ހއ.އަތޮޅު ކައުންސިލުގެ ނައިބު ރައީސަކަށް ސޮބާހް

މުޙައްމަދު އަކުރަމް

ހއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އިންތިހާބުވެއްޖެއެވެ. ޕީޕީއެމް ޓިކެޓްގައި އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިހާބުވި ސޮބާހް، ހއ އަތޮޅު ކައުންސިލްގެ ނައިބުގެ މަޤާމަށް އިންތިހާބުވީ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ އާއި ވާދަކޮށް 7-8 ވޯޓުންނެވެ.

ހއ އަތޮޅު ކައުންސިލްގެ ނައިބު ހޮވުމަށް ވޯޓް ލުމުގެ ހައްގު ލިބިފައިވަނީ ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އަތޮޅުގެ 14 ރަށުގެ ރަށު ކައުންސިލްގެ ރައީސުންނަށެވެ. ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމް އަދާކުރައްވަމުން ގެންދަވަނީ އެމްޑީޕީ ޓިކެޓްގައި އިންތިހާބުވި މޫސާ ޝަފީޤެވެ.

ފަތުހު

މަރުހަބާ ސޮބާހް