މަސްޖިދު ތަޢާވުންގައި ކާޕެޓް އަޅަނީ — Ihavandhoo.com

މަސްޖިދު ތަޢާވުންގައި ކާޕެޓް އަޅަނީ


މަސްޖިދު ތަޢާވުން

ކުލަބު ޕޯލްސްޓަރއިން އިސްނަގައިގެން ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އިހަވަންދޫ މަސްޖިދު ތަޢާވުންގައި ކާޕެޓް އެޅުމަށް ތައްޔާރުވަމުން އެބަދެއެވެ.

މިނޫހަށް މައުލޫމާތުދެމުން މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތެއްކަމަށްވާ އަޙްމަދު ޢަބްދުއްޞަމަދު ވިދާޅުވީ ކާޕެޓް އެޅުމުގެ މަސައްކަތަށް 150000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ ޙަރަދުވާނެކަމަށް ބެލެވޭ ކަމަށާއި ޙަރަދުގެ 90 އިންސައްތަ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން މިމަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެންޓްރެކް މޯލްޑިވެސް އިން 37000 (ތިރީސް ހަތްހާސް) ރުފިޔާ އަދި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުއްލަތީފު (ފުނަމާ ލަތީފު) 10000 (ދިހަހާސް) ރުފިޔާ ދެއްވާފައިވާކަން ޢަހްމަދު ފާހަގަކުރިއެވެ.

އިތުރަށް އަޙްމަދު ބުނީ ކުރިއަށް އޮތް ރަމްޟާން މަސް ފެށުމުގެ ކުރިން ކާޕެޓް އެޅުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

މަސްޖިދުއްތަޢާވުން, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފުރިހަމަނުވޭ ދިން މައުލޫމާތު․․․․

– 30 މެއި 2015 0