ތަޢާވުން މިސްކިތުގައި ބިއްލޫރި ގަސްތަކެއް ހަރުކޮށްފި — Ihavandhoo.com

ތަޢާވުން މިސްކިތުގައި ބިއްލޫރި ގަސްތަކެއް ހަރުކޮށްފި

ރަމަޟާންމަހާ ދިމާކޮށް ކުރިއަށްގެންދާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ ޕްރޮގްރާމްގެދަށުން އިހަވަންދޫ މަސްޖިދުލް ތަޢާވުންގައި ބިއްލޫރި ގަސްތަކެއް ހަރުކޮށްފިއެވެ.

ހެޔޮއެދޭ ފަރާތްތަކަކުން ހަދިޔާކޮށްފައިވާ މި ގަސްތައް ހަރުކުރުމުގެ މަސައްކަތް ރޭ ތަރާވީޚް ނަމާދަށްފަހު ކޮށްފައިވާއިރު، އެމަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މިކަމުގައި އިސްކޮށްއުޅުނު ފަރާތަކުން މަޢުލޫމާތުދިންގޮތުގައި ރޭގެ މަސައްކަތުންވަނީ މިސްކިތުގެ އެތެރެ ސީލިންގގައި ހަ ބިއްލޫރިގަސް ހަރުކޮށްފައެވެ.

މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތަށް ބިއްލޫރި ގަހުގެ އިތުރުން ހެޔޮއެދޭ ފަރާތްތަކަކުންވަނީ ޕިން މައިކާއި ލައުޑްސްޕީކަރ އަދި ކަރޕެޓް ހަދިޔާކޮށްފަ އެވެ.

މަސްޖިދުއްތަޢާވުން, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ