ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015: ޕޯލްސްޓަރގެ ފުރަތަމަ މެޗު ބާރަށާ ދެކޮޅަށް — Ihavandhoo.com

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015: ޕޯލްސްޓަރގެ ފުރަތަމަ މެޗު ބާރަށާ ދެކޮޅަށް

14 އޮކްޓޫބަރު 2015 1

2014 ވަނަ އަހަރު ހަނިމާދޫގައި ބޭއްވި ވީއޭއެމް ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދި ޕޯލްސްޓަރގެ ޓީމް

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް އުތުރުގައި ކުޅޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގައި ބައިވެރިވެފައިވާ އިހަވަންދޫ ކުލަބު ޕޯލްސްޓަރ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ރަށް ކަމުގައިވާ ބާރަށާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ޕޯލްސްޓަރ ކުޅޭ ފުރަތަމަ މެޗު އޮންނާނީ 15 އޮކްޓޫބަރ، ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައެވެ. ޗެމްޕިއަން ޓީމާއި ރަނަޕް ޓީމް މާލޭގައި އޮންނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވާ މި މުބާރާތުގައި ދެން ވާދަކުރަނީ ހއ. މުރައިދޫގެ އިތުރުން ހއ. ދިއްދޫ އެވެ.

މިދިޔަ އަހަރު ހަނިމާދޫގައި ބޭއްވި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ކުލަބު ޕޯލްސްޓަރ އެވެ. ޕޯލްސްޓަރ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 3 ސެޓުން މުރައިދޫ ބަލިކޮށްގެންނެވެ.

ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު), ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަންހެނުން ބާރުވެރި ކުރުވުމަކީ ދީން ޙަރާމް ކުރެއްވި މަގުން އެމީހުން ލައްވާ ކުޅިވަރު ކުޅުވައި ދަތުރުފަތުރު ކުރުވައި އެބައިމީހުން އަޅައިގެން ތިބި ހެދުމަށް ފުރައްސާރަކޮށް އެބައިމީހުންގެ ލަދުވެތި ވަނާތައް ހަރަކާތްވާ ގޮތް އިޢުލާން ކުރުވައި އެތަންބެލުމަށް ކުދިބޮޑު އެންމެން ނެރުން ކަމަުގައި ދެކޭމީހުންނަށް ހަލާކުހުޢްޓެވެ․ އަދި އެބައިމީހުންހެ ފިރިންނަކީ އެއްވެސް ޣީރަތްތެރިކަމެއް އެބައިމީހުންގެ އަނބީންގެ މައްޗަށް އަމުދުންނެތް ބަހީލުން ކަމުގައި ނުވާނެތޯއެވެ․

– 15 އޮކްޓޫބަރު 2015 0