ތޯއްޕެގެ ޝަރަފްގައި އައި.ކްލަބް ޒުވާނުންނާއި ދެކޮޅަށް — Ihavandhoo.com

ތޯއްޕެގެ ޝަރަފްގައި އައި.ކްލަބް ޒުވާނުންނާއި ދެކޮޅަށް

19 ޖުލައި 2019 2

މާލެ ސަރަހައްދުގައި ދިރިއުޅޭ އިހަވަންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖުތިމާއީ ރޫހް ވަރުގަދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާ އައި.ކްލަބުގެ ފަރާތުން މިރޭ ތަފާތު މެޗެއް ކުޅުމަށް ނިންމައިފިއެވެ.

 އައި.ކްލަބުގެ ފައުންޑަރ މެމްބަރ ހުސެއިން ފާއިޒު ބުނީ، މިރެއަކީ އަނެއްކާވެސް އައި.ކްލަބުގެ ތާރީހްގައި ތަފާތު ރެއެއްކަމަށާއި، މިރޭ މިނިކުންނަނީ އައި.ކްލަބުގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޢަބްދުއްލަޠީފް (ތޯއްޕެ)ގެ ޝަރަފްގައި އިހަވަންދޫ ޒުވާނުންނާއި ދެކޮޅަށް ކަމަށެވެ.

 ފާއިޒު އިތުރަށް ބުނީ، މާލެ ސަހަރައްދުގައި ދިރިއުޅޭ ޒުވާނުންގެ ޓީމާ އައި.ކްލަބުން ހޮވާލެވޭ ޓީމް ކުޅޭ މެޗް ޝަރަފްވެރިކޮށްދެއްވާނީ ތޯއްޕެކަމަށާއި، މިއީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ތޯއްޕެ ކުރާ މަސައްކަތަށް އައި.ކްލަބުން ދޭ ހިތްވަރެއްކަމަށެވެ. އަދި މި މެޗް މިއިންތިޒާމް ކުރަނީ އައި.ކްލަބުން ރާވާ ހިންގާފައިވާ ގިނަ ހަރަކާތްތަކެއް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް މެންބަރު، ތޯއްޕެ، ދުންފަތުގެ އިސްތިޢުމާލްކުރުން ހުއްޓާލާ ދުންފަތާއި ދުރަށް ދިޔަކަން ރަސްމީ ސިފައެއްގައި އިޢުލާންކުރުމުން، އެކަމުގެ އުފަލުގައި ކަމަށެވެ.

 " 12ވަރަކަށް އަހަރަށްފަހު ދުންފަތުގެ އިސްތިއުމާލުކުރުން ތޯއްޕެ ހުއްޓާލުމަކީ ކުޑަކަމެއް ނޫން. މިއީ ވަރަށް ބޮޑު ކަމެއް. މިއީ އިހަވަންދޫގެ ޒުވާނުންނަށް މިނާޒުކު ވަގުތުގައި ތޯއްޕެ ދިން ވަރަށް ބޮޑު ހިތްވަރެއް. ދުންފަތާއި ދެކޮޅަށް ތޯއްޕެ ކުރަމުންދާ އަސަރުން ފުރިގެންވާ ހަނގުރާމައިގެ ފަހު ތަޅާލުމުގައި ތޯއްޕެގެ އަތުގައި މިހިފަނީ އައި.ކްލަބުން" ފާއިޒު ބުންޏެވެ.

 މާލޭގައި ދިރިއުޅޭ ޒުވާނުންގެ އިތުރުން މިރޭގެ މެޗަށް މާލެ އަތޮޅު ރިސޯޓްތަކުގައި މަސައްކަތްކުރާ އިހަވަންދޫގެ މަޝްހޫރު ކުޅުންތެރިން އަންނާނެކަމަށާއި، މިރޭގެ މެޗް ޚާއްސަވަނީ މިރޭގެ މެޗް ޝަރަފްވެރިކުރާނީ ތޯއްޕެކަމުގައި ވާތީކަމަށް ފާއިޒު ތަކުރާރުކޮށް ބުންޏެވެ.

 

ދުންފަތާއި ދުރަށް ދިޔަކަން ތޯއްޕެ އިޢުލާންކުރީ މިދިޔަ ހަފްތާގައި ތޯއްޕެގެ ރަސްމީ ފޭސްބުކް އައިޑީ މެދުވެރިކޮށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުޅި ޚަބަރު ކިޔާލުމުން ދޭހަވަނީ މުޙައްމަދު ޢަބްދުލް ލަޠީފަށް ކޮށްފައިން މަލާމާތެއްހެން މި އީ․

– 19 ޖުލައި 2019 0

އެހެން ދޭހަވެދާނެ․ އެއީ އައި․ ކްލަބުގެ ހަރަކާތްތައް ބަލައިގަންނަން އުނދަގޫ ބޭފުޅުންނަށް ވާނެގޮތް

– 22 ޖުލައި 2019 0