ ތެރެއިން ހަމައެކަނި ގަބުރު ނެތްކަން ޔަގީންވާ މިސްކިތް․ އެހެން މިސްކިތް ތަކުގައި ނަމާދުކުރާ އިރު ކޮން ޔަގީންކަމެއް އޮތީ މި ނަމާދު ކުރެވެނީ ގަބުރެއްގެ މަތީގައި ނޫން ކަން․

– 18 ޖޫން 2016 1

"ދީނީ ކަންކަމަށް ފަރުވާ ބަހަށްޓާ ރައްޔިތެއް ދިރިއުޅޭ ރަށެއް " އެންމެ ރައްޔިތެއްތޯ؟
އެއީ ފިރާޒު ދެއްތޯ!!

– 18 ޖޫން 2016 0

އަޅުގަނޑަށް އެނގިފަ އޮތް ގޮތުން ރަށުގައި ތިއްބެވި ދެ ޝެއިހުން ތަޢާވުން މިސްކިތަކަށް ނާރާ․ ރަށަށް ވަޑައިގަންނަ ބައެއް ޝެއިހުންވެސް އެމިސްކިތަށް ނާރާ ކަމަށް ވޭ․ މިސްކިތު ދޮރުމަތީ އޮންނަ މަގުން ނުހިނގާ މީހުންވެސް ވަރަށް ގިނަ

– 18 ޖޫން 2016 2

އަނެއްކާވެސް އެއްކަލަ މައްސަލަގަންޑު ހިލުވަންފެށުނީދޯ ބަލަ ކުރިން ތިމައްަސަލާގަ ބަޔަކު ޖައްލީހަންދާން މިޔަދު ވީކަމެއްހެން އެބަހުރި ތީދެންކޮންކަމެއް ތިމިސްކިއް ގޯސްވީމަދޯ ގިނަމީހުން ނަމާދުނުކޮއްއެތިބީ

– 18 ޖޫން 2016 0

ރައްޔިތުން އެއްބައިވެ މިކަން ހައްލުކޮށްލަމާ؟

– 18 ޖޫން 2016 1

މި މައްސަލަ ހައްލުކުރަން މާ ލަސްވެއްޖެ! ވެރިން މިކަމާ ނުވިސްނަނީތ؟

– 18 ޖޫން 2016 0

ބިން އޮތް ރަށެއްގައި ކީއްވެ މި މައްސަލަ ހައްލު ނުުކުރީ.. ގަމާރު ވެރިން

– 18 ޖޫން 2016 0

ލޮބުވެތި އަޚުންނާޢީ އުޚުތުން:
އަމިއްލަ ގޮތްތައް ދޫކޮށް ﷲއަށް ބިރުވެތިވޭ! ކާބަފައިންގެ ގޮތޭ ބުނެ އަބޫޖަހުލު ހެދިގެން ނޫޅުއްވާ! ވިސްނާ ފިކުރު ކުރައްވާ! އަދިވެސް ވަގުތު އެބައޮތް، ޝައްކުތަކުން ދުރުވެ އަޅުކަން ކުރުމުގައި ﷲއަށް ޚާލިޞްވޭ! މިކަމުގައި ޒުވާބުކުރުމެއްނެތް، ޢިލްމުވެރިންގެ ބަސްފުޅު ހޯއްދަވާ! ދީނީ މަޢުލޫމާތު ހޯއްދަވާ! އަމިއްލަ ނަފްސު ގޮތްދޫނުކުރުމާހެދި ޖަހަންނަމައަށް އެއްލާ ނުލައްވާ! ތިމާއާއި ލޯބިވާ ދަރިންނަށް ހެޔޮގޮތް އެދޭނަމަ ﷲއަށް ބިރުވެތިވެލައްވާ!

ރަށުގައި އުފެދިފައިވާ ފިތުނައެއް ނައްތާލުމަށް މަސައްކަތް ކުރައްވާތީ ފިރާޒުއަށް ޝުކުރު ދަންނަވަން․ ތިޔަ އަދާކުރައްވަނީ ދީނީ ވާޖިބެއް، ރަށުގެ ރައްޔިތުން އެމިސްކިތަކަށް އެރުމަށް ބިރުގަންނަ މިސްކިތެއް ރަށުގައި ހުރެގެން ނުވާނެ! އޭގެ ބަދަލުގައި އެމިސްކިތް އެޅި މީހުންނަށް އެއަށްވުރެ ބޮޑު ރީތި މިސްކިތެއް އަޅައިދީގެން ނަމަވެސް އެމިސްކިތް ދޫކޮށްލަންޖެހޭ! ނުވަތަ މުޅި މިސްކިތް ހިމެނޭ ސަރަޙައްދު ސާފުކޮށް އެޔަޤީންކަން ރައްޔިތުންނަށް ލިބެންޖެހޭ!

މިސްކިތުގެ ފެންޑާގައި ޤަބުރު ހުންނާނެކަމަށް މިސްކިތުގައި ޤަބުރު ނެގުމުގެ މަސައްކަތް ކުރި ގިނަބޭފުޅުން ވިދާޅުވޭ، މިސްކިތުގެ އެއްވެސް ހިސާބެއްގައި ޤަބުރުގެ އަސަރު ހުރި މިސްކިތެއްގައި ނަމާދުކުރުން ފަދަ އަޅުކަން ކުރުމަކީ ﷲ އަށް ޝަރީކު ކުރުން ފަދަ ކަމެއްކަމަށް ދީނީ އިލްމުވެރިން ވިދާޅުވޭ، އަދި ކުރާ ކޮންމެ އަޅުކަމެއް ބާޠިލުވެގެންދާނެ، ވަﷲ އަޢުލަމް

– 18 ޖޫން 2016 1

އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، އޭގެ ބޭރުފުށުގެ ފުރިހަމަކަމުގެ ތެރެއިން އެއްކަމަކީ މަރުވެފައިވާމީހުން ވަޅުލެވިފައިވާ ތަންތަނަށް އިޙްތިރާމްކުރުމާއި، އެތަނަށް ހެޔޮކޮށްހިތުމެވެ. އަދިހަމައެހެންމެ އެޝަރީޢަތުގައި ވަނީ މައްޔިތާ ޤަބުރުގައި ވާއިރު އެމީހާއަށް އިޙްތިރާމްކުރުމަކީ، އެމީހާ ދުނިޔޭގައި އޭނާގެ ގޭގައި އުޅޭއިރު އިޙްތިރާމްކުރުމާ އެއްހަމައެއްގައިވާކަމެއްކަމުގައި ލައްވާފައެވެ. ފަހެ، ޤަބުރުތަކަކީ މަރުވެފައިވާ މީހުންގެ ގޯއްޗެވެ. އަދި އެބައިމީހުންގެ މަންޒިލެވެ. ޤަބުރުތަކަށް އިޙްތިރާމްކުރުމާއި، އެތަނަށް ހެޔޮކޮށް ހިތުމާބެހޭ އެތައް ދަލީލުތަކެއް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވާރިދުވެފައިވެއެވެ. އެކަލޭގެފާނުގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައިވާ، ޤަބުރުމަތީ އިށީނުމާއި، ޤަބުރުތަކަށް ލެނގިގެން އިނުމާއި، ޤަބުރުތައް މަތީގައި ހިނގުން ފަދަ ކަން ހިމެނެއެވެ․
ތައާވުން މިސްކިތް ކުރިމަތީމަގު އަދި ހަރިންމަތެރޭ ޤަބުރު ހުރިކަން އެއީ ސާބިތުވާކަމެއް․
http://ihavandhoo.com/site/view.php?BREAKING-tha-aavun-miskiyy-kurimathi-qaburu-kashi-thakeh-fenijje
ވީމާ އެކަން އެގިހުރެ އެތަންތަނުގެ މަތިން ހިނގުމަކީ ރަނގަޅު ކަމެއްކަމަކަށް ނުފެނޭ․ ނަމާދަށް އަރާނެ ބައިވަރު އެހެން މިސްކިތްހުރެމެ ނުރަނގަޅު ކަމެއްކޮށްގެން ތައާވުން މިސްކިތަށް ނަމާދަށް އެރުމަށްވުރެ އަހުރެން ދެކޭގޮތުގައި އައުލާކަން ބޮޑުވެގެންވަނީ އެހެންމިސްކިތަކަށް އެރުން․

– 18 ޖޫން 2016 0

އެމިސްކިތް ހުރި ބިމަކާމެދު ޝައްކު ނުއުފެދޭ ބިމެއް ކޮންނާކަން ނުޖެހޭނެ، މިސްކިތް އަޅަން ޖެހޭނީ އަދި ދިރި އުޅޭ ގެދޮރާއި އެހެނިހެން ޢިމާރާތްތައްވެސް އަޅަންޖެހޭނީ މުޅި ބިން ކޮނެގެންނެއް ނޫން، ތަޢާވުނު މިސްކިތުގެ މައްސަލަ މުޅިން ތަފާތު، އެއީ ބޮޑު ޤަބުރުސް ތާނެއް އޮތްބިމެއް، ވެރިކަމުގެ ދަހިވެތިކަމާއި އަވަށު ވާދަވެރިކަމާއި ސީޔާސީ ނުފޫޒާއި އަމިއްލަ އެދުމާއި ގޮތްދޫނުކުރުމާއެކު ބޮޑު ހާޖާނު ގަނޑެއްގެތެރެއިން އުފެދުނު މައްސަލައެއް، ކަންދެއްކުމުގެ ތެރެއިން އަވަސް އަރުވާލައިގެން ކުރިކަމެއް، މިހާރުވެސް އެފެންނަނީ އެމަންޒަރު، މިހާރުވެސް މިސްކިތުން ހިންގާ ޙަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ ރުޅިވެރިކަން އިތުރުވަނީ، ދީނީ ޝިޢާރު ފާޅުކުރުމާއި އަދި ޤުރުއާންވެސް ކިޔަވަންޖެހޭނީ އެހެންމީހުންނަށް އުނދަގޫ ނުވާގޮތަށް، މިއަދުގެ ޅަކުދިން ވިސްނާ ލުމެއް ނެތި ތަޢާވުނު މިސްކިތް ޠާހިރުވާނެކަމަށް ބުނާއިރު ކުރިން އެމިސްކިތަށް އެރި އެތައްބަޔަކު، އަދި މިސްކިތް ޢިމާރާތްކުރުމުގެ ތެރެއިން އަދަބުލިބުނު އެތައްބަޔާއި އެމީހުންގެ ދަރިން ފާޅުގައި އެމިސްކިތާ އަލްވަދާޢު ކިޔަމުންދާކަން ހަނދާން އާކޮށްލަންޖެހޭ!
ކައްޗަށް އެޅުނު ބިންގަލެއް ކެތްޗާ ހަމައަށް ނެގިއަސް ތެދެއް ނުވާނެ

– 18 ޖޫން 2016 1

މި މައްސަލަ ސިޔާސީ ނުކޮށް ހައްލުކުރަން އިސްނަގާނީ ކާކު؟

– 18 ޖޫން 2016 1

{فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ} [النحل: 43] މާނައީ: "އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަމުގައިވާ ނަމަ ޛިކުރުގެ އަހުލުވެރިންނާ (އެބަހީ ޢިލްމުވެރިންނާ) ތިޔަބައިމީހުން ސުވާލު ކުރާށެވެ."

– 18 ޖޫން 2016 0

އެހެންމީހުންނަށް ދައްކަން ނުކުރޭ ވާހަކަ ފިރާޟު ދައްކާތީ ފަހުރުވެރިވޭ. ޝުކުރިއްޔާ!

– 18 ޖޫން 2016 3

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {لَا تُصَلُّوا إِلَى القُبُورِ ، وَلَا تَجْلِسُوا عَلَيْهَا}(1) މާނައީ: "ޤަބުރުތަކާ ދިމާއަށް ތިޔަބައިމީހުން ނަމާދު ނުކުރާށެވެ. އަދި އެ ޤަބުރުތަކުގެ މަތީގައި ތިޔަބައިމީހުން ނުއިށީންނާށެވެ." އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ: {أَلَا وَإِنَّ مَنْ كَانَ قَبْلَكُم كَانُوا يَتِّخِذُونَ قُبُورَ أَنْبِيَائِهِم وَصَالِحِيهِم مَسَاجِدَ ، أَلَا فَلَا تَتَّخِذُوا القُبُورَ مَسَاجِدَ ، فَإِنِّي أَنْهَاكُم عَن ذَلِك}(2) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ވޭތުވެދިޔަ މީހުން އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހަދައި އުޅުނެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ގަބުރުތައް (ވަޅުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ނުހަދާށެވެ. ފަހެ ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް އެކަން ނަހީ ކުރައްވަމެވެ." މިޙަދީޘް ރިވާކުރެއްވީ الإمام مسلم (އެބޭފުޅާ ލިޔުއްވި) الصحيح ގައެވެ.

– 18 ޖޫން 2016 0

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {لَا تُصَلُّوا إِلَى القُبُورِ ، وَلَا تَجْلِسُوا عَلَيْهَا}(1) މާނައީ: "ޤަބުރުތަކާ ދިމާއަށް ތިޔަބައިމީހުން ނަމާދު ނުކުރާށެވެ. އަދި އެ ޤަބުރުތަކުގެ މަތީގައި ތިޔަބައިމީހުން ނުއިށީންނާށެވެ." އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ: {أَلَا وَإِنَّ مَنْ كَانَ قَبْلَكُم كَانُوا يَتِّخِذُونَ قُبُورَ أَنْبِيَائِهِم وَصَالِحِيهِم مَسَاجِدَ ، أَلَا فَلَا تَتَّخِذُوا القُبُورَ مَسَاجِدَ ، فَإِنِّي أَنْهَاكُم عَن ذَلِك}(2) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ވޭތުވެދިޔަ މީހުން އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހަދައި އުޅުނެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ގަބުރުތައް (ވަޅުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ނުހަދާށެވެ. ފަހެ ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް އެކަން ނަހީ ކުރައްވަމެވެ." މިޙަދީޘް ރިވާކުރެއްވީ الإمام مسلم (އެބޭފުޅާ ލިޔުއްވި) الصحيح ގައެވެ.

– 18 ޖޫން 2016 0

شَيخُ الإِسْلَام اِبْنُ تَيْمِيَّة رحمه الله ވިދާޅުވި އެވެ: "ދެން ފަހެ، އެނޫން ވެސް ދީނަށް ގެނެވިފައިވާ އައު ކަންތައްތަކެއް (ބިދުޢަތަކެއް)ވެ އެވެ. އޭގެ ތެރޭގައި ހިމެނިގެންވެ އެވެ: އެއްވެސް ހާލެއްގައި ގަބުރުތައް ކައިރީގައި ނަމާދު ކުރުމެވެ. އަދި އެ ގަބުރުތައް ވަޅުލެވިފައިވާ ތަން މިސްކިތްތަކަށް ހެދުމެވެ. އަދި އެ ގަބުރުތަކުގެ މަތީގައި މިސްކިތްތައް ބިނާކުރުމެވެ. ފަހެ ހަމަކަށަވަރުން އެ ކަންތައްތައް ނަހީކުރެވިފައިވާކަމަށާއި، އެކަންކަމުގައި ހަރުކަށިކޮށް (އެއްވެސް ލުޔެއް ނުދެވި) މުޢާމަލާތް ކުރެވިފައިވާކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން ނައްޞުތައް މުތަވާތިރުކޮށް ވާރިދުވެގެންވެ އެވެ."
ބައްލަވާލައްވާ: ص.184، اقتضاء الصراط المستقيم لمخالفة أصحاب الجحيم، الجزء الثاني، دار اشبيلية للنشر و التوزيع، الطبعة الثانية 1419ه

– 18 ޖޫން 2016 0

އިހަވަންދޫގެ އިސްލާމީ ޢިލްމު / ދީނީ ޢިލްމު އުނގެނިގެން ތިބި ފަރާތްތަކުން މިކަމުގައި ދެކެނީ ކިހިނެއްބާ؟

– 18 ޖޫން 2016 0

ލިޔުމުގެ މަޤްޞަދު ރަނގަޅުކަމަށް ފާހަގަވޭ!

– 18 ޖޫން 2016 0

މި ވެސް ނޫސްވެރިން ކަމެއް

– 19 ޖޫން 2016 1

މިކަމާ އުފާކުރަން․ ކޮންމެވެސް މީހަކު މި ވާހަކަ ބުނެލީމަ

– 18 ޖޫން 2016 0

އަހަރެމެން ބުނިންދޯކުރިންވެސް އެއީ ކަޑަ ކަމެކޭ․

– 18 ޖޫން 2016 0

އިސްލާމިކް މިނިސްޓްރީިއިން މިކަމުގައި ބުނި އެތި ކާކަށް އިނގޭނީ؟ މިތާގަ ނިކަން ޖަހާލަބަލަ ކޮމެންޓެއްގައި

– 18 ޖޫން 2016 0

އިހަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނާރާ މިސްކިތެއް އިހަވަންދޫގައި ހުންނާތީއާއި އެމިސްކިތާބެހޭގޮތުން ރައްޔިތުންގެ ހިތުގެ ޝައްކާއި ވަހުމު އުފެދޭ ލިޔުންތައް ލިޔަމުންދިއުމާއެކު މިމައްސަލަ ބައްލަވާ ތަހުޤީޤުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އަޅުގަނޑު ގޮވާލަމެވެ․

– 18 ޖޫން 2016 0

މައްސަލައަކީ މިސްކިތެއް ނޫން․ މައްސަލައަކީ މިސްކިތުގެ ކުރިމަތީ އޮންނަނީ ގަބުރުސްތާނެއް․ ގަބުރުމަތިން ހިނގާފަ ނޫނީ މިސްކިތަށް ވަދެވޭކަށް ނޯވޭ․ ކުރިން އޮވޭ މިސްކިތް ކުރިމަތިން ގަބުރުސްތާނު ތެރެއަށް ނުވަދެ ދެވޭގޮތަށް ހަނި ގޯޅިއެއް ހަދާފަ․ ނަމަވެސް މިހާރު ވަނީ އެގޯޅި ބަންދުކޮށްފަ․

– 18 ޖޫން 2016 0

ގަބުރުނަގާ ސާފުކޮށްފައޮތީއެމިސްކިތް އެކަނިތަ! ކޮބާއާސާރީ މިސްކިތް ،ކޮބާ އިސްލާމީ މަރުކަޒު،ކޮބާ ޒިކުރާ! ކޮބާ ނާއިފަރު މިސްކިތް، ކޮބާ އުތީމު މިސްކިތް އެމިސްކިތެއް ގޯހެއްނޫން ގޯހީ ފިތުނަ އުފައްދާމީހުން ތަށިމުށި ދުވެޔޭ އަލިފާން ފާބަޔޭ ހެޔޮނުވާނެ ކައުބާގަ ކެރޭނެއްވެއްޓި މީހުން މަރުވި ދެން އެކައުބާ ގޯހީތަ

– 19 ޖޫން 2016 1

ތީ ރާއްޖޭގައި ޢާންމު މައްސަލައެއް

– 19 ޖޫން 2016 0

ބައެއް ދުވަސްވީ މީޙޫންގެ ވާހަކަތައް ހިމަނާލިނަމަ އިތުރަށް ލިޔުން ފުރިހަމަވާނެކަމަށް ފެނޭ

– 19 ޖޫން 2016 0

އިލްމުވެރިންނަށް ނުބީހެންޏާ ކަނޑާ ހަމައެވެ.

– 19 ޖޫން 2016 0

Thaavuh miskih haa namaadhukuruh ragalhu miskitheh oy kamakah ެalhugadhakah nuene

– 19 ޖޫން 2016 0

ބަލަ ގޮތް އޮތީނިންމާފަޔޭ އެމިސްކިތް ކޮނުނީ އޭރުގެ އިސްލާމިކުމިނިސްޓުރީއިން ހުއްދަ ދީގެން އެތައްސަތޭކަ ބަޔަކު އެމަސައްކަތް ކޮށްފަ އެއޮތީ އެމީހުންގެ ހިތްސާފު އާސާރީމިސްކިތް އެހެރި ގަބުރު ނަގާފަ ތިފިރާޒު އަކައް ސުވާލެއް ނުއުފެއްދެ ޒާތީކަމެއް އޮންނަނިދޯ އެމިސްކިތައް

– 19 ޖޫން 2016 0

ފިރާޒުމެން ކަހަލަ މީހުން ފިތުނަ އުފައްދަނީދޯ މިސްކިތް ރަގަޅު

– 19 ޖޫން 2016 0

ލިއުމުގައިވަނީ ހުސްދޮގު ކަންހިގިގޮތާ ކަންކުރިގޮތާ ހިލާފުވާހަކަ ތަކެއް ހަމަފިތުނަ ޢުފެއްދުން ނޫން ކަމެއް ލިއުމުން ފެންނާކައް ނެތް

– 19 ޖޫން 2016 0

ބަލަ ގޮތް އޮތީނިންމާފަޔޭ އެމިސްކިތް ކޮނުނީ އޭރުގެ އިސްލާމިކުމިނިސްޓުރީއިން ހުއްދަ ދީގެން އެތައްސަތޭކަ ބަޔަކު އެމަސައްކަތް ކޮށްފަ އެއޮތީ އެމީހުންގެ ހިތްސާފު އާސާރީމިސްކިތް އެހެރި ގަބުރު ނަގާފަ ތިފިރާޒު އަކައް ސުވާލެއް ނުއުފެއްދެ ޒާތީކަމެއް އޮންނަނިދޯ އެމިސްކިތައް

– 19 ޖޫން 2016 0

ހުސައިން ރަޝީދުވިޔަސް މިކަމާ ފުންކޮށް ވިސްނުމަށް ގޮވާލަން

– 20 ޖޫން 2016 0

ހުރިހާ ބޭފުޅުންވެސް ފާޅުކުރައްވާ ޙިޔާލު ތަކަށް މަރުހަ ބާ ކިޔަމެވެ. މުހައްމަދު ފިރާޟް / 7775216

– 20 ޖޫން 2016 0

މިލިޔުމުން ފިތުނަ އެއް ނުއުފެދޭނެ. ހަޤީގަތުގައިވެސް މިއީ މައްސަލައެއް

– 20 ޖޫން 2016 1

މިސްކިތް ވީހާވެސް އަވަހަކަށް ބަންދުކުރޭ! އައު މިސްކިތެއް އަޅަން ސަރުކާރުން ބަޖެޓު ހޯދާނީ! މީޓް އަދީބު އިން ޖެއިލް!

– 20 ޖޫން 2016 1

ފިރާޟު ގަދަ ސޮރެއްދޯ․ ހަހަހަ

– 19 ޖޫން 2016 0

Theee gotheh ninman vefavai mahssalaeh.... thikamakee bodu fithuna akah vehjje..... ekamu thivaru mahssalaehggai rashu dhe sheihun ekani gotheh nuninmaa، fiqh academy ah husha halhaigen gotheh ninmun rangalhi

– 20 ޖޫން 2016 0

ފިގުޙު އެކަޑެމީ އަށް ހުށަހަޅަމާ. ތާއީދު

– 20 ޖޫން 2016 0

މި ލިޔުމަކީ ކަނޑައެޅިގެން އެނގިހުރެ މީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމަށާއި، ފިތުނަ ވެރިކަން އުފެއްދުމަށް ލިޔެފައިވާ ލިޔުމެއް․ ގަބުރު މަތިން ނުހިނގަންވެގެން ތަޢާވުން މިސްކިތައް ނާރާމީހުން، ތައާވުން މިސްކިތް ހުންނަ މަގުން ހިނގާފައިގޮސް ނަސްރު މިސްކިތައް އެރުން ހަމަ ބަރާބަރުތޯ؟

– 20 ޖޫން 2016 0

ދަރުސް އަޑުއަހަން ބައެއް އިމާމުން ނުދޭ. މި ވާހަކަ ދައްކާފާނެތީ

– 21 ޖޫން 2016 1

Miskiy bandu kuran feney

– 22 ޖޫން 2016 1

މި މައްސަލަކަމާބެހޭ ފަރާތްތަކުން ހައްލު ނުކުރާތީ ވަރަށް ދެރަވޭ!

– 22 ޖޫން 2016 0

ކޮބާ ސްކޫލުގެ އިސްލާމްދީން ކިޔަވައިދޭ އެދުރުން․․ އަނގައިންވެސް ބުނެ ނުލަ

– 23 ޖޫން 2016 0

Mulhin ladhu ganejje

– 24 ޖޫން 2016 0

ރަށެއް ވާނެތް

– 24 ޖޫން 2016 0

މިކަންތައް އަވަސްކޮށްބަލަ․ ޕްލީސް

– 26 ޖޫން 2016 0