އުތުރުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓުތަކުގެ މަސައްކަތް 2018ގެ އިންތިޚާބުގެ ކުރިން ނިމޭނެ ރައީސް — Ihavandhoo.com

އުތުރުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓުތަކުގެ މަސައްކަތް 2018ގެ އިންތިޚާބުގެ ކުރިން ނިމޭނެ ރައީސް

23 މެއި 2016 1

އުތުރުގެ 3 އަތޮޅުގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 3 އެއަރޕޯޓު، 2018 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ހޯރަފުށީ ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އުތުރުގެ 3 ރަށެއްގައި އަލަށް އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫ ގައެވެ.

ރައީސުލްޖުމުހުރިއްޔަގެ ވާހަކަފުޅުގައި ހދ. ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯރޓުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ސަރުކާރުގެ ސަބަބުން ނޫންކަމަށާއި އެކަން ލަސްވެގެން ދިޔައީ "ސަރުކާރުން ފޮނުވި ޓީމުން މަސައްކަތް ކުރަން ދިޔައިރު،  ކުޅުދުއްފުށީގެ އެއަރޕޯރޓު އަޅާނެ ޖާގައާ ދޭތެރޭގަ ރައްޔިތުންގެ ތެރޭގަ އުފެދުނު ނުތަނަވަސްކަމެއްގެ" ސަބަބުން ކަމަށް ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިކަން ޙައްލުވެ މިމަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވީ، ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކުރިން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ޤާއިމްކުރާ އެއަރޕޯޓްތަކުގެ މަސައްކަތް ނިމި އެއަރޕޯޓުތަކަށް މަތިންދާބޯޓްތައް ޖައްސާނެކަމަށެވެ.  " އަޅުގަނޑުމެން އުންމީދު މިކުރަނީ އިރާދަކުރެއްވިއްޔާ 2018 ގަ ވޯޓުފޮއްޓާ ހަމައަށް ވަޑާގަތުމުގެ ކުރިން މިތިން ރަށުގަވެސް އެއާޕޯޓ އަޅާ، އަދި މިރަށްރަށަށް ބޯޓު ޖައްސާ ބޯޓު އުދުއްސާތަން" ފެނިގެން ދާނޭ ކަމަށް ރައީސުލްޖުމުހުރިއްޔާ ވިދާޅުވިއެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަން ދިއްޕޮޅުގެ ތަރައްޤީގެ އުއްމީދުތައް ގުޅިފައިވަނީ ހޯރަފުށީ އެއަރޕޯޓާއި <br>- <br>ޝުކުރިއްޔާ ރައީސް ޔާމީން

– 25 މެއި 2016 0