ޒުވާނުންތަކެއް ނުކުމެ ގޮނޑުދޮށް ސާފުކޮށްފި — Ihavandhoo.com

ޒުވާނުންތަކެއް ނުކުމެ ގޮނޑުދޮށް ސާފުކޮށްފި

28 ޖުލައި 2018 0

އިހަވަންދޫގެ ޒުވާނުންތަކެއް ނުކުމެ، ކުނިން ތަޤައްޔަރު ވެފައިވާ އިހަވަންދޫގެ އިރުމަތީ ފަރާތު އަތިރިމަތި ސާފުކޮށްފިއެވެ. އިހަވަންދޫ ނޫރުމަންޒިލް، އަބުދުﷲ އިރުޝަން އިސްވެ ހުރެ ޤަބީލާ ސަރަހައްދަށް (އިހަވަންދޫ ފަހިވާ ގޯޅީގެ އިރުމަތީ ކޮޅުގައި ހަދާފައިވާ ފިނިމައިޒާނަށް)  ނިސްބަތްވާ ޒުވާނުންނާއިއެކު ކުރަމުންދާ މިމަސައްކަތަށް ގިނަބަޔަކު ދަނީ ވަރަށްބޮޑަށް ތައުރީފު ކުރަމުންނެވެ.

އިރުޝާނު ބުނީ މިމަސައްކަތަކީ، އަތިރިމަތި ކުނިން ތަގައްޔަރުވެ ކަޅުވެފައި އޮންނާތީ ޤަބީލާ ސަރަހައްދު ސާފުކޮށްލުމަށް އަމިއްލަޔަށް ފެށި މަސައްކަތުން ފުޅާވެގެން އައި ކަމެއްކަމުގައެވެ. "ގަބީލާ ސަރަހައްދު ސާފުކުރީމާ އެހެން ސަރަހައްދުތައް އޮންނަނީ ބަލައިލަން މާހުތުރުކޮށް. އެހެންވެ އެހެން ސަރަހައްދުތައްވެސް ސާފުކުރުމުގެ ހިޔާލުއައީ" މަސައްކަތް ފެށުނުގޮތް އިރުޝާން ތަފްސީލް ކޮށްދިނެވެ.

އިރުޝާން ބުނީ 3 ދުވަހުގެ މަސައްކަތުން މިހާރު ކޯލިމަގުން (ނޫރާނީ މަގު) ފެށިގެން އިރު ދެކުނު ތުނިޑި އާއު ހަމަޔަށް ސާފުކުރެވިފައިވާ ކަމުގައެވެ. އޭނާ އިރުރަށްބުނީ އަދިވެސް މިމަސައްކަތް އިތުރަށް ކުރިޔަށް ގެންދާނެކަމަށާއި، ބާބްކިޔު ހަދާ މޫދަށްއެރުމަށް ޙާއްސަ ކޮށްފައިވާ ސަރަހައްދުވެސް ސާފުކުރުމަށް ނިންމާފައިވާ ކަމުގައެވެ.

މިމަސައްކަތަކީ ހަރަދުވެސް ހިނގާ އަދި ގިނަބައެއްގެ އެއްބާރުލުންވެސް ބޭނުންވާ ކަމެއްކަން އިރުޝާން ފަހަގަކުރެއެވެ. އަދި މިހާރު ގަބީލާއަށް ނިސްބަތްވާ ޒުވާންތަކަކާއި އެކު ކުރާމަސައްކަތަށް އަމިއްލަ އަތުން ހަރަދުކުރަންޖެހޭއިރު މިފަދަ ބުރަ ބޮޑު ކަމެއްގައި ގިނަބައެއްގެ ބައިވެރިވުން ބޭނުންވާކަން އޭނާ ފާހަގަކުރެއެވެ.

ކުނިގޮނޑު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ