ކޮވިޑު 19

ދިއްދޫން 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢަބުދުﷲ ޙަމީދު

ހއ. ދިއްދޫން 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ދިއްދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ފައްސިވެފައިވަނީ އިއްޔެ އެވެ.  އެމީހާއަކީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކުމުން، ޓެސްޓު ކުރި މީހެކެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ފައްސިވެފައިވާ މީހާ އަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އިއްޔެ ދިއްދޫން ކޮވިޑަށް ފައްސިވި ފަރާތާއި ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ ފަރާތްތައް ހޯދާ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، އިއްޔެ ނެގުނު 28 ސާމްޕަލްގެ ތެރެއިން 14 ސާމްޕަލެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.