ރެހެންދި އަތުންމޮޅުވެ ވަޓްއެވަރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި — Ihavandhoo.com

ރެހެންދި އަތުންމޮޅުވެ ވަޓްއެވަރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި

5 ޑިސެމްބަރު 2014 1

ލީމް އިމަގު އަންހެނުންގެ ވޮލީމުބާރާތުގައި ރޭކުޅުނު މެޗްގައި، ފަހަތުންއަރައި ރެހެންދިގެ މައްޗަށް ކުރިހޯދައި ވަޓްއެވަރ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފިއެވެ. ރޭގެ މުޗްގެ ފުރަތަމަ ސެޓް 25-21 އިން އަދި ދެވަނަސެޓް 26-24 އިން ގެންދިޔައީ ރެހެންދިއެވެ. ނަމަވެސް ތިންވަނަސެޓް 25-12 އިން އަދި ހަތަރުވަނަ ސެޓް 25-18 އިން ވަޓްއެވަރ ކާމިޔާބުކޮށް ގަދަހިފުމަކަށް ދިޔައެވެ. ފަހުސެޓް 15-12 އިން ވަޓްއެވާ ކާމިޔާކޮށް ފައިންލުން ޖާގައެއް ކަށަވަރުކުރީ 8 ޕޮއިންޓާއި އެކުއެވެ. މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ވަޓްއެވަރގެ ޖަޒީ ނަންބަރު 10 ޝަނިޒާއެވެ. މިހާތަނަށް މިމުބާރާތުގައި ވަޓްއެވަރ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ލީގް އޫސޫލުން ކުޅޭ މިމުބާރާތުގެ ފަހުމެޗްގައި މިރޭ ބައްދަލުކުރާނީ ވަޓްއެވަރ އާއި ތަރިންނާއި ތަރިންނެވެ.

ވަޓްއެވަރ ދެކޮޅަށް ފައިނަލުގައި ނުކުންނާނެ ޓީމެއް އަދި ކަށަވަރެއް ނުވެއެވެ. ޓޭބަލްގެ ދެވަނާގަ އޮތް ތަރިންނާއި ތަރިން އަދި ރެހެންދިވެސްވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. މީން ކޮންމެ ޓީމަކަށްވެސް 7 ޕޮއިންޓް ލިބިފައިވާއިރު ތަރިންނާއި ތަރިންނަށް ބާކީ އެއްމެޗް އަދި އެބައޮތެވެ.

 

އިމަގު އަންހެނުންގެ ވޮލީ މުބާރާތް, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ލީމް ބައިކަޓް․ ތަރިންނާތަރިން ބޭނުންގޮތަކަށް މެޗްޝެޑިއުލަށް ބަދަލު ގެންނަނީ․ ކޮބާ އިންސާފު؟

– 5 ޑިސެމްބަރު 2014 0