ވޯޓު ޖައްސަވަންވީ ތިލަފަތަށެވެ. — Ihavandhoo.com

ވޯޓު ޖައްސަވަންވީ ތިލަފަތަށެވެ.

20 މާރިޗު 2014 13

ތިލަފަތަކީ ފަނޑިޔާރުގެ ރަމްޒުކޮށްދޭ ވަރުގަދަ ބަހާއެކެވެ. ތިލަފަތަކީ މިނެކިރުމުގެ ވަޒަނެވެ. ތިލަފަތަކީ  ހަމަހަމަ ކަމާއި ޢަދުލު އިންޞާފުގެ ރަމްޒެވެ. މޯލްޑިވިއަން ޑިމޮކުރަޓިކް ޕާރޓީގެ ލޯގޯ ރަމްޒުކުރެވިފައިވަނީ މިދެންނެވުނު "ތިލަފަތެވެ." ރަންރީނދޫ ކުލައިގެ ދިގުއަކައެއްގެ މެދަށް އަމާޒުކުރެވި ތަޞްވީރު ކުރެވިފައިވާ ހިތްގައިމު ކަނޑުގެ ނޫކުލަ ލެވިފައިވާ އެ "ނިކަމެތި" ތިލަފަތެވެ. މި ތިލަފަތް، ގުޅި ލާމެހިފައިވާ ދުނިޔެއްގައި، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީ ކުރަންޖެހޭކަން އަޅުގަނޑުމެންނަށް ހަނދާންކޮށްދެއެވެ. "ތިލަފަތް" ކިތަންމެ ނިކަމެތިކޮށް އަޅުގަނޑުމެންގެ ލޮލަށްފެނުނު ކަމުގައިވީނަމަވެސް، "ތިލަފަތް" ފެންނަ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އުއްމީދުތައް އާވެއެވެ.

މިދެންނެވުނު އުއްމީދުތައް ސީދާ ގުޅިފައިވަނީ ތަރައްޤީގެ މަޞްރޫޢު ތަކާއެކެވެ. ކުރަހާލެވުނު ޤައުމީ ތަރައްޤީ ގެ އޮނިގަނޑުން ތިލަވި ބަނދަރުތަކާއި، ސާފުބޯފެނުމުގެ ނިޒާމާއި، ނަރުދަމާގެ އިތުރުން، ޞިއްޙީނިޒާމު ވަރުގަދަ ކުރުމަށްޓަކައި ޢިމާރާތްކުރެވޭ ޢިމާރާތްތަކެވެ. މަދަނަގެ ނަމުން ފެށި ބަދަލުވި ފުރިހަމަ ސިއްޙީ ނިޒާމު އާސަންދައާއި ދަޢުލަތުގެ މާލީ އެހީ ނިކަމެތިންނަށް ފޯރުކޮށްދެވޭ ނިޒާމެވެ. ދަޢުލަތުގެ ބަޖެޓަށް ބުރަބޮޑުކޮށް ހިންގުނު ސްކޫލްތަކުގެ ހިންގުން ނަތީޖާއަށް ވާޞިލްވުމަށް އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުވާ، ދަރިވަރުންގެ ވިސްނުން އާއުސްމިން ތަކަކަށް ގެންދިއުމަށް ފަރުމާކުރެވުނު "ވަށާޖެހޭ" ތަޢުލީމުގެ ފަލްސަލާގެ ނިޒާމެވެ. ލޯބިވެރިންނާއި ހަތުރުންވެސް ގުޅުވާލަދިން ދަތުރުފަތުގެ ނިޒާމެވެ.

މުޑިއަރަމުން ދިޔަ ދަޢުލަތުގެ ބާރުތަކަށް ޅޮލުން ގެނުވައި ނިކަމެތި ރައްޔިތުމީހާގެ ބޭނުންތަކަށް ދަޢުލުތުން ފޯކަސް ކުރުވުން މަޖުބޫރު ކުރުވީވެސް އެ ތިލަފަތެވެ. ރައްޔިތުންމަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ޒިންމާދާރުކުރުވާނެ ޖާގަ ހޯދާއި ދިނުމަށް އެކަށޭނެ މިންވަރަށް މީޑީއާގެ މިނިވަންކަން ގެނެސްދިނީވެސް އެ ތިލަފަތެވެ. ރައްޔިތުންގެ ބަހާއި އިޙްސާސްތައް ސަރުކާރަށް އިއްވާނެ ގޮތާއި، މިއަޑުތަކަށް ސަރުކާރުން އިޖާބަނުދީފި ނަމަ، ދެން ގިރާކުރަންވީ ހަރުފަތްތައް އަންގައިދިނީވެސް އެ ތިލަފަތެވެ. ވީމާ، ތިލަފަތަށް ވޯޓު ޖެއްސެވުން ކީއްތޯއެވެ؟

ރައްޔިތުންނަށް ބަލައިގަންނަށް އުދަނގޫ، ގޮށްޖެހުންތައް ބޮޑު ސިޔާސަތުތައް ކަނޑައެޅީވެސް މޯލްޑިވިއަން ޑިމޮކުރަޓިކް ޕާޓީއެވެ. ރައްޔިތުންނަށް ބުރަ އުފުލޭ މިންވަރަން ޒަމާނީ އިޤްތިޞާދެއް މި ދިވެރިހާއްޖޭގައި އުފެއްދުމަށް ފުރަތަމަ ފަހަރަށް ދަޢުލަތަށް ޢާންމު ދަނީ ހޯދުމަށް ޓެކުހުގެ ނިޒާމެއް ވުޖޫދަށް ގެނެވުނުއެވެ. ތަޢުލީމާއި ތަމްރީނުތަކުގެ ފުރުޞަތުތައް ބަހާލެވުނެވެ. ހަމަހަމަކަމާއެކު ނިމަކެތި ރައްޔިތުންނަށެވެ. ދެވަނަ ފުރުޞަތުގެ ނިޒާމުން މަސްތުގައިޖެހުނު ޒުވާނުން ކޮމްފޯޓު ޒޯނަށް ގެނެވުނެވެ. ހުނުވެރި ޒުވާނުންގެ ހުނަރުތައް މުޖުތަމަޢުއަށް އެދުވަސްވަރު ފެނިގެން ދިޔައީ ހުނަރުގެ ޕްރޮގްރާމްގެ ތެރެއިންނެވެ. ހިއްކާލެވުނު ބިންތައް އެހުރީ އަންނަށްހުރި ސަރުކާރުގެ މަޝްރޫޢުތަކަށް މަރުހަބާ ކިޔުމަށް ތައްޔާރަށެވެ. ޕްރޮވިންސާއި ލޯކަލް ގަވަރުމަންޓުގެ ނިޒާމުގެ ވާހަކަތައް ވައިގައި ހިއްޕާލެވުނެވެ. މަރުކަޒީ އުޞޫލުތަކާއި ނުފޫޒުތަކާއި ބާރުތަކަށް ނިމުން ގެނުވުމަށެވެ. ރަށުގެ އިމުގެ ތެރެއިން، ރަށުގެ ރަށްވެހީންގެ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ނިޔަތުގައެވެ.

އިންތިހާ ދަރަޖައަށް އަޑު އުފުލުނީ އިންސާނީ އަނިޔާވެރިކަމާއި ދެކޮޅަށެވެ. އިދިކޮޅު ފަރާތްތައް ވަރުބަލިވެ ގޮތް ހުސްވާ މިންވަރަށް މުޒާހަރާތައް ކުރުމުގެ ފުރުޞަތު ފޯރުކޮށްދެވުނެވެ. މަގުމަތީ އިންދިފައިވާ ފެންފޯއް ރުއްތަކަށް ބާރުބޮޑުވިއެވެ. ސިފައިންނާއި ފުލުހުންގެ ފަރާތުން ފެނިގެން ދިޔައީ ފިނިކަމާއެކު ކުރިމަތިލި މަންޒަރެވެ. ހަމަ ޔަޤީނުންވެސް ވެރިންގެ އަމުރަށެވެ.    

ދިވެހީންނަށް މިނިވަންކަމުގެ ޙަޤީޤީ އިޙްސާސްތައް ގެނުވީ މި ތިލަފަތެވެ. ވެރިންގެ ބައެއް ބަސްތަކަށް ފާޅުކަން ބޮޑުކޮށް "ނޫނެކޭ" ބުނެ އިޖްތިހާޖް ކުރަން ދަސްކޮށްދިނީ މި ތިލަފަތެވެ. ވީމާ، ތިލަފަތަށް ވޯޓު ޖެއްސެވުމަށްޓަކައި އިތުރަށް ވިސްނުމަކީ މިއަދު ބޭކާރު ކަމަކަށް ވެއްޖެއެވެ.

މަޖިލިސް އިންތިޚާބު 2014, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތި ތިލަފަތް ސުޕުރީމް ކޯޓްގަ ތަޅުއެޅުވީ.. ތި ތިލަފަތް އަންހެންކަބަލުން މަގުމައްޗައްނެރެ އެބައިމީހުންގެ އަބުރާއި އިއްޒައި މޮޑެލީ.. ތި ތިލަފައި 3 އަހަރު ތެރޭ ކަރަޕްސަން އިންތިހާއައް މިގައުމުގައި އާލާ ކުރީ ތި ތިލަފަތް މިގައުމު އެތައްތަނަކުން ދަރުވާލީ..

– 20 މާރިޗު 2014 1

ވޯތް ލާންވާނީ ފޮއޓައް އިނގޭތޯ.. ތި ތިލަފަތަކީ އެއްފަރާތައް ބުރަވެފައިވާ ތިލަފަތެއް މިކަން ވަނީ ވަރަށް ސާފުކޮށް އަންނި ބުނެފަ.. އަޅުގަޑުމެންގެ ޕާޓީގެ މެންބަރަކު ނުން މީހުނަށް އަޅުގަޑުގެ ނުލަފާކަން ދައްކާނެކަމަށް

– 20 މާރިޗު 2014 1

އަހަރެން ވޯޓުލާނީ ތިލަފަތަކަށް ނޫން. އަހުމަދު އަބުދުﷲ އަށް

– 20 މާރިޗު 2014 7

ފެއިލް

– 20 މާރިޗު 2014 4

ބަލަކަށް މިފަހަރު 3

– 20 މާރިޗު 2014 0

މި ދާއިރާއަކު ދެން ތްކަންދޫ ތާއީދެއް ނެތް .. ސޮރީ

– 20 މާރިޗު 2014 0

ޝާމުކަރާގެ ރަށް ބޭރުން އާއްސަ ބުންޏަސް ތަކަންދޫ އަހައްމަދަށް ވޯޓު ލާނެ މީހަކު ނުވާނެ. ލިޔަސް ލާނީ ތަކަންދޫ މުސާރަދޭ މީހަކު... ތިލަފަތަށް ވަރަށް ވެދުން...

– 20 މާރިޗު 2014 0

މޮޔަވީތަ؟

– 20 މާރިޗު 2014 0

އަހައްމާ ވެސް މުހައްމާ ވެސް ނޯ .. 3 ބަރާބަރު

– 20 މާރިޗު 2014 1

ވޯުޓު ތިލަފަތަށް.....ކުރިއަށް ބާރަށްކުރިއަށް......

– 20 މާރިޗު 2014 5

ތިއީ ތިލަފަތަށް ދެވޭ ވޯޓެއްނޫން އެކަމަކު ފަތައް ދެވޭވޯޓެއް...ކެޔޮދަޅި ގަނޑަށް ސަލާމް

– 20 މާރިޗު 2014 0

ތިލަފަތުގެ ޒަމާން ވަނީ ނެތިގޮސް. އެއީ މާކުރީ ޒަމާނެއްގައި ބޭނުންކުރި އެއްޗެއް. މިހާރު މިވަނީ ޒަމާން ބަދަލުވެފައި.

– 20 މާރިޗު 2014 0

ހަމަ ވޯތު ތިލަފަތަށް.........

– 21 މާރިޗު 2014 0