ކޮވިޑު 19

އިހަވަންދޫގައި އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅަނީ އެންމެ 29 އިންސައްތަ މީހުން

ޢަބުދުﷲ ޙަމީދު

ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާންމުތަންތަނުގައި އުޅޭއިރު މާސްކް އަޅަން އަންގާފައިވީނަމަވެސް، އިހަވަންދޫގައި، އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކްއަޅަނީ އެންމެ 29 އިންސައްތަ މީހުންކަން މިނޫހުންކުރި ދިރާސާއަކުން ދައްކައިފިއެވެ.

އާންމު ތަންތަނަށް ނުކުމެއުޅުނު 450 މީހުންގެ މެދުގައި ހެދި މިސާވޭއިން ފާހަގަވި ގޮތުގައި 239 މީހަކު (53 އިންސައްތަ) މީހަކު ބޭރުތެރޭގައި އުޅުނީ އެއްވެސް ގޮތަކަށް މާސްކް ނާޅައެވެ. އަދި 17 އިންސައްތަ މީހުން (80 މީހަކު) މާސްކް އަޅައިގެން ތިއްބަސް، މާސްކް އަޅާފައިވަނީ ނަމެއްގައެވެ. އޭގެތެރެއިން ބައެއް މީހުންގެ މާސްކް ކަރުދަށުގައި އޮތްއިރު އަނެއްބަޔަކު މާސްކް އަޅައިގެން ތިއްބަސް ނޭފަތް ހުރީ މާސްކުން ބޭރުގައެވެ. އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅައިގެންތިބި 131 މީހަކު (29 އިންސައްތަ) މިދިރާސާއިން ފާހަގަކުރެވިފައިވެއެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ރޯގާ ދަނީ ވަރަށް ހަލުއިކަމާއެކު ފެތުރެމުންނެވެ. އެހެންކަމުން އެޗްޕީއޭއިން  ވަނީ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށި މިވަގުތު މޮނީޓަރިންގައި އޮތްއިރު އެއީ އިހަވަންދޫގެ ވަރަށްގިނަބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ ދެ ރަށްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ކޮވިޑް ފެތުރެމުން ދާއިރު ކޮންމެ 24 ގަޑިއިރަކު 300-400 ކޭސް ފެނެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ވެސް ހުރީ ދުވަހަކު ނުދާހާ ބޮޑަށް މައްޗަށް ގޮސްފަ އެވެ.

ޝާންޓޭ

މުހައްމަދު ބުނަނީ މިއީ ދޮގު ހަބަރެއް ކަމަށް އިހަވަންދޫ ބަދުނާމު ކުރަން ލިޔެފަ އޮތް އެއްޗެއް ކަމަށް.
އެކަމަކު މުހައްމަދުގެ މާސްކުވެސް އަޅާފަ އޮންނަނީ ކަރުގަ.
ކޮވިޑު ވައިރަސް ވަންނަނީ ލަނގޮނޑިވަޅުން ކަމަށް ވަނީ

މަނިކު

ތީ ހަމައެކަނި އިހަވަންދޫގެ ހާލަތެއްނޫން. ހުރިހާ ތަނެއްގަވެސް މާސްކު އެޅުން ހުރީ ހަމަ ނަމެއްގަ ކުރާ ކަމަކަށްވެފަ. ކޮވިޑު ބަލިމީހަކު ފެންނަ އިރަށް އެމީހަކާއެއްތާވި ގިނަބަޔަކު ބައްޔަށް ޕޮޒިޓިވް ވާ ސަބަބަކީ ތިއީ.