މަނަފަރު ރިސޯޓުގެ އެހީތެރިކަމާއެކު ތަޢާވުންގެ ކާޕެޓްތައް ދޮވުމުގެ މަސައްކަތްކުރަމުން އެބަދޭ — Ihavandhoo.com

މަނަފަރު ރިސޯޓުގެ އެހީތެރިކަމާއެކު ތަޢާވުންގެ ކާޕެޓްތައް ދޮވުމުގެ މަސައްކަތްކުރަމުން އެބަދޭ


ތަޢާވުން މިސްކިތުގައި ކާޕެޓް އެޅުމުގެ މަސައްކަތް ނިންމާލެވުނީ 7 ޖޫން 2015 ގައި. ކާޕެޓްތައް ދޮވުމުގެ މަސައްކަތަށް ޖެއޭ މަނަފަރު ރިސޯޓުން އެހޭތެރިވެދެނީ. ފޮޓޯ: އިހަވަންދޫޑޮޓްކޮމް

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް އިހަވަންދޫ ކައުންސިލުން ފަށާފައިވާ މިސްކިތްތައް ޒީނަތްތެރިކުރުމާއި އާބާތުރަފިލުވުމުގެ ޕްރޮގްރާމަށް އެހީތެރިވެދިނުމުގެ ގޮތުން، މަސްޖިދުލް ތަޢާވުންގައި އަޅާފައިވާ ކާޕެޓްތައް ދޮވުމުގެ މަސައްކަތް ޖޭއޭ މަނަފަރު ރިސޯޓުގެ ފަރާތުން ކުރަމުން އެބަދެއެވެ.

ޖޭއޭ މަނަފަރު ރިސޯޓުގެ ފަރާތުން މިސްކިތުގެ ކާޕެޓްތައް ދޮވުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރަމުންދާއިރު މިއަދު ވަނީ އެ މިސްކިތުގެ ގޯތިތެރޭގައިވާ ލައިޓްތައް މަރާމާތުކޮށް ބޭރު ފެންޑާގެ ސީލިންގގައި އިތުރު ފަންކަތަކެއް ހަރުކޮށްފައެވެ.

މަސްޖިދުލް ތަޢާވުންގައި ކާޕެޓްއަޅާފައިވަނީ މިދިޔަ އަހަރުގެ ރަމަޟާންމަހާ ދިމާކޮށް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުލަބު ޕޯލްސްޓަރއިންނެވެ. ސްޕެކްޓްރާ ކޮންސެޕްޓްސްއާ ހަވާލުކޮށްގެންކުރި އެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެންޓްރެކް މޯލްޑިވެސް އިން 37000 (ތިރީސް ހަތްހާސް) ރުފިޔާ އަދި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުއްލަތީފު (ފުނަމާ ލަތީފު) ވަނީ 10000 (ދިހަހާސް) ރުފިޔާ ދެއްވާފައެވެ.

މަސްޖިދުއްތަޢާވުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ