އަޕަރ ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ — Ihavandhoo.com

އަޕަރ ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ

27 އޭޕުރީލު 2016 0

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ފުލުހުންގެ މަސައްކަތް ބެލެހެއްޓުމުގައި އިސްވެ ޙަވާލުވެ ހުންނަވާ ކޮމާންޑަރެއްގެ ގޮތުގައި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙަމްދު ސާމީ ހަމަޖައްސަވައިފިއެވެ.

ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތުގައާއި ތަޙްޤީޤު ދާއިރާގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ އަޙްމަދު ސާމީ ޑިވިޜަން ކޮމާންޑަރަކަށް ހަމަޖައްސަވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އެވެ.

މަޢުލޫމާތު ލިބޭގޮތުގައި މިޑީވިޜަނުގައި ޖުމުލަ 16 ޕޮލިސް ސްޓޭޝަން ހުރެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ ހަމަޖެއްސެވުމާއި ގުޅިގެން އަޙްމަދު ސާމީ އިއްޔެގެ ވަގުތެއްގައި ވަނީ ޑިވިޜަނަށް ވަޑައިގެންފައެވެ. އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ އިދާރީ މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނެވެ.

އަޕަރ ނޯތު ޕޮލިސް ޑިވިޜަނަށް ކޮމާންޑަރަކު ހަމަޖައްސާފައި މިވަނީ މިހާތަނަށް އެ ޑިވިޜަންގެ ކޮމާންޑަރަކަށް ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞްރުﷲ ޖަލީލްގެ ޓާމް މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

 

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ