ޒުވާނުންގެ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 14:00 ގެ ނިޔަލަށް — Ihavandhoo.com

ޒުވާނުންގެ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 14:00 ގެ ނިޔަލަށް

27 ޑިސެމްބަރު 2018 0

2017 ވަނަ އަހަރު އިހަވަންދޫ ކައުންސިލުން ކުރި ޕިކުނިކު ދަތުރު. ފޮޓޯ: އިހަވަންދޫ ކައުންސިލް

އިހަވަންދޫ ކައުންސިލުން ބާއްވާ ޒުވާނުންގެ ބޮޑު ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 14:00 އަށް ހަމަވާނެ އެވެ.

އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފައިވާ ގޮތުގައި މި ދަތުރަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހި ކުރުމެވެ. އުމުރުން 16 އަހަރުން މަތީގެ ދެޖިންސުގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ރާވާ މި ޕިކްނިކް ދަތުރުގައި 18 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިއަކާ އެކުގައި ކަމަށް ކައުންސިލުން ބުނެއެވެ.

މިއަހަރުގެ ޒުވާނުންގެ ދަތުރު ކުރުމަށް ހަމަޖައްސާފައި ވަނީ މިހިނގާ ޑިސެމްބަރު މަހުގެ 29 ވާ ހޮނިހިރު ދުވަހު އެވެ.

މިއީ އެމްޑީޕީ އަށް ނިސްބަތްވާ 5 ކައުންސިލަރުން އިންތިހާބުވެފައިވާ އިހަވަންދޫ ކައުންސިލުން މިފަދަ ދަތުރެއް ކުރާ ދެވަނަ ފަހަރެވެ. އެ މެމްބަރުން ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރެއްވި އިރު އާއްމު ކުރެއްވި މެނިފެސްޓޯގައިވެސް މިފަދަ ދަތުރެއްގެ ވާހަކަ ހިނަމާފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ޒުވާނުންގެ މެދުގައި ފެތުރޭ ދެކޮޅުވެރިކަމުގެ ހުޅުތައް ނިއްވައި އެކުވެރިކަމުގެ ވޮށް ފުއްތައް ނިވަން ދަތިވާވަރު ކުރުމުގެ މަގިސަދުގައި ރަށުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިކޮށްގެން، ކޮންމެ އަހަރަކު އެއްފަހަރު ޕިކްނިކް ދަތުރެއް ދިއުމަށް ވަނީ މެނިފެސްޓޯގައި ކަނޑައަޅާފައެވެ.

 

މިދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަންނޯޓު ކުރުން މިއަދުގެ 14:00 ގެ ނިޔަލަށް ކައުންސިލްއިދާރާއިން ކުރިއަށްގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.  ދަތުރުގައި ބައިވެރިވުމަށް އެސްއެމްއެސް ކޮށްގެންވެސް ނަންނޯޓު ކުރެވޭނެ އިންތިޒާމު ވަނީ ކައުންސިލުން ހަމަޖައްސާފައެވެ. އެސްއެމްއެސް ކުރައްވާނީ 9645777 ނުވަތަ 9793810 ނަންބަރަށެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ