އުމުރާގެ އަޅުކަމަށްފަހު އެނބުރި ގައުމަށް ނުދެވެނީސް 2 މީހުން މަރުވެއްޖެ — Ihavandhoo.com

އުމުރާގެ އަޅުކަމަށްފަހު އެނބުރި ގައުމަށް ނުދެވެނީސް 2 މީހުން މަރުވެއްޖެ

27 ޖުލައި 2015 0

ސައުދީ އަރަބިއްޔާގެ ޖިއްދާގެ އެއާޕޯޓް.

މިސްރުގެ ދެ އުމްރާ ވެރިން އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ގައުމަށް ދިއުމަށް ސައުދީ އަރަބިއްޔާގެ ޖިއްދާގެ އެއާޕޯޓްގައިތިއްބާ މަރުވެއްޖެއެވެ.

އަރަބި ނޫހެއް ކަމަށްވާ ސަބްޤްގައި އާދިއްތަ ދުވަހު ރިޕޯރޓު ކޮށްފައިވާ ގޮތުގައި އުމުރާގެ އަޅުކަމަށްފަހު އެނބުރި ޤައުމަށް ދިއުމުގެ ތެރޭގައި މަރުވެފައިވަނީ މިސްރުގެ ދެ މީހުންނެވެ. އެއީ އުމުރުން 77 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެއް ކަމަށް ރިޕޯޓުކޮށްފައެވެ.

77 އަހަރުގެ ފިރިހެން މީހާ މަރުވެފައިވަނީ އެއާޕޯރޓުން ޗެކްއިން ވެ ކުޑަ އިރުކޮޅެއް ވީފަހުން ކަމަށް ވެއެވެ. އަދި އަންހެން މީހަ މަރުވެފައިވަނީ އެއިގެ ކުޑައިރުކޮޅެއް ފަހުން ބޯޓަށް އަރައި އިންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ދެމީހުންވެސް މަރުވެފައިވަނީ ހާރޓްއެޓޭކެއް ޖެހިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ