ތިލަފަޅުހިނގުމުގެ 8 ފޫޓް އަޑިން ސިހުރެއްކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ — Ihavandhoo.com

ތިލަފަޅުހިނގުމުގެ 8 ފޫޓް އަޑިން ސިހުރެއްކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ

25 ޑިސެމްބަރު 2016 0

ތިލަފަޅުހިނގުމުން ފެނުނު ސިހުރެއްކަމަށް ބެލެވޭ އެތި.

އިހަވަންދޫ ތިލަފަޅުހިނގުމުގެ (ޣާޒީ ފުޓުބޯޅަ ދަނޑުގެ އުތުރަށް އޮންނަ މަގު) ގެ 8 ފޫޓެއްހާ އަޑިން، ފެނުތެރެއިން ސިހުރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ އެވެ.

ފެން ނުވަންނަ ގޮތަށް ވަށައިގެން ސެލޯފިން ލާފައިވާ މިއެތި ބޮޑަށް ވައްތަރީ ތަވީދަކާ އެވެ.  އަކަތަކެއް ކުރަހައި އަރަބިން ލަފުޒުތަކެއް ލިޔެފައިވާ، ސިހުރެއްކަމަށް ބެލެވޭ މި އެތި ފެނިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ނަރުދަމާގެ ހޮޅި ވަޅުލުމަށް އެމަގު ކޮންނަމުން ދަނިކޮށެވެ.  

ފެންނަ ފެނުމަށް، ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވޭ މިއެތި ފެނިފައިވާ މަގަކީ މީގެ ކުރިން ވަލުތެރެ ސަރަހައްދުގެ ގޮތުގައި އޮތް ތަނެކެވެ. ގާތްގަނޑަކަށް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އެސަރަހައްދުން ވަނީ ރަށުގެ ކުނިގޮނޑަށް ދިއުމަށް މަގެއް ހަދައި، އެމަގު ބޭނުން ކުރަން ފަށައިފައެވެ.

ސިހުރު ހެދުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ