ޕީޕީއެމް އަށް ނިސްބަތްވާ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ކައުންސިލަށް ފާޑުކިޔަނީ

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ މުނިސިޕަލް މަސައްކަތަށް ނަގާފައިވާ ދެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން މީސްމީޑިއާގައި އިހަވަންދޫކައުންސިލަށް ވަރަށްބޮޑަށް ފާޑުކިޔުންތައް އިތުރުވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ކައުންސިލުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެކައުންސިލްގެ މުނިސިޕަލް ސަރވިސް ސެކްޝަންގައި މަސައްކަތް ކުރައްވާ ހއ. އިހަވަންދޫ ބިޖިލީގެ، މުޙައްމަދު ރިޝްފާން، އަދި ހއ. އިހަވަންދޫ މީނާޒް، މުޙައްމަދު އަމީން އެވެ.

މުޙައްމަދު އަމީން، އެބޭފުޅާގެ ފޭސްބުކު އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ” ވަޒީފާއިން ވަކިކުރުމުގެ ކުރިން ނަސޭހަތްތެރިވުން ލިއުމުން ނަސޭހަތްތެރިވުން، މީގެން އެއްވެސްކަމެއް ފުރިހަމަނުކޮއް ވަޒީފާއިން ވަކިކުރިކަމުގެ ލިއުން ދިނުމަކީ އެއްގޮތަކައްވެސް ބަލާގަނެވޭނެކަމެއްނޫން” ކަމަށެވެ. އަދި އެބޭފުޅާ ވަޒީފާން ވަކިކުރިކަމުގެ ލިޔުން ފޭސްބުކުގައި ހިއްސާކުރައްވަމުން އަމީން ބުނެފައިވަނީ ވަޒީފާން ވަކިކުރިކަމުގެ ޗިޓުގައި މިހުރީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށެވެ. އެބޭފުޅާގެ އިހުމާލުން ގެއްލުމެއް ލިބިފައިވާނަމަ ޖެހޭނީ ބަދަލު ނަގަން ކަން ފާހަގަކޮށް،އިތުރަށް ބުނެފައި ވަނީ މީހުންގެ ބޮލުގައި މިވަރުގެ ބޮޑެތި ތުހުމަތު އެޅުވުމުގެ ކުރިން ދުވަހެއް އެބައޮތްކަން ވިސްނަން ވާނެ ކަމަށެވެ.

މުނިސިޕަލް މަސައްކަތުގެ ކުނިއުކުމުގެ ވަޒީފާގައި ހަރަކާތްތެރިވާ ޑުރައިވަރުކަން ކުރައްވާ އަމީން ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ލިޔެފައި ވަނީ ކުނިނެގުމުގެ ހިދުމަތް ލަސްވެ ކަސްޓަމަރުންގެ ޝަކުވާލިބުމާ، ކުނި ނުނެގުމުގެ ސަބަބުން ހިދުމަތަށް ރެޖިސްޓުރީވެފައިވާ ބައެއް ގެތަކުން ރެޖިސްޓުރޭޝަން އުވާލުމާއި ޑުރައިވަރުގެ އިހުމާލުން ޕިކަޕަށް ގެއްލުން ލިބުމާއި ދެވިފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތުގެ މާހައުލުގައި އަމަލުކުރަމުން ނުދިޔުން ކަމުގައެވެ.

ދެވަނައަށް ވަޒީފާއިން ވަކިކޮށްފައިވާ މުޙައްމަދު ރިޝްފާން އަކީ މުނިސިޕަލް މަސައްކަތުގެ ކުނިނެގުމުގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުންނެވި ފަރާތެކެވެ. އެބޭފުޅާ ވަޒީފާއިން ވަކިކޮށް ދީފައިވާ ޗިޓުގައިވެސް ވަނީ މަސައްކަތަށް ފަރުވާކުޑަކުރުމާއި މަސައްކަތަށް ހާޒިރު ނުވުމުގެ އިތުރުން ކުނިނެގުމުގެ ހިދުމަތް ލަސްވެ ކަސްޓަމަރުންގެ ޝަކުވާލިބުމާ، ކުނި ނުނެގުމުގެ ސަބަބުން ހިދުމަތަށް ރެޖިސްޓުރީވެފައިވާ ބައެއް ގެތަކުން ރެޖިސްޓުރޭޝަން އުވާލުން ފަދަ ކަންކަމެވެ.

މުޙައްމަދު ރިޝްފާނަކީ ނިމިދިޔަ ލޯކަލް ކައުންސިލްތަކގެ އިންތިހާބުގައި އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއެއް ކަށަވަރުކުރައްވާފައިވާ ފާތިމަތު ޝަނީޒާގެ ފިރިކަލުންނެވެ. މުޙައްމަދު އަމީން އަކީ ޕީޕީއެމް އިހަވަންދޫ ސްޓިއަރިންގ ކޮމެޓީގެ ޒުވާން މެމްބަރގެ މަގާމަށް ވާދަކުރައްވާފައިވާ އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ތާއިދު ހޯދުމަށް ބޭއްވި ހަރަކާތްތަކުން ފެނިގެން ގޮސްފައިވާ ބޭފުޅެކެވެ.

ސިޔާސީގޮތުން ހިޔާލުތަފާތުވެގެން ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުނި ސަރުކާރުން ރައްޔިތުމީހާ ވަޒީފާއިން ކަނޑާލާ ބިކަކުރާ މަންޒަރު ފެންނަ ކަމަށްބުނެ ކައުންސިލަށް ފާޑުކިޔުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި މިކަމާގުޅިގެން ސުވާލުކުރެއްވުމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، ކައުންސިލުގެ ވަޒީފާއިން ވަކިކުރި ދެމުވައްޒަފުން ވަޒީފާއިން ވަކިކުރި ސަބަބު، މައިގަނޑު ގޮތެއްގައި ޗިޓުގައި ބަޔާންކޮށްފައި އެވަނީ ކަމަށެވެ. ވަޒީފާއިން ވަކިކުރުމުގައި ސިޔާސީ ގޮތުން ވަކިމީހަކަށް ވާތީ އެކަން ކޮށްފައިނުވާނެކަމަށް ވިދާޅުވެ، ކައުންސިލްގެ މުނިސިޕަލް މަސައްކަތުގައި ސިޔާސީގޮތުން ފިކުރު ތަފާތު މުވައްޒަފުން މިހާރުވެސް އެބަތިބިކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ. ކައުންސިލުން މިފަދަ ކަމެއް ނިންމާއިރު ވަޒީފާގެ ގާނޫނު ތަކަށް ރިއާޔަތްކުރާނެކަން ފާހަގަކުރައްވާ ރަޝީދު ވަނީ މިއީ އިންތިހާބާ ގުޅިގެން ނުވަތަ ވަކިމީހަކަށް އެޅިފިޔަވަޅެއް ނޫންކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް މިމުވައްޒަފުންނާމެދު ލިބެމުން އަންނަ ޝަކުވާތަށް ކައުންސިލްގެ މެމްބަރުންގެ މެދުގައި ވާހަކަދެކެވި މަޝްވަރާ ކުރެވިފައި ވާނެކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މިނިންމުމަކީ ކުރެވުނު މަޝްވަރާގެ މަތިން ނިންމިފައިވާ ނިންމުމެއް ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ. އެ މުވައްޒަފުންނާމެދު އެކިއެކި މައްސަލަތައް ތަކުރާރުކޮށް ލިބެމުންދިއުމާ ގުޅިގެން މުވައްޒަފުންނަށް ތަކުރާރުކޮށް ނަސޭހަތްދީފައި ވާނޭކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

“ވަޒީފާ ދިނުމާ ވަޒީފާއިން ވަކިކުރުމަކީ ކައުންސިލްގެ ބައްދަލުވުމަކުން، ޖަލްސާއަކުން، ވޯޓަށް އަހައިގެން ކުރާ ޒާތުގެ ކަންކަން” ނޫންކަމަށް ފާހަގަ ކުރައްވާ ރަޝީދު ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނަސޭހަތްތަކާ އަންގަންޖެހޭ އެންގުންތަށް ފަދަ އިޖުރާތްތައް ފުރިހަމަކޮށްފަ ވާނެ ކަމަށެވެ.

އާދަމް

ކަމަށް ކަމޭނުހިތާ ފަރުވާކުޑަ މުވައްަފުން ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދީފަ ބޭތިއްބުމަކީ ގޯހެއް. އިހަވަންދޫގަ ތިފަދަ މަގާމު ތަކަށް އެކަށީގެންވާ މަގާމުތައް ބޭނުންވެފަ އެތައް ބަޔަކު ތިއްބާ ފަރުވާކުޑަކުރާ ބަޔަކަށް މުސާރަ ދީފަ ބޭތިއްބިގެން ނުވާނެ. ސަރުކާރު މުވައްސަސާތަކުގަވެސް ގޮނޑި ފުރަން މުސާރަ ދީފަ މީހުން ބާތިއްބާފަ ތިބޭތީ ފެނޭ. އޮފީހަށް އައިސް ސޮއިކޮށްލާފަ އަބަދު ކޮފީމޭޒުތަކުގަ އުޅޭ މީހުން ފެނޭ. ރައްޔިތުންގެ ޓެކްސް ފާސާއިން މުސާރަ ނަގާގެން ރައްޔިތުންނަށް ހަރާންކޯރުވުން ނޫން ކޮން ކަމެއްތޯ އެއީ؟

ޒހރ

ކައުންސިލުން ބުނީ ހަފުތާއަކު ތިންދުވަހު ކުނި އުކާދޭނަމޭ.
އެކަމަކު ކުނި އުކާދެވޭ ކަމަށް ވަނީ ހަފުތާއަކު 1 ދުވަހު.
ޝަކުވާ ކުރީމަ ބުނަނީ ކުނި އުކާ ކުދިން ސަލާމުގައޭ.
މަ ބުނާނެ ވާހަކެއް ނެތް. ދެންވެސް ވަޒީފާ ދޭއިރު، އެކަން ކުރާހިތުން ކުރާނޭ ބަޔަކަށް ވަޒީފާދޭތި.

ޑރ އަކިޔަމްބޯ

ކުނިއަޅާ ބާލިދީ ފަޅަމުން ގޯނި ވަގަށް ނަގަމުން…. ގޭގޭގަ ސިހުރުވަޅުލަމުން ދުވާ އިރު ވަޒީފާއިން ވަކިކުރަން ލަސްވެއްޖެ…

އަމީން

އެއްވެސް ނަސޭހަތެއް އަދި އެއްވެސް އެންގުމެއްނާންގަ ތީ ކަޑައެޅިގެން ރޯބުހުތާނު ދޮގު