މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި — Ihavandhoo.com

މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި

24 މާރިޗު 2014 11

ފޮޓޯ: ޕޮލިސް މީޑިޔާ

މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓާއެކު އިހަވަންދޫން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މިނޫހަށް މިކަން ކަށަވަރުކޮށްދެއްވަމުން ޕޮލިސް މީޑިޔާ އޮފިޝަލް ވިދާޅުވީ އެޒުވާނާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާގުޅިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދު 11:30 ހާއިރު ކަމަށެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރި ވަގުތު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓް އޭނާއަތުން ފެނިފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު އެގޭގައި ހުރި ގާ ފުންޏެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއްގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައިވާކަމަށެވެސް ޕޮލިސް މީޑިޔާ އިން ހާމަކުރެއެވެ.

މިމައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު އެޒުވާނާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

މަސްތުވާތަކެތި, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ ޕޮލިސް މަރުޙަބާ ޣާޒީ. 21 އަހަރުގެ ޒުވާނާއަށް ވ ވެދުން.

– 24 މާރިޗު 2014 2

ކޮބާ ހީވޭ ކަމެެހެން ވަޓިކާ އަވަހައް ޕީޕީއެމްއައް ސޮއިކުރޭ ސަލާމަތް ވާން ބޭނުމީއާ

– 24 މާރިޗު 2014 1

މަސްތުވާތަކެތި ބޭނުންކުރުމަކީ މޮޔަކުދިން ކުރާކަހަލަ ކަންތައް

– 24 މާރިޗު 2014 0

ހަުރިހައި ލޮބުވެތި ޒުވާނުންނަށް އާދޭހާއެކު ބުނަން މަސްތުވާތަކެއްޗާ ދުރުހެލިވުމަށް. އެހެނީ އެއީ ބޮޑުވެގެންވާ ފާފައެއް. މަސްތުވާތަކެތި ބޭނުން ކުރަން ފެށުން އެއީ ހުރިހައި ނުބައި ކަމެއްގެވެސް ފެށުން. ހެޔޮ ނުވާނެ ކުދިންނޭ. ވިސްނާ. ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން މަސައްކަތްކުރޭ. ޒުވާން އުމުރު ތިގޮތުގައި ދުއްވާނުލާ. އާދޭސްކޮށްފަ މިބުނަނީ.

– 24 މާރިޗު 2014 0

ދެރައީ ހައްގު އަދަބުނުދީ ދޫކޮއްލާތީ އަނެކްކާވެސް ބޭނުންކުރަން

– 24 މާރިޗު 2014 1

އަލަށް ހޮވުނު ކައުންސިލަރުންނަށާއި އެހެނިހެން މުއައްސަސާ ތަކަށް ގޮވާލަން އިހަވަންދޫ ޒުވާނުން ވެއްޓިފައިވާ މަސްތުވާތަކެތީގެ ނުބައި ފުން އަނދަވަޅުން ސަލާމަތްކޮށްދިނުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅުތަކެއް އަޅަން. ޕްލީސް ސޭވް އިހަވަންދޫ...

– 24 މާރިޗު 2014 1

ވޯޓް ހޯދަން މަސްތުވާ ތަކެއްޗާއި ފައިސާވެސް ބަހާފައިވާކަން ގައިމު

– 25 މާރިޗު 2014 1

ވޯޓް ހޯދުމަށް ތިޔަ ރަށުން ވަނީ މަސްތުވާތަކެތި ވިއްކާފައި، ތަކަންދޫ އަހުމަދަށް ދެރައެއް ދިނުމަށް މުހައްމާ ވަނީ ޖުމްލަ 10 މިލިއަން ރުފިޔާ އެންމެ ރެއަކުން ވަނީ ބަހާ ހުސްކޮށްފައި.

– 25 މާރިޗު 2014 1

ކޮބާ އިހަވަންދޫ ރައްޔިތުން. ކޮންބައެއް އިސްނަގައިގެން އިހަވަންދޫ މަސްތުވާ ތަކެތިން ސަލާމަތްކުރަން މަސައްކަތް ކުރަންތިބީ. ހޭލާ ސަމާލުވޭ ބޭކަލުންނޭ. ތިބޭފުލުންގެވެސް އަދި އަޅުގަނޑުގެވެސް ދަރިން ދިރިއުޅޭނެ ތަނަކީ އިހަވަންދޫ. އަދި ކުރިއަށް އޮތް ޖީލަށް ވިސްނާއިރުވެސް މިކަމުގައިއަޅުގަނޑުމެން އިސްނަގައިގެން މަސައްކަތް ކޮށްގެންނޫނީ މިކަމުން ސަލާމަތް ވެވޭކަށް ނެތް. ކާކަށްތޯ ކެތްކުރެވޭނީ އެމީހެއްގެ ދަރިފުޅަށް މިވައިރަހުގެ އަސަރުކޮށްފިއްޔާ. ކުރީގައި ރައްޔިތުން ނިކުމެ މިކަންކަމުގަ އެކެއްޗެއްކިޔައިގެން އުޅޭގޮތަށް މިހާރުވެސް އުޅެން އަޅުގަޑު ގޮވާލަން. ތިމާގެ ކަމަށްވުރެ އެންމެންގެ މަސްލަހަތާއި ކުރިއަށް އޮތް ޖީލް މާ މުހިއްމުވާނެކަން ހަނދާންކޮށްދެން. ރައްޓެއްސަކަސް އާއިލާގެ މީހަކަސް ގޯސްކަމެއް ކަމަށްވާނަމަ އެކަން ހުއްޓުވޭނެ ގޮތެއް ހޯދުން މާމުހިއްމު. މިކަންކަމުގައި ޕާޓީ ފިކުރު ދޫކޮށްލައި އެންމެން އެކެއްޗެއް ކިޔަމާހިނގާ.

– 26 މާރިޗު 2014 0

މިފަދަ މައްސަލަތަކުގައްޔާއި އަދި އެނޫވެސް މައްސަލަތަކުގައި މިހަރާށްވުރެ ޒިންމާދާރު ގޮތަކަށް ޕޮލިހުންގެ އަމަލު ބެހެއްޓުން މުހިންމު. އަދި ސިޔާސީ ވެރިން ސިޔާސީ މަގްޞަދުތަކަކަށް ޓަކައި މިފަދަ މީހުން އަނބުރާ މުޖުތަމައު އަށް ގެނައުމަކީ ހިތާމަ ހުރިކަމެއް.

– 27 މާރިޗު 2014 0

އިހަވަންދޫ ފުލުހުން ތިކުރާ ހިދުމަތަށް ސާބަސް.. ތިޔަ ގޮތުގާ ކުރިއަށް ގެންދާނެކަމަށް އުންމީދު ކުރަން...

– 31 މާރިޗު 2014 1