ޒިކާ ވައިރަސް މެލޭޝިއާއަށް، ބަލި ފެނުނީ ސިންގަޕޫރަށް ޒިޔާރަތްކުރި އަންހެނެއްގެ ގައިން — Ihavandhoo.com

ޒިކާ ވައިރަސް މެލޭޝިއާއަށް، ބަލި ފެނުނީ ސިންގަޕޫރަށް ޒިޔާރަތްކުރި އަންހެނެއްގެ ގައިން

1 ސެޕްޓެމްބަރު 2016 0

މަދިރީގެ ޒަރީޔާއިން ފެތުރޭ ވައިރަހެއްކަމަށްވާ ޒިކާ މެލޭޝިއާ އިން ވެސް ފެނިފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ގިނަ ބަޔަކުވެސް ދަތުރުކުރާ މެލޭޝިޔާއިން، އެގައުމުން ފެނުނު ފުރަމަ ޒިކާވައިރަހުގެ ބަލި މީހާ ބެހޭގޮތުން މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ޒިކާ ވައިރަސް ޖެހުނު އަންހެން މީހާ ދާދި ފަހުން ވަނީ ސިންގަޕޫރުގައި ހުންނަ އޭނާގެ އަންހެން ދަރިފުޅުގެ ގާތަށް ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި އޭނާ އެނބުރި ކުއާލަ ލަމްޕޫރަށް އައިސް ހަފުތާއެއް ފަހުން ގައިގައި ބިހިތަކެއް ނަގައި ހުންއައުމުގެ ސަބަބުން ޓެސްޓް ކުރުމުން ޒިކާ ބައްޔަށް ޝައްކު ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

ވައިރަސް އިތުރު ބަޔަކަށް ފެތުރުނަ ނުދިނުމަށްޓަކައި، ހާއްސަ ސަމާލުކަމެއް ދީގެން ބަލިޖެހިފައިވާ މީހާގެ ގެ ހުންނަ ސަރަހައްދުގައި އީޑީޒް މަދިރި ނައްތާލުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި މެލޭޝިޔާގެ ހެލްތު މިނިސްޓަރ ވަނީ ބުނެފައެވެ.

ސިންގަޕޫރުން ޒިކާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 115 އަށް އަރައިފަ އެވެ.

ޒިކާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދަނީ ބްރެޒިލްގަ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ