ކޮވިޑު 19

ކަރަންޓީން އުސޫލާ ހިލާފުވި ކޭސްއާ ގުޅިގެން ނެގުނު ސާމްޕަލް ތައް ކޮވިޑަށް ނައްސި

އިބްރާހިމް ނަޝީދު

ހއ. އިހަވަންދޫއިން ކަރަންޓީން އުސޫލާ ހިލާފުވި ކޭސްއާ ގުޅިގެން މެއި މަހުގެ 29 ވަނަ ދުވަހު ނެގި 4 ސާމްޕަލް އާއި އެކު އެދުވަހު ނެގި ޖުމުލަ 28 ސާމްޕަލް ވެސް ކޮވިޑަށް ނައްސި ވެއްޖެއެވެ.

ހއ. އިހަވަންދޫ އާމިނާދިޔީ ސިއްހީމަރުކަޒުން މީގެ ކުޑައިރުކޮޅެއް ކުރިން އާއްމު ކުރި މައުލޫމާތު ތަކުން ދައްކާ ގޮތުން މެއި 29 ވަނަ ދުވަހު ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހާގެ ޑައިރެކްޓު ކޮންޓެންޓުންގެ ގޮތުގައި ހިމެނޭ 4 މީހެއްގެ ސާމްޕަލް ނަގާފައެވެ. އަދި ރެންޑަމް ކޮށް 18 މީހަކާއި ރޯގާގެ އަލާމަތްތައް ހުރެގެން 5 ފުލޫ ސާމްޕަލް ވެސް އެދުވަހު ނަގާފައި ވެއެވެ. މި އެންމެންގެ ނަތީޖާ ވަނީ ކޮވިޑަށް ނައްސި ވެފައެވެ.

މެއި 29 ވަނަ ދުވަހު ނެގުނު ހޯމް ކަރަންޓީން 3 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް އެއް ކޮވިޑަށް ފައްސި ވެފައިވާ ކަމަށް ސިއްހީމަރުކަޒުން އާއްމުކުރި މައުލޫމާތުގައި ވެއެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް މުޙައްމަދު އަކްރަމް ވިދާޅުވީ ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި 3 މީހެއް ރޯގާގެ އަލާމަތްތައް ފެނިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 2 މީހުންގެ ސާމްޕަލް ކަމަށެވެ.

ކަރަންޓީން އުސޫލާ ހިލާފުވި ކޭސްއާ ގުޅިގެން ފާހަގަ ކުރެވިފައިވާ 4 ޑައިރެކްޓް ކޮންޓުންގެ އެކްސިޓި ސްކްރީން އަދި ފަހުގެ ތާރީޚެއްގައި ހަދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.