ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް މިއަހަރުވެސް — Ihavandhoo.com

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް މިއަހަރުވެސް

26 ސެޕްޓެމްބަރު 2016 0

ހައ. އަތޮޅުކައުންސިލުން ބޭއްވި ހަފުލާއެއްގެ ތެރެއިން ފޮޓޯ: ހއ. އަތޮޅުކައުންސިލް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން 2015 ވަނައަހަރު ތައާރަފްކުރި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް މިއަހަރުވެސް ދޭންނިންމައި، އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި އަދި އެނޫންވެސް ތަފާތު އެކިއެކި ދާއިރާތަކުން އަތޮޅަށް ފާހަކަކުރެވޭ ހިދުމަތްތަކެއް ކޮށްދީފައިވާ ފާރާތަކާއި ހއ.އަތޮޅުގެ ސްކޫލްތަކުން ފަހުރުވެރި ވަނަތައް ހޯދާ ފަރާތްތަކާއި އަތޮޅަށް އެންމެ ހިދުމަތްތެރި ރިސޯޓާއި އަދި އަތޮޅުގެ އެންމެ ހިންގުތެރި ކައުންސިލްގެ އިތުން އަންހެނުންގެ ކޮމިޓީ ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ އެވޯޑެކެވެ.

މި އެވޯޑް ދެނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެ ކެޓަގަރީ ތަކުގެ ތެރޭގައި ހިމެނެނީ ޝަރަފުވެރިކަމުގެ އެވޯޑް، ހިތްވަރުދިނުމުގެ އެވޯޑް، ކައުންސިލުންދޭ ހާއްސަ އެވޯޑް، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުންދޭ ހާއްސަ އެވޯޑް، ޚާއްޞަ ޙިދުމަތުގެ އެވޯޑް ހިންގުންތެރިކަމުގެ އެވޯޑެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑަށް ކުރިމަތިލުމުގެ އެންމެފަހު ތާރީހަކީ އަންނަ އޮކްޓޯބަރ މަހުގެ 25 ވާ އަންގާރަ ދުވަހެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ