މައި ކަޕް 2015: ސެމީގެ ފަހު ދެޖާގަ ޔުނައިޓެޑް ޔޫތު އަދި މާރަންދޫ ޔޫތު ސޮސައިޓީއަށް — Ihavandhoo.com

މައި ކަޕް 2015: ސެމީގެ ފަހު ދެޖާގަ ޔުނައިޓެޑް ޔޫތު އަދި މާރަންދޫ ޔޫތު ސޮސައިޓީއަށް

23 ޑިސެމްބަރު 2015 0

ނިކަ ޗެއިން އަދި ޔުނައިޓެޑް ޔޫތުު ބައްދަލްކުރި މެޗުގެ ތެރެއިން. ފޮޓޯ: ހަމީދު

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެޖާގަ ޔުނައިޓެޑް ޔޫތު އަދި މާރަންދޫ ޔޫތު ސޮސައިޓީން ހޯދައިފި އެވެ.

ޔުނައިޓެޑް ޔޫތު ސެމީގެ ޖާގައެއް ކަށަވަރުކުރީ ނިކަ ޗެއިން 4-1 ން ބަލިކުރުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ޔުނައިޓެޑް ޔޫތުންނެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި ޔުނައިޓެޑް ޔޫތުގެ އާމިރު ޢަބްދުއްރަޝީދު 10، އެވެ. އަދި އެޓީމުގެ މުޙައްމަދު ސާނިއު 11، ޖަހައިދިން ގޯލުން ޔުނައިޓެޑް ޔޫތުގެ ލީޑު ފުޅާކުރިއެވެ. ނިކަ ޗެއިނަށް އެޓީމުގެ ޙަސަން ޝާމިލް 9، ޖަހައިދިން ގޯލާއެކު މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ޔުނައިޓެޑް ޔޫތުގެ އަޙްމަދު މުނީޒް 37، އަދި މުޙައްމަދު މުނައްވަރު 8، ޖަހައިދިން ގޯލުތަކާއެކު ޔުނައިޓެޑް ޔޫތުންވަނީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ.

މާދަމާ ހަވީރު ކުޅެވޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ޔޫތު ނިކުންނާނީ ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް)އާ ދެކޮޅަށެވެ.

ސެމީ ފައިނަލްގެ ފަހު ޖާގަ މާރަންދޫ ޔޫތު ސޮސައިޓީ ހޯދީ 3-0 ން ސެން ސިޓީ ފޭންސް ބަލިކުރުމަށްފަހުއެވެ. ރޭ ކުޅެވުނު ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި މާރަންދޫ ޓީމުގެ ގޯލްތައް ޖަހައިދިނީ ޢަލީ ސާފިޢު 10، ޢަލީ ޔޫސުފް 9، އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުޙައްމަދު ސާޖިދު 8، އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާރޭ މާރަންދޫ ޔޫތު ސޮސައިޓީ ބައްދަލްކުރާނީ މާރަންދޫ ޔޫތު ކޯޕަރޭޝަނާއެވެ.

ފުރަތަމަ ސެމީ އަދި ދެވަނަ ސެމީން މޮޅުވާ ދެޓީމު ބައްދަލްކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ 8:15 ގައި މުބާރާތް ކުރިޔަށްދާ އިހަވަންދޫ ހުރަވީ ދަނޑުގައެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މައިކަޕް 2015, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ